އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ މިންވަރުފުޅަށް ރުހޭ މީހަކު ކަމުގަ ލެއްވެވުން އެދިގެންނާއި ދެއްވަވާ އެއްޗެއްގައި ބަރަކާތް ލެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!

ﷲ ގެ މިންވަރުފުޅަށް ރުހޭ މީހަކު ކަމުގަ ލެއްވެވުން އެދިގެންނާއި ދެއްވަވާ އެއްޗެއްގައި ބަރަކާތް ލެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

އަހަރެމްނެގެ ތެރޭގައި މިހާރަކަށް އައިސް އޮންނަ އެންމެ ބޮޑު އެއް މައްސަލައަކީ ދެއްވަވާ މިންވަރަށް ޝުކުރުނުކުރެވުމެވެ. ދެއަވަވާ މިންވަރަށް ޝުކުރު ނުކުރެވުމަކީ ބަރަކާތް ކެނޑިގެން ހިނގައިދާނެ ކަމެކެވެ. ވީމާ ދެއްވަވާ މިންވަރަށް ޝުކުރުކުރުމާއި ދެއްވެވެވި އެއްޗެއްގައި ބަރަކާތް ލެއްވެވުމަކީ ގުޅިލާމެހިފައިވާ ކަމެކެވެ. 

ކޮންމެ ކަމަކަށް އެދިގެންވެސް އޮތީ ދުޢާކުރުމެވެ. ދުޢާއަކީ އެމީހަކާއި ﷲ ތަޢާލާ އާއި ގުޅުވައިދޭ ވަސީލަތެކެވެ. ވީމާ މިއީ މިބަޔާންކުރި ކަންކަމަށް އެދި ކުރަން ރަނގަޅު ދުޢާއެއްކަމަށް ދެކެމެވެ. 

"اَللَّهُمَّ! رَضِّنِي بِقَضَائِكَ، وَبَارِكْ لِيْ فِيْمَا قُدِّرَ لِيْ، حَتَّى لَا أُحِبَّ تَعْجِيْلَ مَا أخَّرتَ وَلَا تَأْخِيْرَ مَا عَجَّلْتَ"

މާނައީ: "އޭ އަޅުގެ ވެރި ﷲ! އިބަރަސްކަލާނގެ މިންވަރުފުޅަށް ރުހޭ މީހަކު ކަމުގައި މިއަޅާ ލައްވަވާނދޭވެ! އަދި މިއަޅާއަށް މިންވަރު ކުރެއްވުނު އެއްޗެއްގައި މިއަޅާއަށް ބަރަކާތް ލައްވަވާނދޭވެ! އިބަރަސްކަލާނގެ ފަސްކުރެއްވި އެއްޗެއް އަވަސްވުމަށް، އަދި އަވަސްކުރެއްވި އެއްޗެއް ފަސްވުމަށް މިއަޅާ ލޯބިނުވުމަށް ދާންދެނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް