އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ 1: އާދަމުގެފާނު ޚަލްޤުކުރެއްވުމުގެ ކުރީން ދުނިޔެ އޮތް ހާލަތު

އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ 1: އާދަމުގެފާނު ޚަލްޤުކުރެއްވުމުގެ ކުރީން ދުނިޔެ އޮތް ހާލަތު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 22 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

آدم عليه السّلام

آدم عليه السّلام އަކީ، އިންސާނީ ބިނާވެއްޓެއް ދުނިޔޭގެ ބިމުގައި ލެއްވުމަށްޓަކައި މާތްالله سبحانه وتعالى، ޚަލްޤުކުރެއްވި އެންމެ ފުރަތަމަ އިންސާނާއެވެ. އެކަލޭގެފާނަކީ އިންސާނީ ނަސްލުގެ ބަފައިކަލުންނެވެ. آدم عليه السّلام ހެއްދެވީ މަށިންނެވެ. آدم عليه السّلام އަށް ލިބިވަޑައިގެންނެވި ޝަރަފުތަކުގެ ތެރެއިން އެންމެ ބޮޑު ޝަރަފަކީ، މާތްالله سبحانه وتعالى،  އެކަލާނގެ އަތްޕުޅުން އެކަލޭގެފާނު ޚަލްޤުކުރެއްވިކަމެވެ.

އާދަމުގެފާނުގެ ކުރިން ދުނިޔޭގެ ހާލަތު:

آدم عليه السّلام ޚަލްޤުކުރެއްވުމުގެ ކުރިން ދުނިޔޭގައި އުޅުނީ ޖިންނީކަމަށް ވަރަށް ގިނަ ތާރީޚީ ރިވާޔަތްތައް ހެކިދެއެވެ. ހަމައެހެންމެ ޤުރްއާނުގެ ނައްޞުންވެސް އާދަމްގެފާނު ޚަލްޤުކުރެއްވުމުގެ ކުރިން ޖިންނީ ހެއްދެވިކަން ދޭހަވެއެވެ. ޙިޖުރު ސޫރަތުގެ 26 ވަނަ އާޔަތާއި 27 ވަނަ އާޔަތުންމިކަމަށް ދަލީލު ލިބެއެވެ. މާތްالله سبحانه وتعالى، ވަޙީ ކުރައްވައިފައިވެއެވެ. 

وَلَقَدْ خَلَقْنَا الْإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ ﴿٢٦﴾ وَالْجَانَّ خَلَقْنَاهُ مِن قَبْلُ مِن نَّارِ السَّمُومِ ﴿٢٧

މާނައީ: "تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭގެކުރިން ދުމެއްނެތް އަލިފާނުން ތިމަންރަސްކަލާނގެ ޖިންނީން ހެއްދެވީމެވެ." 

މިދެންވި އާޔަތުން އިންސާނުންގެ އަސްލާއި ޖިންނީންގެ އަސްލު ވަރަށް ރަނގަޅަށް ހާމަވްގެންދެއެވެ. އިންސާނުން ހައްދަވައިފައިވަނީ މަށީންނެވެ. ޖިންނީން ހައްދަވައިފައިވަނީ އަލިފާނުންނެވެ. އެކަން މާތް ރަސޫލާގެ ޙަދީޘް ބަސްފުޅުންވެސް ހާމަވެގެންދެއެވެ. 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަ ޢަންހާ ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ. 

"‏ خُلِقَتِ الْمَلاَئِكَةُ مِنْ نُورٍ وَخُلِقَ الْجَانُّ مِنْ مَارِجٍ مِنْ نَارٍ وَخُلِقَ آدَمُ مِمَّا وُصِفَ لَكُمْ ‏"‏ { صحيح مسلم/ كتاب الزهد والرقائق/ باب فِي أَحَادِيثَ مُتَفَرِّقَةٍ/ ޙަދީޘް ނަންބަރު 2996}

މާނައީ: "މަލާއިކަތުން ޚަލްޤުކުރެވިގެންވަނީ ނޫރުންނެވެ. އަދި ޖިންނީން ޚަލްޤުކުރެވިގެންވަނީ އަލިފާނުގެ ހުޅުގަނޑުންނެވެ. އަދި އާދަމުގެފާނު ޚަލްޤުކުރެވިގެންވަނީ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާފައިވާ ފަދައިން (މަށިން) ނެވެ." 

އިބްލީސްވެސް ހިމެނިގެންވަނީ ޖިންނީންގެ ތެރެއިންނެވެ. އެކަން ކަހަފު ސޫރަތުގެ 50 ވަނަ އާޔަތުން ދޭހަވެއެވެ. އެ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ ۗ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِن دُونِي وَهُمْ لَكُمْ عَدُوٌّ ۚ بِئْسَ لِلظَّالِمِينَ بَدَلًا ﴿٥٠﴾‏ 

ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން آدم ގެފާނަށް سجدة ކުރާށެވެ! ދެން إبليس މެނުވީ، އެ އެންމެ ބޭކަލުން سجدة ކުރެއްވޫއެވެ. އެ إبليس ވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ. ފަހެ، އެ إبليس އާއި، އޭނާގެ ދަރިފަސްކޮޅު، ތިމަންރަސްކަލާނގެ ފިޔަވައި އެހީތެރިން ކަމުގައި ތިޔަބައިމީހުން ހަދަނީ ހެއްޔެވެ؟ އެއުރެންނަކީ، ތިޔަބައިމީހުންނަށްހުރި عدوّ ންނެވެ. އަނިޔާވެރިންނަށްހުރި ބަދަލެއްގެ ނުބައިކަމާއެވެ!

 

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް