އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަތުރުވެރިކަމުގެ ސިނާއަތަށް ޤާސިމް އިބްރާހީމް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް އެންމެ ޝަރަފްވެރި އެވޯޑް އަރުވައިފި

ފަތުރުވެރިކަމުގެ ސިނާއަތަށް ޤާސިމް އިބްރާހީމް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް އެންމެ ޝަރަފްވެރި އެވޯޑް އަރުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 45 ސިކުންތު

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފދަ ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، ސަރުކާރުން ދޭ، އެވޯޑް އޮފް ދި އެކްސެމްޕްލަރީ ކޮންޓްރިބިއުޝަން ފޯރ ދި މޯލްޑިވްސް ޓުއަރިޒަމް، ވިލާ ގްރޫޕުގެ ޗެއާމަން، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޤާސިމް އިބްރާހިމަށް އަރުވައިފިއެވެ. 

ޤާސިމް އިބްރާހިމަށް، މި އެވޯޑް އެރުވީ މިރޭ ބޭއްވި ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރުގެ ގާލާ އިވްނިންގގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. 

ޤާސިމް އިބްރާހީމް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް އާދައިގެ ގޮތަކަށް ވަދެވަޑައިގަތީ ގިނަ ބައަކަށްވުރެ ފަހުން 1988 ވަނަ އަހަރު ނަމަވެސް އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވައިފައެވެ. ސިނާޢަތުގައި ފެށުނީންސުރެ ދެމިތިބި ގިނަބައަކަށްވުރެ މާގިނަ ގޮތްގޮތުން ޚިދުމަތް ކުރައްވައިފައެވެ. 

ރާއްޖޭގެ ރިޒޯޓުތަކުގައި މިހާރު އެންމެ މަޤްބޫލުވެފައިވާ މޫދު ކޮޓަރިތަޢާރަފްކުރެއްވި ބާނީއަކީ ޤާސިމް އިބްރާހީމްއެވެ. ސަން އައިލަންޑް ތަރައްޤިކުރައްވައި ހުޅުއްވެވިއިރު އެ މޮޑިޔުލް ރާއްޖެއަށް ކަމުނުދާކަމަށް ބުނި އިންވެސްޓަރުން މިހާރު ރިޒޯޓުތައް ކުރަމުން އެހެންދަނީ އެ މޮޑިޔުލަ ކޮޕީކޮށްގެންނެވެ.

އެމަނިކުފާނު ގެންނެވި ތަރައްޤީ އަމާޒުކުރެއްވީ ހަމަ އެކަނި ފަތުރުވެރިންނަކަށް ނޫނެވެ. ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށްވެސް ހިތްހަމަޖެހިގެން އަރާމުގައި ތިބެގެން މަސައްކަތްކުރެވޭނެ ގޮތަށް މުވައްޒިފުންނަށްވެސް ޚިދުމަތްތައް ތަޢާރަފްކުރެއްވިއެވެ. އެކަމުގައިވެސް އެންމެ ކުރި ހޯއްދެވިއެވެ. 

ތިރީގައި އެވަނީ ޤާސިމް އިބްރާހީމް ކުރެއްވެވި ޚިދުމަތްތައް ފާހަގަކޮށް ވީނިޔުސްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެކެވެ. 

1988 ވަނަ އަހަރު ޓުއަރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަންނަވައި، 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ޒަމާނީ އެންމެ ބޮޑެތި ރިޒޯޓްތައް ހިންގަވާ އަދި އެންމެ އެނދުގިނަ އެއް ކުންފުނި އޮޕަރޭޓް ކުރައްވާ ރިޒޯޓް އޯނަރަކަށް ޤާސިމްވެވަޑައިގަތެވެ. އެމަނިކުފާނަަށް މިއެވޯޑް އެރުއްވީ ދާއިރާއަށް ކޮށްދީފައިވާ އަގުނުކުރެވޭ ގިނަ ޚިދުމަތްތަކުގެ ސަބަބުންނެވެ.

ސަރުކާރަށް ފުރަތަމަ ވެދެވަޑައިގެން ލިބިވަޑައިގެންނެވި މުސާރަފުޅުން ނިކަމެތިންނަށާއި، ދިރިއުޅުމުގެ އެކި މުހުތާދުތައް ފުއްދުމަށް އެދޭ ފަރާތްތަކަށް މުސާރައިގެ މިންވަރެއް ހޭދަކުރެއްވުމަކީ، ޤާސިމްގެ އާދައެކެވެ. އެކިއެކި ވަޒީފާތަކުގައި އުޅުއްވައި، ލިބިވަޑައިގަތް ތަޖުރިބާގެ އަލީގައި ޤާސިމް ފުރަތަމަ އަމިއްލަފުޅު ވިޔަފާރިއެއް ފެށްޓެވީ 1976 ވަނަ އަހަރުއެވެ. އެއީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ނެންގެވި 15000 ރުފިޔާގެ ލޯނަކުންނެވެ.

ޤާސިމަކީ، މަސައްކަތުގައި ވަރަށް ހީވާގި މުރާލި ބޭފުޅެކެވެ. ވިޔަފާރީގައި ކުރިއަށް ވަޑައިގަތުމުގެ ހިތްވަރާއި ކެރުން ހުރި ބޭފުޅެކެވެ. އެހެންކަމުން، ވިޔަފާރީގައި 10 ވަރަކަށް އަހަރު ޤާސިމް ހޭދަކުރެއްވިއިރު، އެމަނިކުފާނު ގުނާލެވުނީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރީންގެ ސަފުގައެވެ. ދިވެހި ވިޔަފާރިވެރީންގެ ޖަމްޢިއްޔާގެ އެއް މުއައްސިސްގެ ގޮތުގައެވެ. އަދި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރީންގެ ޙައްޤުގައި އަޑުއުފުއްލެވުމުގައި ވެސް ފަސްޖެހިވަޑައިނުގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.

އޭގެފަހުން 1988 ވަނަ އަހަރު ޓުއަރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަންނަވައި، 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ޒަމާނީ އެންމެ ބޮޑެތި ރިޒޯޓްތައް ހިންގަވާ އަދި އެންމެ އެނދުގިނަ އެއް ކުންފުނި އޮޕަރޭޓް ކުރައްވާ ރިޒޯޓް އޯނަރަކަށް ޤާސިމްވެވަޑައިގަތެވެ.

ވިޔަފާރީގެ ތަފާތު ދާއިރާތަކުގައި ރާއްޖޭގައި އެންމެ ބިޔަ އިންވެސްޓްމަންޓްތަކެއް ކުރައްވާފައިވާ އަމިއްލަ ފަރުދުންގެ ތެރޭގައި ޤާސިމް ހިމެނިވަޑައިގަންނަވައެވެ. ސިމެންތިއާއި ގޭހާއި އަދި މަތިންދާބޯޓު ދަތުރުފަދަ ވިޔަފާރިތައް ވާދަވެރި ވިޔަފާރިތަކަކަށްވެ، އަގުހެޔޮވެގެން ދިޔައީ، މިފަދަ ވިޔަފާރިތަކުގައި ޤާސިމް ކުރެއްވި އިންވެސްޓްމަންޓްތަކުގެ ސަބަބުންނެވެ. ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯން ލިބެންފެށީ، ޤާސިމް އެކަމަށް އިސްނެންގެވި ހިސާބުންނެވެ.

ރާއްޖޭގެ ޓޫރިޒަމްގައި މޫދުކޮޓަރި ތަޢާރަފްކޮށްދެއްވުމާއި، ރިޒޯޓްތަކުގެ މުވައްޒަފުންނަށް ރަނގަޅު އެކޮމޮޑޭޝަން ދެއްވުމާއި، މަސްވެރިކަމުގެ ބިޔަ އިންވެސްޓްތައް ކުރައްވައި ބޮޑުއަގުގައި މަސްވެރީންގެ އަތުން މަސް ބައްލަވައިގަންނަވަން ފެށްޓެވުމާއި، ޕްރައިވެޓް އެއަރޕޯޓްތައް ރާއްޖޭގައި ބިނާކުރުމަށް އިސްނެންގެވުމާއި، ޕްރައިވެޓް ކޮލެޖެއް ރާއްޖޭގައި އަލަށް އުފެއްދެވުން ފަދަ ކަންކަމަކީ، ޤައުމީގޮތުން ފާހަގަކޮށްލެވޭ ބޮޑެތި އިންވެސްޓްމަންޓްތަކެވެ. ވިޔަފާރި ކުރިއެރުވުމާއި އިންސާނިއްޔަތަށް އެހީތެރިވުމުގައި ޤާސިމް ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީ ވަޒަންކޮށް، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިން އެމަނިކުފާނަށް ވަނީ އޮނަރަރީ ޕީ.އެޗް.ޑީ އަރުވާފައެވެ.

އަދި، ތަޢުލީމަށްޓަކައި ޤާސިމް ކުރެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް ވާރލްޑް އެޑިޔުކޭޝަން ފޯރަމުގެ ފަރާތުން ވަނީ [ލައިފްޓައިމް އެޗީވްމަންޓް އެވޯޑް] އެމަނިކުފާނަށް އަރުވާފައެވެ. ޤައުމީ ޚިދުމަތުގެ ތަފާތު އެކި ދާއިރާތަކުން ހިތްވަރުދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު، އެންމެ ގިނަ އަދަދަކަށް ހާސިލު ކުރައްވާފައިވާ އެއްބޭފުޅަކީ ޤާސިމް އިބްރާހީމްކަންވެސް ފާހަގަކުރެވެއެވެ.

އިންސާނީ ޚިދުމަތަށް ބަލާއިރު، ރާއްޖެއިން ބޭރަށް ދިވެހީން ފޮނުއްވައިގެން ބޮޑެތި ބަލިތަކަށް ބޭސްފަރުވާކޮށްދެއްވުމުގައި އެންމެ ދިގުމުއްދަތެއް ހޭދަކުރެއްވި އަމިއްލަ ފަރުދަކީ އެމަނިކުފާނެވެ. ރާއްޖޭގައި އިންސާނިއްޔަތަށް ޚިދުމަތްކުރާ ފައުންޑޭޝަނެއް ފުރަތަމަ އުފެއްދެވީ ޤާސިމެވެ. އަދި ދިވެހި ދަރީންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފުޅާކުރެއްވުމަށް ސްކޮލަރޝިޕް ސްކީމެއް ފުރަތަމަ ތަޢާރުފް ކުރައްވަން ފެށްޓެވީވެސް ޤާސިމެވެ. މީގެއިތުރުން، ރާއްޖޭގެ ރަށްތަކުގެ ތަޢުލީމާއި، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށްޓަކައި މިވޭތުވި ސާޅީހަކަށް އަހަރު، އެންމެ ދީލަތި އެހީތެރިކަމެއް ވެދެއްވާފައިވާ އެއް ފަރުދަކީވެސް ޤާސިމް އިބްރާހީމެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހިންގާފައިވާ ސިޔާސީ އިޞްލާޙާއި ޑިމޮކްރަސީގެ ޙަރަކާތްތަކުގައި ޤާސިމްވަނީ އިސްދައުރެއް އަދާކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް