އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްޖިންސުން ގުޅުންހިންގި މީހުންގެ އަދަބުލުއިކޮށްދޭން ޕީޖީ "ފޫގަޅައިލުމުން" ޑރ. އިޔާޟް ކަންބޮޑުވެވަޑައިގެންފި!

އެއްޖިންސުން ގުޅުންހިންގި މީހުންގެ އަދަބުލުއިކޮށްދޭން ޕީޖީ "ފޫގަޅައިލުމުން" ޑރ. އިޔާޟް ކަންބޮޑުވެވަޑައިގެންފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

އެއްޖިންސުން ގުޅުން ހިންގި މީހުންނަށް އިސްލާމީ ޝަރީޢާގައިވާ ފަދައިން ޙުކުމް އިއްވަން ދީނީ ޢިލްމުވެރިން ގޮވާލައްވަމުން ގެންދަވަނިކޮށް މިޒަމާނުގައި އަދަބަކަށް ނުވެސްވާފަދަ ޙުކުމްތަކެއް އިއްވަން ފެށުމުން ދީނީ ޢިލްމުވެރިން ގެންދަވަނީ އެކަމަށް ކަންބޮޑުވުން ފައުޅު ކުރައްވަމުންނެވެ. 

މިހާރު ފެނިގެން މިދަނީ އަދި މާމަތީ ހަރުފަތަކަށް ކަންކަންދާތަނެވެ. އެއީ ކޯޓުން އިއްވާ ޙުކުމުގައިވާ އަބަދު ބޮޑުވެގެން ކުޑަކުރަން ދައުލަތުން ނުކުންނަތަނެވެ. ދައުލަތުގެ ޕްރޮސެކިޔުޓަރ ޖެނެރަލް ހައިކޯޓަށް ވަޑައިގަންނަވާ ތަނެވެ. 

މިކަމާއި ގުޅިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. 

"ލަދުވެތި ކަމެއް! ޙަޤީޤަތުގައިވެސް ޕީޖީ އޮފީހުން ބުނާކަހަލަ، މިއީ އެހާބޮޑު ކަމެއް ނޫނޭ! މިފަދަ މުޑުދާރު ޢަމަލު ހިންގާ މީހުންނަށް ހިތްވަރުދިނުން ފަދަ ޢަމަލުތައް ހުއްޓާލަންޖެހޭ!"

- ޑރ. އިޔާޟް

މިމައްސަލައިގައި ދައުލަތުން ޢަމަލުކުރަމުން ގެންދަނީ ﷲ އަށް ބިރުވެތިކަމެއް ނެތިކަމާއި އަދި އެއްވެސް ޒިންމާދާރުކަމެއް ނެތިކަން ދީނީ ޢިލްމުވެރިން ނޫން ޤާނޫނީ ވަކީލުން ވެސް ގެންދަވަނީ ފާހަގަކުރައްވަމުންނެވެ. އެއިގެ ތެރޭގައި ކުރީގެ ދައުލަތުގެ ބަންޑާރަ ނައިބް ޢާއިޝަތު ޢާޒިމާ ޝުކޫރުވެސް ހިމެނިވަދައިގަންނަވައެވެ. 

Aishath Azima Shakoor

Raajjeyge fahuge thaareekheggai alah hukumeh boduvegen dhaulathun isthiunaafu kuranee .. e-ee kivaathu nuvatha ejjinsun gulhun hingikamah iuthiraafun saabithu vi meehakah .. what a nice message to the younger generation.. 

Come to think of it adds on to the State's trophies of letting Ali Waheed go and giving its first Clemency to Phedophile and so on and so forth .. 

What shameful practises 

- ޢާޒިމާ

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
28%
ރަނގަޅު
28%
އޯކޭ
42%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް