އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގުޅާއިރަށް ޕާސްވޯޑް ދީފަ، ޕޭޖެއް ހަދާއިރަށް ލާރިފޮނުވާފަ ޝަކުވާކުރުމުން ކުރާނީ ކޮން ފައިދާއެއްތޯ؟

ގުޅާއިރަށް ޕާސްވޯޑް ދީފަ، ޕޭޖެއް ހަދާއިރަށް ލާރިފޮނުވާފަ ޝަކުވާކުރުމުން ކުރާނީ ކޮން ފައިދާއެއްތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

"ސްކޭމް، ސްކޭމް"، އެކައުންޓުގަ ހުރި ފައިސާކޮޅު ގެއްލިއްޖެ، ލާރިކޮޅު ޖަމާކުރީމާ ފިލައިފި، ޚިދުމަތެއް ނުލިބުނު، އޯޑަރުކުރި އެއްޗެއް ނުލިބުނު، މިއީ މިހާރަކަށް އައިސް އެންމެ ގިނައިން އިވެމުންދާ އަޑުތަކެވެ. ސިލްސިލާއަށް އެންމެފަހުން އިތުރުވެގެން އުޅޭ ބޮޅަކީ އިންސްޓަގްރާމުގަ ޕޭޖެއް ހަދައިލީމާ އެންމެފަހުގެ އައިފޯނު ގަންނަން އެކި މީހުން 300،000 ރުފިޔާ ޖަމާކުރިތަނުން ޕޭޖް ޑިލީޓްވި ވާހަކައެވެ. 

ބޭންކް އޮފް މޯލްޑިވްސްގެ މައްސަލަތަކުގެ ވާހަކަތަކަކީ ދެއްކެން ނެތް ވާހަކަތަކެކެވެ. ގިނަ މީހުން ބުނަނީ އެއީ ބޭންކުން ކުރާ ކަމެއް ނޫންނަމަވެސް ބޭންކުގައި އޮތީ އެމީހާގެ ކިތައް އެކައުންޓުކަމާއި އެއެކައުންޓުތަކުގައި ހުންނަ ފައިސާގެ ސީދާ އަދަދު ވަގުންނަށް އެނގޭ ގޮތަކާއިމެދު "ރުޤްޔާކުރަން"ޖެހިފައިވާތާ ކިތަންމެ ދުވަހެއްކަމަށެވެ. 

"ދެން މިނުކުންނަ މައްސަލައަކީ މާ ހެޔޮއަގުގައި ކޮންމެވެސް އެއްޗެއް ވިއްކާ ޕޭޖެއް މިފެންނަނީ. އަގުހެޔޮވީމާ އަވަހަށް ފައިސާ ޖަމާކޮށްލަނީ. އެއިރު ހިތަކަށް ނާރާ މިކުރެވެނީ ކޮންކަމެއްކަމެއް. މިސާލަކަށް އައިފޯނު 14 ގެ އަގަކީ 20،000 ރުފިޔާކަމަށްވާއިރު ޕޭޖަކުން މިބުނަނީ ތިމަންނަމެން ޑެލިވަރކޮށްދޭނަމޭ 10،000 ރުފިޔާއަށް. ދެން އެމަޅީގައި މިޖެހެވެނީ. އެއިރުން މިވާގޮތަކީ ޕޭޖްހިންގާ މީހާއަށް 100 އިންސައްތަ ފައިދާ ނޫންތޯ ފޯނު ޑެލިވަރނުކޮށް 10،000 ރުފިޔާ ބޭނުންކޮށްލީމަ! ޕޭޖް ހިންގާ މީހުންނަކީ ފޯނު ފޯރުކޮށްދޭނެ ބައަކަށް ނުވާތީ އެމީހުންނަކަށް ނުޖެހޭނެ ނޫންތޯ ފޯނު ކުންފުނިން ގަންނާކަށް! އެހެންވީމާ އެންމެ 1000 ރުފިޔާ ލިބުނަސް އޯކޭވާނެ ނޫންތޯ؟" މިއީވެސް އެއްބައެއްގެ ވިސްނުމެވެ. އަދި އެކަން ހިނަގަމުންދާ ގޮތްވެސްމެއެވެ.  

މައްސަލައަކީ ކެނޑިނޭޅި މިފަދަ ސްކޭމްތައް ހިން ގަމުންދާއިރުވެސް ވިސްނާ ނުލައި މަޅީގައި ޖެހޭ މީހުން ގިނަވަމުންދާކަމެވެ. ބުރަ މަސައްކަތުން ހޯދާ ފައިސާކޮޅު ވަގުންނާއި ޙަވާލުކުރާކަމެވެ. އެކަން ފާހަގަކޮށް ގިނަ ބައަކު "ގުޅާއިރަށް ޕާސްވޯޑް ދީފަ، ޕޭޖެއްހަދާއިރަށް ލާރިފޮނުވާފަ، އެކައުންޓުގައި ހުންނަ ފައިސާކޮޅު ގެއްލިގެން، ހޯދަން އުޅުނު ޚިދުމަތް ނުވަތަ މުދައު ނުލިބިގެން ޝަކުވާކުރުމުން ކުރާނީ ކޮން ފައިދާއެއްތޯ؟" ސުވާލުކުރެއެވެ. 

މިފަދަ ކަންކަމަށް ހޭލުންތެރިކުރުވަން ފުލުހުން އެތައް މަސައްކަތްތަކެއް ކުރާއިރުވެސް އެއަޑުތައް ނުއަހައި ބަލަންވީވަރަށް ނުބަލާ، ބުރަ މަސައްކަތުން ހޯދާ ފައިސާކޮޅު ވަގުންނާ ޙަވާލުކުރާހައި ދުވަހަކު މިފަދަ މައްސަލަތަކެއް ނުހުއްޓުވޭނެއެވެ. ޙައްލަކީ ފުލުހުންގެ އިލްތިމާސްތަކަށް ޢިޖާބަދިނުމެވެ. ފޯނު ސިމެއް އޮތިއްޔާ ކޮންމެ ނަމެއް ކިޔާފައިވެސް ޕޭޖްތައް ހެދޭޒަމާނުގައި އެކަމަށް ސަމާލުކަން ނުދެވޭނަމަ އަބަދުވެސް ދާނީ މިފަދަ މައްސަލަތައް ކުރިމަތިވަމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް