އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެޔޮލަފާ މައިންނަށް ބަދުބަސްބުނަން ހެޔޮނުވާނެ! މިއީ އެމީހުންގެ ދަރިންނަށް އެންމެ ފައިދާކުރާނެ ގޮތް މާކުރިން އެމީހުންނަށް ވިސްނޭކަން އެނިގެންދާ ޢިބްރަތްތެރި ފިލާވަޅެއް!

ހެޔޮލަފާ މައިންނަށް ބަދުބަސްބުނަން ހެޔޮނުވާނެ! މިއީ އެމީހުންގެ ދަރިންނަށް އެންމެ ފައިދާކުރާނެ ގޮތް މާކުރިން އެމީހުންނަށް ވިސްނޭކަން އެނިގެންދާ ޢިބްރަތްތެރި ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 47 ސިކުންތު

ތަނަވަސް މަންމައަކަށް ލިބުނީ އަންހެން ދަރިއަކާއި ފިރިހެން ދަރިއެކެވެ. މަންމަގެ ޙަޔާތުގައި އަންހެންދަރިފުޅު ދުނިޔެ ދދޫކޮށްފިއެވެ. ނަމަވެސް އޭނާއަށް ވަނީ އަނހެން ދަރިއަކު ލިބިފައެވެ. މާމަ ދަރިފުޅުގެ ޢުމުރުން 20 އަހަރުގައި މާމަ ނިޔާވެއްޖެއެވެ. 

މަންމަ ނިޔާވުމުން ތަރިކައިގެ ވަޞިއްޔަތް ބެލިއިރު ލިޔެފައިވެއެވެ. "އަހަރެންގެ އަތުގައި ހުރި ހުރިހާ ގަހަނާތަކާއި ޖަވާހިރުތައް ފިރިހެން ދަރިފުޅަށެވެ. ގެއާއި ގޯތީގައިވާ ތަކެތި މާމަދަރިފުޅަށާއި ފިރިހެން ދަރިފުޅަށެވެ. އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް މާމަދަރިފުޅަށެވެ." 

މަންމަގެ މިނިންމުމާއި ފިރިހެން ދަރިފުޅު ހިތްހަމަނުޖެހިގެން މަންމައަށް ވަރަށް އެއްޗެތި ގޮވައި ޢާއިލާގެ މީހުންގެ ގާތުގައި ޝަކުވާތައް ކުރަންފެށުމުން އަނބިމީހާ ބުންޏެވެ. "ތިއައުޅެނީ ނަޤުދު ފައިސާ ނުލިބުމުން ހިތްހަމަނުޖެހިގެން ނޫންހެއްޔެވެ؟ އެކަމާއި ހިތްހަމަނުޖެހިގެން އުޅުމުގެ ކުރިން ނިކަން މަންމަގެ ގަހަނާތަކާއި ޖަވާހިރުތަކުން އަތުގައި ބަހައްޓަން ބޭނުންވާ ތަކެތި ބަހައްޓާފައި ދެންހުރި ތަކެތި ނިކަން ވިއްކައިލަބަލާށެވެ. ލިބޭ ފައިސާގެ ވަރެއްވެސް އެނގޭނީ އެއިރުން ނޫން ހެއްޔެވެ؟" 

އަނބިމީހާ ދިން ނަޞޭޙަތް ޤަބޫލުކޮށް ވިއްކާލަން އަގުކުރި ތަކެތީގެ އަގަށް މާމަދަރިފުޅަށް ލިބުނު ފައިސާއަށްވުރެ އެތައް ގުނައެއް އިތުރަށް ލިބެން އޮތެވެ. އެއްޗެތި ވިއްކާލަން އުޅެން ފެށުމުން މާމަދަރިފުޅު (ކޮއްކޮ) އައިސް ބުނީ މާމަގެ ވާރުތައިން ލިބުނު އެއްވެސް އެއްޗެއް އިހަށް ވިއްކައި ނުލުމަށެވެ. އޭނާއަށް ލިބުނު ހުރިހާ ފައިސާއެއް ބޭނުންކޮށްގެން ރަނގަޅު މަސައްކަތެއް ފެށުމަށެވެ. އަދި ވިޔަފާރިން ލިބޭ ފައިދާ ދެބެއިންނަށް އެއްވަރަށް ޙިއްޞާކުރީމާ ނިމުނީ ކަމަށެވެ. 

"ކޮންމެ ގޮތެއްވިޔަސް އަހަރެންގެ މަންމައެއް ބައްޕައެއް ނެތެވެ. މާމައެއް ކާފައެއްވެސް ނެތެވެ. ހުރިހާ މީހަކަށްވެސް ތިއަހުރީ ބޭބެއެވެ. އަހަރެންގެ ޝަރުޢި ވާރުތަ ބޭބެއަށް ނުއެރިނަމަވެސް އަހަރެންނަށް އެހީތެރިވެދީ އަހަރެންގެ ބެލެނިވެރިކަން ބަލަހައްޓައިދޭން ތިއަހުރީ ބޭބެއެވެ. ވީމާ ދެބެއިން ވަކިނުވެ އެކުގައި އުޅުނިއްޔާ ﷲ ލައްވަވާ ރަޙްމަތާއި ދެއްވަވާ ނިޢްމަތްތައް މާގިނަވާނެއެވެ!" 

ކޮއްކޮ އެދުނުފަދައިން ދެބެއިންގެ ނަމުގައި ވިޔަފާރިފަށައި ކުރިއެރުން ލިބެން ފެށިފަހުން މަންމަގެ އަލަމާރިން ފެނުނު ލިޔުމެއްގައި އޮތެވެ. "ދަރިފުޅާއެވެ. މަންމަގެ މުދަލުގެ ވަޞިއްޔަތް ކުރި ގޮތުން ދަރިފުޅު ހިތްހަމަނުޖެހިދާނެއެވެ. ތިއަ 2 ދަރިންވެސް ގެންގުޅެ ތަރުބިއްޔަތުކުރީ މަންމައެވެ. ކޮއްކޮ ކަންކަން ކުރާނެ ގޮތް މަންމައަށް ވިސްނެއެވެ. ވީމާ މަންމަ ވަޞިއްޔަތް މިކުރަނީ ދެބެއިން ދުވަހަކުވެސް ވަކިނުވެ އެކުގައި އުޅޭނެ ގޮތް ކަމަށް މަންމައަށް ވިސްނޭ އެންމެ ރަނގަޅަށެވެ." 

ލިޔުން ކިޔާފައި ދަރިފުޅު ވަރަށް ދެރަވިއެވެ. ވިސްނާ ނުލައި މަންމައާއިމެދު ހިތްހަމަނުޖެހި ޝަކުވާތައް ކުރެވުނީތީ ވަރަށް ދެރަވިއެވެ. އެކަމުގެ ކައްފާރާއަކަށް މަންމަ އާއި ބައްޕައަށްޓަކައި އަވަސް އަވަހަށް ބޮޑު 2 މިސްކިތް އެޅިއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ބުނެލަން ބޭނުމީ ހެޔޮލަފާ މައިން ވިސްނާފައި އެމީހުންނަށް ފެންނަ ރަނގަޅު ގޮތަށް ކަންކަން ނިންމުމުން ޙަޤީޤަތް ނުބަލައި ރުޅި އިސްނުކުރާށެވެ. ދަރިއަކަށް ދެރައެއް ލިބޭނެ ގޮތަކަށް ހެޔޮލަފާ މަންމައަކު އެއްވެސް ކަމެއް ނުކުރާނެކަން ޔަޤީންކުރާށެވެ. ޚާއްޞަކޮށް ނިޔާވުމަށްފަހު ނުރުހުމުގެ އެންމެ ބަހެއްވެސް ނުބުނާށެވެ. ހެޔޮދުޢާކުރުން ގިނަކުރާށެވެ. 

އަޅުގަނޑު ދުނިޔޭގައި އިނދެ އަޅުގަނޑުގެ ގެދޮރާއި ތަރިކަ ބަހައިދިނުމުން ބަހައިދިން ގޮތާއިމެދު ހިތްހަމަނުޖެހިގެން ބައެއް ދަރިން އެއިރު އުޅުނެވެ. ނަމަވެސް އަޅުގަނޑު ކަންކަން ކުރީ ހަމަ އެންމެ ރަނގަޅަށްކަން ހުރިހާ ދަރިންނަށްވެސް މިއަދު ވިސްނެއެވެ. ޝުކުރުވެރިވެސްވެއެވެ.

 

- ޒަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
22%
ރަނގަޅު
22%
އޯކޭ
22%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް