އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކަނިވެވޭ ވަޤުތުތަކުގަ މިކުރަނީ ފާފައެއްކަމަށް ޤަބޫލުވެސް ނުކުރެވި ކުރެވޭ ފާފަތަކުން ނަރަކައަށް ވަދެވޭއިރު އެކަން އެނގޭހެއްޔެވެ؟: ޝައިޚް ޙަމްޒާ ޔޫސުފް

އެކަނިވެވޭ ވަޤުތުތަކުގަ މިކުރަނީ ފާފައެއްކަމަށް ޤަބޫލުވެސް ނުކުރެވި ކުރެވޭ ފާފަތަކުން ނަރަކައަށް ވަދެވޭއިރު އެކަން އެނގޭހެއްޔެވެ؟: ޝައިޚް ޙަމްޒާ ޔޫސުފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ﷲ ތަޢާލާ އެއީ ބޮޑެތި ފާފަތައް ކަމަށް ކަނޑައަޅުއްވަވާފައިވާ ފާފަތަކަކީ ކޮބައިކަމާއިމެދު ވިސްނައިލެވެނީވެސް ވަރަށް މަދުމީހަކަށެވެ. އެހެންވެ މިބަލައިލަނީ މިއަދުގެ ޙާލަތަށެވެ.

ޝައިޠޯނާ މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައެވެ. ޓެކްނޮލޮޖީގެ ގޮތުން އިންސާނުން ކުރިއަރައިދިއުމުން އެކަމުގެ ތެރެއަށް ވެސް ވަދެގަނެ އެގެންދަނީ މީސްތަކުންގެ އަތުގައި ހިފައި ނަރަކަ ޢާއި ދިމާއަށް ދަމަމުންނެވެ.

މިސާލަކަށް ނެތިމޮށުމާއި ޣީބަ ބުނުން ފަދަ ކަންކަން ކުރުމަކީ ކުރިން ނުވަތަ މިހައިތަނަށް އެއްވެސް މީހަކަށް އެކަނި ހުރެ ކުރެވޭނެ ކަންކަމެއް ނޫނެވެ. އަދި އެކަނި ހުރެ ކުރިނަމަވެސް އެކަން ކުރިކަން އެނގޭނެ އެހެން ބައަކު ނުތިބޭނެއެވެ. ވީމާ އެކަމުގެ ސަބަބުން ފެތުރިގެންދާނެ ފިތުނައެއްވެސް ނުއޮންނާނެއެވެ.

ނަމަވެސް މިއަދުގެ ޙާލަތު ނިކަން ބަލައިލަބަލާށެވެ! ގޭގައި ނަމަވެސް އެހެން ތަނެއްގައި ނަމަވެސް އެކަނިވެލެވޭއިރަށް ﷲ ގެ މަތިންހނދުމަކުރުމުގެ ބަދަލުގައި ފުރަތަމަވެސް އަތަށް ނަގަނީ ފޯނެވެ! ކޮންމެވެސް މީހަކާއި ގުޅައިގެންވެސް ދައްކަނީ ކޮންމެވެސްއެހެން މީހެއްގެ ވާހަކަތަކެކެވެ. ކުރެވޭ ކަމަކީ ޣީބަ ބުނުމާއި ނެތިމޮށުމެވެ. އަނެއްކޮޅުން ފޯނު ނަގާނެމީހަކު ނެތް ނަމަ ސޯޝަލް މީޑިއާގައި ނަމަވެސް ކޮންމެވެސް ބައެއްގެ ކޮންމެވެސް ވާހަކަތަކެއް ލިޔާނެއެވެ.

ނިކަން ބުނެބަލާށެވެ! ކުރިން އެކަކު އެކަނި ހުރެ ނުކުރެވޭ އެތައް ފާފަތަކެއް މިހިރަދަނީ މިހާރު އެކަނި ހުރެ ކުރެވެމުން ނޫންހެއްޔެވެ؟ އެކަމަށް ޝައިޠޯނާ މިވަނީ މަގުފަހިކޮށްދީފައި ނޫން ހެއްޔެވެ؟ އެކަންކަމުގެ ސަބަބުން ކުރެވޭ ފާފަތައް އިތުރުވެ ދުނިޔޭގައި ހުރިއިރު ކުރެވުނު ހެޔޮއަމަލުކޮޅުން ބަދަލުދޭން ޖެހި ނަރައްކައަށް ވަންނަން ޖެހިދާނެކަން ހަމަ ނުއެނގެނީ ހެއްޔެވެ؟

މީސްތަކުންނޭވެ! ނެތިމޮށުމާއި ޣީބަ ބުނުން ފަދަ ކަންކަމަކީ ހަމަ އެންމެ ނުބައި ފާފަތަކެވެ. އެކަންކަމުގެ ސަބަބުން މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވި ޤިޔާމަތް ދުވަހު ބަދަލު ދޭން ޖެހޭނެ ފާފަތަކެވެ. އެމީހެއްގެ ނަފްސް ނަރަކައިން ސަލާމަތްކުރުމަކީ އެމީހެއްގެ މަސްއޫލިއްޔަތެކެވެ. ވީމާ ޝައިޠޯނާގެ މަޅީގައި ޖެހި ތިމާގެ ދުލުގެ ނުބައިކަމުން ނަރަކައަށް ވަންނަން ޖެހޭ މީހަކަށްނުވާށެވެ!

--ޝައިޚް ހަމްޒާ ޔޫސުފްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް