އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

1 މިލިއަން ފަހަރު "އަހަރެން ވަރަށް ލޯބިވޭ" މެސެޖް ފޮނުވުމާ އެންމެފަހަރަކު ލޯބިން ބަލާލައި ފިރުމައިލުމާއިވެސް އުޑާއި ބިމާހައި ތަފާތު!: މުފްތީ މެންކް

1 މިލިއަން ފަހަރު "އަހަރެން ވަރަށް ލޯބިވޭ" މެސެޖް ފޮނުވުމާ އެންމެފަހަރަކު ލޯބިން ބަލާލައި ފިރުމައިލުމާއިވެސް އުޑާއި ބިމާހައި ތަފާތު!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ދިރިއުޅުމުގެ ކަންކަމަށް އަންނަމުން މިދާ ބަދަލުތަކަށް ފުންކޮށް ނުވިސްނާނަމަ އެމީހެއްގެ ދިރިއުޅުމުގެ ކަންކަން ކާމިޔާބުކުރަން ހުސްތަކެއް އަބަދުވެސް ހުންނާނެއެވެ. ވީމާ މިރޭ ނިކަން މިކަންކަމުގެ މައްޗަށްވެސް ވިސްނައިލަމާ ހެއްޔެވެ؟

ދުނިޔެ ބަވަނަވެއްޖެއެވެ. އެންމެން ބިޒީވެއްޖެއެވެ. ކޮންމެހެން ބުނަންޖެހޭ މީހުންގާތޮ ލޯބިވެއޭ ވެސް ދުލުން ބުނެލާނެ ވަގުތުވާކަމަކަށް ނުވެއެވެ. އެހެންވެ ސްޓިކަރ އެއްފަދަ އެއްޗެއް ފޮނުވާލައި ފުއްދައިލަނީއެވެ. ސުވާލަކީ އެކަމުން ފުދޭ ހެއްޔެވެ؟ ޙާޞިލުކުރަން ތިއުޅޭ ކަންތައް އެއްވެސް ވަރަކަށް ޙާޞިލުވޭ ހެއްޔެވެ؟

މިހާރުގެ ޙާލަތަށް ބަލައިފިނަމަ ގާތް ތިމާގެ މީހުންނާއިވެސް ބައެއް މީހުން ހުރިހާ ގުޅުންތަކެއް ބާއްވަނީ ސޯޝަލް މީޑިއާގައެވެ. އެއީވެސް ރަނގަޅު ގޮތެއް ނޫނެވެ. ވީވަރަކުން ބައްދަލުކޮށް ޙާލު އަހުވާލު ބަލަންވާނެއެވެ. މޫނާއި މޫނު ދިމާކުރަންވާނެއެވެ. ޢާއިލާގެ މީހުން ދިރިއުޅެނީ އެއް ރަށުގައި ކަމަށްވާނަމަ ބައްދަލު ނުކޮށް ތިބުމަކީ ދީނުގައި އަމަލުކުރަން އޮތް ގޮތެއް ނޫނެވެ.

އެއް ފަސްގަނޑުގައި ތިބެމެ، ތިމާ ހާލު ބަލަން ޖެހޭ މީހެއްގެ ޙާލު ސޯޝަލް މީޑިއާ މެދެވުރިކޮށް ބެލުމަކުން ނުފުދޭނެއެވެ. އަމިއްލަ ލޮލުން ބަލަންވާނެއެވެ. އަމަލީ ގޮތުން ކޮށްދެވެން އޮތް ކަމެއް ކޮށްދެވޭނީވެސް ބައްދަލުކުރެވިގެންނެވެ. ވީމާ މިކަންކަމަށް ވިސްނައިލުން ވަރަށް ބޮޑަށް އެދެމެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް 1 މިލިއަން ފަހަރު "އަހަރެން ވަރަށް ލޯބިވޭ" މެސެޖް ނުވަތަ ސްޓިކަރ ފޮނުވުމާ އެންމެފަހަރަކު ފިރުމައިލުމާއިވެސް އަޅައިވެސް ނުކިޔޭނެއެވެ.

އަހަރެންނަށް ލިބިހުރި މައުލޫމާތުގެ މައްޗަށް ބުރަވާނަމަ ސޯޝަލް މީޑިއާ މެދުވެރިކޮށް 1 މިލިއަން ފަހަރު "އަހަރެން ވަރަށް ލޯބިވޭ" މެސެޖް ނުވަތަ ސްޓިކަރ ފޮނުވުމާއި އެންމެފަހަރަކު ލޯބިން ބަލާލައި ފިރުމައިލުމާއިވެސް އުޑާއި ބިމާހައި ތަފާތެވެ. ޚާއްޞަކޮށް ދެމަފިރިންގެ ކަންކަމުގައެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުންތަކުގައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް