އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިބް ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށް މެންބަރުކަން ދޫކުރައްވަން ޖެހިވަޑައިގަންނަވާތީ ދާއިރާގެ ރައްޔިތުންނަށް ފައިޞަލް ޝުކުރު އަދާކުރައްވައިފި

ނައިބް ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށް މެންބަރުކަން ދޫކުރައްވަން ޖެހިވަޑައިގަންނަވާތީ ދާއިރާގެ ރައްޔިތުންނަށް ފައިޞަލް ޝުކުރު އަދާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ނައިބް ރައީސްކަމުގެ މަޤާމާއި މިމަހުގެ 17 ވަނަ ދުވަހު ހަވާލުވަވަޑައިގަތުމަށްޓަކައި މެންބަރުކަން ދޫކުރައްވަން ޖެހިވަޑައިގަންނަވާތީ މަޖިލީހުގައި އެމަނިކުފާނު ތަމްސީލުކުރައްވާ ކާށިދޫ ދާއިރާގެ ރައްޔިތުންނަށް ފައިޞަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ.

 

ފައިޞަލް މިއަދު ވިދާޅުވީ ނައިބް ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތީ ދާއިރާގެ މެންބަރަކަށް ހުންނަވަނިކޮށް ކަމަށްވާތީ ދާއިރާގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

 

ފައިޞަލް ވިދާޅުވީ މަޖިލީހުގައި ހޭދަކުރެއްވި 4 އަހަރާއި 6 މަސްދުވަހަކީ ޤައުމުގެ ކަންކަން ވަރަށް ހަލަބޮލި ދުވަސްތަކެއް ކަމަށެވެ. "މަޖިލީހުގައި ކުރެވުނު މަސައްކަތްތައް ކާމިޔާބުކުރެވުނީ މެންބަރުންނާއި ގުޅިގެން ކުރި މަސައްކަތުން. ރާއްޖޭގެ ކަންކޮޅުތަކުން ރައްޔިތުން ދިން ޚިޔާލާ އެއްގޮތަށް އަޅުގަނޑު މަސައްކަތް ކުރީ. ޚިޔާލު ދެއްވި އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން."

 

ފައިޞަލް ވިދާޅުވީ ދަތި އުނދަގޫ ޙާލަތްތަކުގައިވެސް ދާއިރާގެ ރައްޔިތުންނާއި އެމަނިކުފާނު ނިޞްބަތްވެވަޑައިގަންނަވާ ފުވައްމުލަކުގެ ރައްޔިތުން އެރުވި އެއްބާރުލުމާއި ހިތްވަރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. "ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަން. ޤައުމަށް މިލިބުނު ކުރިއެރުމުގެ ޙަޤީޤީ ސަބަބަކީ އިންތިޚާބީ ރައީސް، ހިންނަވަރު ދާއިރާގެ މެންބަރު އެންމެން ގޮވައިގެން އެކުގައި ކުރިއަށް ވަޑައިގަންނަވަން ކުރެއްވި މަސައްކަތްޕުޅު. އެކަމަށްޓަކައި އެމަނިކުފާނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން."

 

ފައިޞަލް ވަނީ ޤައުމީ ވިސްނުމުގައި މަސައްކަތް ކުރެއްވި ހުރިހާ މަޖިލިސް މެންބަރުންނަށްވެސް ޝުކުރު އަދާކުރައްވައިފައެވެ. ފައިޞަލް ވިދާޅުވީ ކާށިދޫ ދާއިރާއަށް ދެން ކުރިމަތިލާނެ މެންބަރަކު ކަނޑައަޅާނީ ކޯލިޝަނުން ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް