އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

1 ޖަނަވަރީ އިން ފެށިގެން ޖީ.އެސް.ޓީގެ ރޭޓުތަކައް ބަދަލުއަންނާތީ ދުރާލާ ރާވައިގެން ބަދަލުތައް ގެނައުމަށް މީރާއިން އިލްތިމާސްކޮށްފި

1 ޖަނަވަރީ އިން ފެށިގެން ޖީ.އެސް.ޓީގެ ރޭޓުތަކައް ބަދަލުއަންނާތީ ދުރާލާ ރާވައިގެން ބަދަލުތައް ގެނައުމަށް މީރާއިން އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، 1 ޖަނަވަރީ 2023 އިން ފެށިގެން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓް %16 (ސޯޅަ އިންސައްތަ) އަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ ރޭޓް %8 (އަށެއް އިންސައްތަ) އަށް ބަދަލުވާނެއެވެ.

މިހެންކަމުން، 1 ޖަނަވަރީ 2023 ނުވަތަ އެ ތާރީޚުގެ ފަހުން ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު އަންނަ މުޢާމަލާތްތަކުން ޖީ.އެސް.ޓީ ނަގަންޖެހޭނީ އައު ރޭޓުތަކުގައެވެ.

މި ބަދަލާއި ގުޅިގެން ސަމާލުވާންޖެހޭ ކަންތައްތައް ފާހަގަކުރަމުން މީރާއިން މައުލޫމާތު ދިން ގޮތުގައި، ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ، 1 ޖެނުއަރީ 2023 ގެ 00:00 ގެ ކުރިން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ %12 އަދި  ޓޫރިޒަމް ދާއިރާ ނޫން ދާއިރާނަމަ %6 ގެ ރޭޓުންނެވެ. އަދި 1 ޖަނަވަރީ 2023 ގެ 00:00 ގައި ނުވަތަ އޭގެ ފަހުން ފޯރުވައިދޭ މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ %16 އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތައްނަމަ 8% ގެ ރޭޓުންނެވެ. އެނޫން ފަރާތްތަކުން އައު ރޭޓުގައި ޖީ.އެސް.ޓީ ނަގަން ފަށާނީ 1 ޖަނަވަރީ 2023 ގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެންނެވެ.

މިކަމާ ގުޅިގެން، 1 ޖަނަވަރީ 2023 އިން ފެށިގެން އައު ރޭޓުތަކުގައި ޖީ.އެސް.ޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް މީރާއިން އިލްތިމާސްކުރެއެވެ. އަދި، މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމޭލްކުރުމަށް މީރާއިން އެދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު