އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެ ސިޓީގައި ޒަޚަމް ކޮށްލި ޒުވާނާގެ ހަށިގަނޑުގެ 9 ތަނަކަށް ވަޅިޖަހާފައިވޭ

މާލެ ސިޓީގައި ޒަޚަމް ކޮށްލި ޒުވާނާގެ ހަށިގަނޑުގެ 9 ތަނަކަށް ވަޅިޖަހާފައިވޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

މާލެސިޓީގައި މިއަދު ހެނދުނު ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި ޒުވާނާގެ ގައިގެ ނުވަ ތަނަކަށް ހަމަލާދީފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

މިއަދު ހެނދުނު 7:00 ހާއިރު ބިހުރޯޒް މިސްކިތް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ އުމުރުން 33 އަހަރުގެ ފިރިހެނަކަށެވެ. އެމީހާއަށް އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

އައިޖީއެމްއެޗް އިން ބުނެފައިވާ ގޮތުގައި، އެމީހާގެ ހަށިގަނޑުގެ ނުވަ ތަނަކަށް ހަމަލާ ދީފައިވީ ނަމަވެސް، އޭނާގެ ހާލު ސީރިއަސް އެއް ނޫނެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ، މިމާރާމާރީއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް އެމައްސަލަ ބަލަމުންދާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ