އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޯޝަލް މީޑިއާގަ ފޭކް ނަންތައް ބޭނުންކޮށްގެން ފާފަތަކަށް އަރައިގަތީމަ ފަތް ލިޔުއްވާ މަލާއިކަތުން އެކަން ލިޔުއްވަވާނީ އިތުރު ފާފައަކަށް!

ސޯޝަލް މީޑިއާގަ ފޭކް ނަންތައް ބޭނުންކޮށްގެން ފާފަތަކަށް އަރައިގަތީމަ ފަތް ލިޔުއްވާ މަލާއިކަތުން އެކަން ލިޔުއްވަވާނީ އިތުރު ފާފައަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

ސޯޝަލް މީޑިއާގެ މިއަދު ޙާލަތަށް ބަލައިފިނަމަ އެމީހެއްގެ ޙަޤީޤީ ނަމުގައި ޙަރަކާތްތެރިވާނީ ވަރަށް މަދު މީހެކެވެ. ގިނަ މީހުން ހަރަކާތްތެރިވެރިވާނީ ފޭކް ނަންނަމުގައެވެ. އޮޅުވާލައި އެއީ ކާކުކަން ނުވެސް އެނގޭނެ ފަދަ ނަންނަމުގައެވެ. '

ނިކަން ވިސްނައިލަބަލާށެވެ! ގިނަ ބައަކު ނެތިމޮށެ، ޣީބަ ބުނެމީހުންގެ އަބުރު ކައިތިލައި މީހުންގެ ޙައްޤުތަކަށް އަރައިގަނެ އެނޫންވެސް ބޮޑެތި ޖަރީމާތައް ހިންގުން ފަދަ ކަންކަން ކުރަނީ ކޮންމެވެސް ސިއްރު ނަމެއްގައި ފިލައި ތިބެއެވެ.

އެގޮތަށް އެކަންކުރާ އެބައެއްގެ ހުރި މޮޔަކަމުގެ ބޮޑުކަމާއެވެ! ތިބާގެ ނަމަކީ ހިސާބު އަދަދުން 23 ކަމަށް ހެދިގެން ސޯޝަލްމީޑިއާގައި ލިޔަމުންދިއަ ނަމަވެސް ތިބާގެ ޢަމަލުތައް ލިޔުއްވަވާ މަލާއިކަތް ބޭކަލުން ފަތުގައި ލިޔުއްވަވާނީ 23 އެއް ނޫނެވެ.

މިސާލަކަށް މިވެނި ޢަބްދުﷲ އެއްގެ ދަރި މިވެނި މީހަކު 23 ގެ ނަމުގައި މިވެނި އެވެނި ނުބައި އަމަލުތައް ސޯޝަލް މީޑިއާގައި ކުރިކަމަށެވެ! މިވެނި އެވެނި މީހެއްގެ އަބުރު ކަތިލި ކަމަށެވެ. މިވެނި މީހަކަށް ދޮގު ބުނެ މަކަރު ހެދިކަމަށެވެ. މިވެނި ބަރަހަނާ އަމަލެއް ކުރި ކަމަށެވެ.

ސޯޝަލް މީޑިއާގައި ތިބާ ލިޔުނު އެންމެ އަކުރެއްވެސް ނުލިޔާ ކަމަކަށް ނުހެދޭނެއެވެ! ޖެހޭނީ ހަމަ ހުރިހާ ކަމަކަށް ޖަވާބުދާރީވާށެވެ! އަޞްލު ނަން އޮޅުވައިލުމަކީވެސް ހެދޭ މަކަރެކެވެ. އެމަކަރުގެ ތެރެއިން ކުރެވޭ ކޮންމެ ނުބައި ކަމެއް ވެގެންދާނީ ކުރެވޭ ހަމަ އިތުރު ފާފައަކަށެވެ.

މިސާލަކަށް ތިބާގެ ނަމަކީ މުޙައްމަދު ޢަލީކަމަށްވެދާނެއެވެ. ގިބީ މޮޑެސްގެ ނަމުގައި އައިޑީއެއް ހެދުމަކީ އޮޅުވައިލުމެކެވެ. ޖިންސު އޮޅުވާލުމަކީ ހެދޭ މަކަރެކެވެ. އުމުރު އޮޅުވާލުމަކީ ހެދޭ މަކަރެކެވެ. ފޮޓޯ އޮޅުވައިލުމަކީ ހެދޭ މަކަރެކެވެ. މިހުރިހާ މަކަރެއް ހަދައި އެކަންކަމުގެ ފާފަތައް ލިބިގަންނަމުން އެ އައިޑީން ދެން ކުރާ މަކަރުވެރި ކަންކަމާ އުފައްދާ ފިތުނައިން ސަލާމަތްވެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟

ހަމަހިލާ ނުވެވޭނެއެވެ. ތިބާ ދުނިޔެއަށް އުފަންވުމަށްޓަކައި މައިމިހާގެ ބަނޑުގައި އަށަގަންނަ ހިނދުން ފެށިގެން ތިބާގެ އައިޑީ އެވަނީ ރަޖިސްޓްރީވެފައެވެ. ކުރާ އެއްވެސް ކަމެއް އަދި ބުނާ، ލިޔާ އެންމެ ބަހެއްވެސް އޮޅުވައެއްނުލެވޭނެއެވެ! ޖެހޭނީ ހަމަ ޖަވާބުދާރީ ވާށެވެ! ވީމާ މިކަންކަމަށް ފުރިހަމަގޮތުގައި ވިސްނައި ރައްކައުތެރިވެ ނަރަކައިން މިންޖުވުމަށްޓަކައި މަސައްކަތްކުރަން ވަޞިއްޔަތް ކުރަމެވެ.

މިހިރީ އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަންކަމެވެ. އެއްބައަކު މީހަކަށް އަންގައިވެސް ނުލައި އެމިހާގެ ނަމުގައި ފޭކް އައިޑީ ހަދައިގެން އެބަ ޙަރަކާތްތެރިވެއެވެ. އެމީހާ ނުވެސް ބުނާނެ ފަދަ ބަސްތައް އެބަ ބުނެއެވެ. މިހިރީ ކުރެވޭ ބޮޑެތި ފާފަތަކެވެ. އެހެނީ މިފަދަ ކަންކަމަކީ އަނެކުންގެ ޙައްޤުތަކަށް އަރައިގަތުމެވެ.

މިކުރެވެނީ މޮޅުކަމެއްކަމަށް ހީކޮށް އެފަދަ ކަންކަން ނުކުރާށެވެ! ތިމާއަކީވެސް މަރުވާނެ މީހެއްކަމާއި ޤިޔާމަތްދުވަހު ހިސާބު ބައްލަވާނެކަން ހިތަށް ގެނެސް ބިރުވެތިވާށެވެ. ތިމާ ދައްކަން ބޭނުންވާ ވާހަކައެއް ތިމާއަކީ ކާކުކަން އަންގައިގެން ހާމަކުރާށެވެ. ޙައްޤު ބަސްބުނާށެވެ. ފާފަވެރިވާނެ ބަސްތައް ނުބުނާށެވެ.

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް