އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީނާމެދު ޝައްކާ ފިތުނައުފެއްދުވުމަކީ ދީން ޤަބޫލު ނުކުރުމަށްވުރެ ބޮޑު ފާފައެއް!

އިސްލާމް ދީނާމެދު ޝައްކާ ފިތުނައުފެއްދުވުމަކީ ދީން ޤަބޫލު ނުކުރުމަށްވުރެ ބޮޑު ފާފައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ދުނިޔޭގައި ގިނައީ އިސްލާމް ދީން ޤަބޫލުނުކުރާ މީހުންނެވެ. މިހާރުގެ އާބާދީއަށް ބަލައިފިނަމަ ތިންބައިކުޅް ދެބައި މީހުންނަކީ ކާފިރުންނެވެ. އެހެން ދީންތަކުގެ މީހުންނެވެ. ނަމަވެސް މިއެންމެންނަކީ އިސްލާމް ދީން ނުވަތަ އެހެން ވެސް ދީންތަކާއި ދެކޮޅަށް ކަންކަންކުރާ ބައެއް ނޫނެވެ. އިސްލާމް ދީނާއިމެދު ޝައްކު އުފައްދުވައި ފިތުނަ އުފައްދުވާ ބައެއް ނޫނެވެ. އެމީހުންގެ ބުއްދިއަށް ޤަބޫލުކުރެވޭ ގޮތެއްގައި ތިބި ބައެކެވެ.

ކާފިރުންގެ ތެރެއިން އެންމެ ނުބައިކަންބޮޑު ބައަކީ އިސްލާމް ދީނާއިމެދު ޝައްކު އުފައްދުވައި ފިތުނައުފައްދުވާ މީހުންނެވެ! އަދި ދީނީ ޢިލްމުވެރިން ދެއްވާ ހެޔޮ ނަޞޭޙަތްތަކާއި ދަރުސްތަކާއިމެދު ސުވާލު އުފައްދުވައި އެކަންކަން ބަލައިގަތުމަށް މީސްތަކުންނަށް ހުރަސްއެޅޭނެ ޢަމަލުތައް ކުރުމަކީ ﷲ ތަޢާލާގެ ޢަދުއްވުން ނޫނީ ކުރާނެ ކަމެއް ނޫނެވެ.

މުސްލިމުންނަކީ އެހެންދީންތަކުގެ މީހުންނަށްވެސް އިޙްތިރާމްކޮށްގެން އެކުގައި އުޅޭ ބައެކެވެ. އެއީ އިސްލާމްދީން ހިތްވަރުދޭ ކަމެކެވެ. ނަމަވެސް މިބަޔާންކުރިފަދަ އިސްލާމް ދީނަށް ގެއްލުންދޭން މަސައްކަތްކުރާ މީހުންނާއި އޮތީ ދުރުހެލިވުމެވެ. އެފަދަ މީހުންނާއިއެކުވެރިކަން ބާއްވައި އެކުގައި އުޅުމެއް ނެތެވެ. އެއީ އެކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކަށް ކޮށްފާނެ ނޭދެވޭ އަސަރަށްޓަކައެވެ.

ހިތާމައަކީ މުސްލިމުންގެ ތެރޭގައި ތިބެގެންވެސް ބައެއް މީހުންނަށް މިއަދު އެފަދަ ޢަމަލުތައް ކުރެވޭ ކަމެވެ. ދީނީ ޢިލްމުވެރިން ދީނުގެ ކަންކަން ބަޔާންކުރެއްވެވުމުން އެކަންކަމަށް ފާޑުކިޔޭކަމެވެ. ދީނުގެ ޙުކުމްތައް ބަޔާތްކުރެއްވުމުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ބަޔާންކުރަން ބަސްބުނެވޭކަމެވެ.

ނުއެނގިތިބެ މިފަދަ އަމަލުތައް ކުރެވޭމީހުން އެފަދަ ކަންކަން ކުރުން އަވަހަށް ހުއްޓައިލާށެވެ. ދީނީ ދަރުސްތަކަށާއި ޙުކުމްތަކަށް ކޮމެންޓްކުރާއިރު ވިސްނައިލާށެވެ! ތިމާއަށް އޮޅުން ނުފިލާ ނުވަތަ ހިތުގައި ޝައްކު އުފެދޭ ކަމެއް ނަމަ ކޮމެންޓުކުރުމުގެ ކުރިން އެކަމެއް ރަނގަޅަށް އޮޅުންފިލވާށެވެ! ނޫނީ ބުނެވޭ ބަހަކީ ފިތުނައަކަށްވެދާނެއެވެ. އެފަދަ ބަހެއްގެ ސަބަބުން އެންމެ މީހެއްގެ ހިތުގައި އިސްލާމް ދީނާއިމެދު ޝައްކެއް އުފެދުނު ނަމަވެސް އެކަމުގެ ހުރިހާ ޒިންމާތަކެއް އުފުލަންޖެހޭނެއެވެ. އެކަމުގެ ޢަޛާބު ލިބިގެންދާނެއެވެ.

ވީމާ މިކަންކަމަށް ފަރުވާތެރިވާށެވެ! ބުނެވޭ ބަސްތަކަށް ރައްކައުތެރިވާށެވެ! ނަރަކައިގެވޭނަށް ބިރުވެތިވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް