އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާ އަނިޔާކުރަމުންދިއަ އަންތބަކަށް އާސިޔަތުގެފާނު ފަރުވާދެއްވަވަނިކޮށް ހުވަފެނުން ފެނުމާ އޭނާގެ އަނިޔާތަކުން އަނބިމީހާ ސަލާމަތްވި ގޮތުގެ ވާހަކަ-

ފިރިމީހާ އަނިޔާކުރަމުންދިއަ އަންތބަކަށް އާސިޔަތުގެފާނު ފަރުވާދެއްވަވަނިކޮށް ހުވަފެނުން ފެނުމާ އޭނާގެ އަނިޔާތަކުން އަނބިމީހާ ސަލާމަތްވި ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

އެތާރީޚްވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހެވެ. އަހުރެންނަށް ލިބުނު އީމޭލެއްގައިވަނީ ފިރިމީހާ އޭނާގެ އަނބިމީހާގެ ފަޔަށް ކޮށްފައިވާ ބޮޑެތި އަނިޔާތަކެއްގެ ފޮޓޯތަކެއްގެ ފޮޓޯތަކެކެވެ. 

އަހުރެން ޖަވާބުގައި ފިރިމީހާގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރަން ބުނުމުން އެއްބަހެއް ނުވިއެވެ. ބުނީ މި ފޮޓޯތައް ފޮނުވި ބޭނުމަކީ އޭނާއަށް ފިރިމީހާ ކުރާ އަނިޔާގައި މަރުވެއްޖެނަމަ އޭނާ އަނިޔާކުރިކަމަށް އަހުރެން ހެކިވެދިނުން ކަމަށެވެ. 

ނަމަވެސް ތަކުރާރުކޮށް ފުލުހުންނަށް ރިޕޯޓްކުރަން ނަޞޭޙަތް ދިނުމުން ބުނީ މިވަގުތު މިއުޅެނީ ބޭރު ޤައުމަކަށް ދަތުރެއް ކުރަން ކަމަށާއި އެނބުރި އައިސް އެކަމަށް މަޝްވަރާކުރާނީ ކަމަށެވެ. 

ކޮންމެއަކަސް އެއިގެ 2 ހަފްތާފަހުން އޭނާ އީމޭލެއް ފޮނުވިއެވެ. އެއިގައި ބުނެފައި އޮތީ ފިރިމީހާ އޭނާ ވަރިކުރަން އެއްބަސްވެއްޖެ ކަމަށާއި އޭނާ މިހާރު ބޭރު ޤައުމެއްގައި ހުރުމުން ފިރިމީހާގެ އަނިޔާވެރިކަމުން ސަލާމަތްވެވިފައިވާ ކަމަށެވެ. 

ދެން މިބުނަނީ އޭނާ ބުނި އެންމެ ޚާއްޞަ ވާހަކައެވެ. އޭނާ ބުނީ ފިރިއަޢުނުގެ ކަލާނގެވަންތަކަން ޤަބޫލުނުކުރުމުން އަނިޔާކޮށް އަވަހާރަކޮށްލި އާސިޔަތުގެފާނު ހުވަފެނުން ފެނުނު ކަމަށާއި ފެނުނީ އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް އާސިޔަތުގެފާނު ފަރުވާކުރައްވަވަނިކޮށް ކަމަށެވެ. 

މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ. ޙާޞިލްކުރަންވީ ޢިބްރަތަކީ އަނބިންނަށްވިޔަސް އެހެން މީހަކަށްވިޔަސް އަނިޔާކުރާއިރު އެތަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދި ދުޢާކުރުމުން އެމީހަކަށް ރަޙުޖމް ކުރައްވަވާނެ ކަމެވެ. އަދި އަނިޔާވެރިންނަށް ޙައްޤު ޖަޒާ ދެދުނިޔޭގައިވެސް ދެއްވަވާނެ ކަމެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް