އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕާކިސްތާނުގެ ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިވުމަށް ފަންޑް ރެއިޒިންގ އިވެންޓެއް ބާއްވަނީ

ޕާކިސްތާނުގެ ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިވުމަށް ފަންޑް ރެއިޒިންގ އިވެންޓެއް ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

މި އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޕާކިސްތާންގެ ސަގާފަތް ދައްކުވައިދޭ ފަންޑް ރެއިޒިންގ އިވެންޓެއް އިންތިޒާމުކުރުމަށް ހަމަޖެހިފައިވާކަމަށް ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) އިން ބުނެފިއެވެ.

ބީސީއެމްއަކީ 26 ޑިސެންބަރު 2021ގައި ޕާކިސްތާނުގެ ކުރީގެ ސަފީރު ހިޒް އެކްސެލެންސީ އެޑްމިރަލް (ރިޓަޔާޑް) އަތަރް މުޚްތާރު އިފުތިތާހު ކޮށްދެއްވި ޖަމުޢިއްޔާއެކެވެ. 

ޑިސެންބަރު މަހުގެ 5ވާ ހޯމަ ދުވަހުގެ ރޭ 08:45ގައި މެންހެޓަން ބިޒްނަސް ހޮޓެލްގައި ކުރިއަށް ދާ "ޕާކިސްތާނީ ކަލްޗަރަލް ނައިޓް"ގައި އިންޑިއަން ސަބްކޮންޓިނެންޓްގެ ރަހަތައް ހިމެނޭ ޑިނާއެއްގެ އިންތިޒާމުކުރުމުގެ އިތުރުން، ޕާކިސްތާނުގެ ސަގާފަތް ދައްކުވައިދޭ ތަކެތި ހިމެނޭ މޭޒެއް ބެހެއްޓިފައި ހުންނާނެއެވެ. އަދި މި ހަރަކާތުގެ ތެރެއިން އުރުދޫ މިއުޒިކާއި ލަވަތައް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޕާކިސްތާނުގެ ސަގާފީ އެކި ކަހަލަ ހެދުންތައް ފެނިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޒް އެކްސެލެންސީ ވައިޒް އެޑްމިރަލް (ރ) މުޙައްމަދު ފައްޔާޒް ގިލާނީއާއި ޕާކިސްތާން ހައިކޮމިޝަންގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޕާކިސްތާނީ ކަލްޗަރަލް ނައިޓްގެ ޓިކެޓެއް ވިއްކަނީ 350 ރުފިޔާއަށެވެ. މި ޓިކެޓުތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. ޓިކެޓް ބޭނުންވާ ފަރާތްތަކުން ގުޅާނެ ނަންބަރަކީ 7942802 އާއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު