އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤުރްއާން ކިޔަވާއިރު ތިލާވަތުގެ ސަޖިދަކުރުމަކީ ޝައިޠޯނާ ރޮއި ކަރުނައަޅާކަމެއްކަން ޙަދީޘުން-

ޤުރްއާން ކިޔަވާއިރު ތިލާވަތުގެ ސަޖިދަކުރުމަކީ ޝައިޠޯނާ ރޮއި ކަރުނައަޅާކަމެއްކަން ޙަދީޘުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

އަބޫ ހުރައިރާ ރަޟިޔަޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ يَا وَيْلَهُ أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِيَ النَّارُ ‏"‏ { سنن ابن ماجه/ ޙަދީޘް ނަންބަރު 1052}

މާނައީ: "އާދަމުގެ ދަރިޔާ ސަޖިދައިގެ އާޔަތްކިޔައި، ސަޖިދަކުރުމުން ޝައިޠާނާ އެއްފަރާތަށް ޖެހި ރޯންފަށައެވެ. އަދި ބުނެއެވެ. ކުރިހަލާކެއްގެ ބޮޑު ކަމާއެވެ. އާދަމުގެ ދަރިޔާއަށް ސަޖިދަ ކުރުމަށް އަމުރުކުރެވުމުން އޭނާ ސަޖިދަ ކުރިއެވެ. ސަޖިދަކުރުމުން އޭނާއަށް ހުރީ ސުވަރުގެއެވެ. ތިމަންނައަށް ސަޖިދަ ކުރުމަށް އަމުރުކުރުމުން ތިމަންނާ އެކަމަށް އިންކާރު ކުރީމެވެ. އޭގެ ސަބަބުން ތިމަންނައަށް ހުރީ ނަރަކައެވެ." 

- ޢަލީ އިޙްޞާން ފިރާޤްގެ ލިޔުމަކުން 

ކީރިތި ޤުރްއާން ކިޔަވަމުންދާއިރު ސަޖިދަވަޅަކާއި ހަމަވެއްޖެނަމަ ސަޖިދަކުރާށެވެ. މިޙަދީޘްފުޅުން އެނގިގެންދަނީ އެކަންކުރަން ޖެހޭ ސަބަބެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް