އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު
ތިބާ ބޭނުންކުރާ ލެޕްޓޮޕް، ފޯން، ކޮމްޕިޔުޓަރު އަދި އެނޫންވެސް ވަސީލަތަކުން އެއްޗަކަށް ގެއްލުންދީފާނެ ވެބްސައިޓަކަށް ވަންނަން އުޅޭނަމަ ނުވަނުމަށް އިންޒާރުދެއެވެ. ގެއްލުން ލިބުނަސް ހަމަ ވަންނަންވީތޯ ސުވާލުކުރެއެވެ.
ފާފަތައް ކުރެވޭއިރުވެސް ހަމަ މިއިންޒާރުލިބެއެވެ. އެކަމުން ލިބިދާނެ ގެއްލުން ތިބާއާއިއެކުގައިވާ މަލާއިކަތުން ހަނދާންކޮށް ދެއްވަވައެވެ. ނަމަވެސް ތިބާ އާއި ޝައިޠޯނާ އާއި އޮންނަ ގުޅުން މާބޮޑަށް ބޮޑުވެގެން ދިއުމުން އެކަންކަން ސިކުނޑިއަށް ނަގައިނުގަނެވެނީއެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މީސްތަކުންގެ ތެރެއިން އެންމެ ސްމާޓް މީހަކީ ކޮބައިތޯ ދެންނެވުނު ހިނދު ރަސޫލް ﷺ ޙަދީޘްފުޅުކުރެއްވެވީ 2 ސިފައެކެވެ. އެއީ 1 އެންމެ ގިނައިން މަރު ހަނދާންކުރުމާ 2 އެންމެ ބޮޑަށް (ފުރިހަމައަށް) މަރަށް ތައްޔާރުވެގެން ހުންނަ މީހާ ކަމުގައެވެ.
ގިނަގިނައިން މަރުހަނދާންކުރުމުން ލިބޭނެ އިތުރު ފައިދާއެއްވެސް ބުނާނަމެވެ. އެއީ ކިތަންމެ ދަތިޙާލަތެއް ކުރިމަތިވިނަމަވެސް ކަންބޮޑުވެގެން އުޅެން ނުޖެހުމެވެ. ދުނިޔެއިން ބޭނުންވި އެކަންތައް ޙާޞިލުނުވެގެން ތެޅިފޮޅެމުން ދަނިކޮށް މަރުވެދާނެކަން ހިތަށް ވަންނަނަމަ އަބަދުވެސް އިސްކަންދެވޭނީ މަރަށް ތައްޔާރުވުމަށެވެ. ބަލާނީ ހެޔޮ ޢަމަލުކުރުން ގިނަކުރެވޭތޯއެވެ.
- ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން
Advertisement
24 ނޮވެމްބަރ 2022