އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރަނި އަރަނި ކުރާނެ ކަމަށް ބުނި ސަރުކާރުގެ ދަރަނި 23 ބިލިއަން ރުފިޔާ އިތުރު! ދައުލަތުގެ ދަރަނި 48 ބިލިއަނަށް!

ދަރަނި އަރަނި ކުރާނެ ކަމަށް ބުނި ސަރުކާރުގެ ދަރަނި 23 ބިލިއަން ރުފިޔާ އިތުރު! ދައުލަތުގެ ދަރަނި 48 ބިލިއަނަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ރާއްޖޭގެ ދަރަނި އަރަނި ކުރައްވާނެ ކަމަށް ވިދާޅުވި ރައީސް ޔާމީނުގެ ސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު ސަރުކާރުގެ ދަރަނި 23 ބިލިއަން ރުފިޔާ އިތުރުވާނެކަމަށް މާލީ ވަޒީރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މުނައްވަރު މިއަދު ވިދާޅުވީ "އިޤްޠިޞާދީ މާހިރު" ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދއުލަތުގެ ދަރަންޏަކީ 25.6 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 48 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

މުނައްވަރު ވިދާޅުވީ މިސަރުކާރު މިހައިވަރަށް ދެރީ ހިންގަން ފަށާފައިވާ ބިޔަ މަޝްރޫޢުތަކުގެ ސަބަބުން ކަމަށާއި މަޝްރޫޢުތައް ފުރިހަމަކޮށްފިނަމަ ދައުލަތަށް ފައިސާ ހޯދޭނެ ކަމަށެވެ. މުނައްވަރު މިމޭރުމުން ވިދާޅުވި ނަމަވެސް މިސަރުކާރުން މިލިއަނުން ޚަރަދުކޮށްގެން ހިންގާދައިވާ ބައެއް މަޝްރޫއުތައް ހިންގާފައިވާ ފެންވަރު ދަށްކަމުން އެއްވެސް ފައިދާއެއް ނުކުރާކަން ވަނީ ހާމަވެފައެވެ.

40 މިލިއަން ރުފިޔާވަރު ޚަރަދުކޮށްގެން ޤާއިމުކުރި މާލެއިން ފެންހިންދުމުގެ ނިޒާމު ފަދަ މަސައްކަތްތަކުން ދަނީ އެކަން ފެންނަމުންނެވެ. ރައީސް ޔާމީނުގެ ސަރުކާރުން މަޝްރޫއުތައް ހިންގުމުގައި ޚަރަދުކުރި ހޭދަ އާދައާއި ޚިލާފަށް ބޮޑުކަން އަބަދުވެސް ވަނީ ފާހަގަކުރެވެމުންނެވެ. ކޮރަޕްޝަނުގެ ތުހުމަތުތައް އައީ ކުރެވެމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް