އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިފުޅު އަތުލިއަ ނުދިނުމަށާ ފިރިމީހާ ކުރަމުން އައި ގެވެށި އަނިޔާތަކަށް ބަދަލު ހޯދަން އަނބިމީހާ ބޭނުންކުރި ޙިކުމަތް- ކޮންމެ އަންހެނަކަށްވެސް ޢިބްރަތްތެރި ފިލާވަޅެއް!

ދަރިފުޅު އަތުލިއަ ނުދިނުމަށާ ފިރިމީހާ ކުރަމުން އައި ގެވެށި އަނިޔާތަކަށް ބަދަލު ހޯދަން އަނބިމީހާ ބޭނުންކުރި ޙިކުމަތް- ކޮންމެ އަންހެނަކަށްވެސް ޢިބްރަތްތެރި ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 42 ސިކުންތު

އަޅުގަނޑު ފުރަތަމަ ކިޔައިދޭނީ ކުރުކުރު ވާހަކައެކެވެ. ވިސްނުންތެރިކަމާއިއެކު ވިދާޅުވާށެވެ. 

ދެމަފިރިން އެކުގައި ލޯބިން ދިރިއުޅެމުންގޮސް ބަލިވެ އިނުމުން ކަންތައް ދިމާވިގޮތުން އާދައާ ޚިލާފަށް ބޮޑަށް ބަނޑުހައިވާން ފެށިއެވެ. ނުކައިފިނަމަ ވަރުބަލިވެއެވެ. ގައަކު ވަރެއް ނުހުރެއެވެ. އެހެންވެ އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. 

ނަތީޖާއަކަށްވީ ވަރުބަލިވެ ގައިގެބާރުދެރަވުމުން ސަލާމަތްވުމަށްޓަކައި ގިނއިން ކާން މަޖުބޫރުވުމެވެ. އެކަމާއި ގުޅިގެން ހަށިގަނޑު ފަލަވާން ފެށުމުން ޑޮކްޓަރަށް ދެއްކުމުން ބުނީ ބަނޑުގައި އޮތް ދަރިފުޅަށްޓަކައި ގިނައިން ކާންޖެހޭނެ ކަމަށާއި ފުދޭވަރަށް ނުކައިފިނަމަ ދަރިފުޅަށް ގެއްލުން ލިބިދާނެކަމަށެވެ. 

ޑޮކްޓަރު އެގޮތަށް ބުނުމުން ކައުން މަދުކުރެވޭކަށްވެސް ނެތެވެ. ނަމަވެސް ފިރިމީހާ ދިއައީ އަނބިމީހާއަށް އެއްޗެތިގޮވަމުންނެވެ. އޫރެއްގެ ސިފައިގައި ސިފަކުރަމުންނެވެ. ފޫހިވެއްޖެ ކަމަށް ބުނެ އަބަދުހެން ހިތުގައި ޖައްސަމުންނެވެ. 

އަނބިމީހާ ބުނަމުން ދިއައީ ވިހެއުމަށްފަހު ކެއުން މަދުކޮށް ކަސްރަތުކޮށް ހިކޭނެ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް އަޑެއް އަހަން ފިރިމީހާ ބޭނުމެއް ނުވިއެވެ. ޙަޤީޤަތަކީ ފިރިމީހާ ލޯބިވެރިއަކު ހޯދައިގެން އުޅޭކަމެވެ. ވިހަންވާއިރަށް ދެމީހުން ސައްލާކޮށްފައި އޮތީ ވިހެއުމުން ވަރިކޮށް ދަރިފުޅުވެސް އަތުލުމަށެވެ. އެއިރުން ދަރިފުޅު ދެކެން ބޭނުންވިނަމަވެސް އަނބިމީހާ އާއި ބައްދަލުނުވާނެތީއެވެ. 

ވިހެއުމުން ފިރިމީހާ ކަންކަންކުރަން ނިންމައިގެން ހުރި ގޮތަށް ކަންކަން ކުރިއެވެ. އަނބިމީހާ ވަރިކުރުމަށްފަހު ދަރިފުޅު އަތުލަން ކޯޓަށް ދިއައެވެ. އަނބިމީހާއަކީ ސިކުނޑީގައި ަމއްސަލައެއް ހުންނަ އަނހެނެއް ކަމަށާއި ދަރިއަކު ނުބެލޭނެކަމަށްވެސް ކޯޓުގައި ބުންޏެވެ. 

ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު އަނބިމީހާ ހުށަހަޅާފައިވާ ވީޑިއޯ ކްލިޕްތަކެއް ފަނޑިޔާރު ދެއްކިއެވެ. އެއިން ފެންނަނީ އޭނާ ބަލިވެއިނދެ ފަލަވާން ފެށުމުން އޭނާއާއިމެދު ކަންކަންކުރި އިހާނެތި ގޮތްތަކެވެ. ބުނަމުންދިއަ ނުބައި ބަސްތަކެވެ. 

ވީޑިއޯތަކުގެ މައްޗަށް ބުރަވެ ފަނޑިޔާރު ޙުކުމްކުރީ އަނބިމީހާއަށް ދިން ނަފްސާނީ ގެއްލުންތަކުގެ ސަބަބުން ފިރިމީހާ ކުށްވެރިވާކަމަށެވެ. އަދި އޭނާއަކީ ކުށްވެރިއެއް ކަމަށާއި އަދަބެއްގެ ގޮތުން 5 އަހަރަށް ޖަލަށްލުމަށާއި ބަދަލެއްގެ ގޮތުން ގިނަ ޢަދަދެއްގެ ފައިސާ އަނބިމީހާއަށް ދިނުމަށެވެ. 

މިވާހަކަ އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ ވަރަށް ބޮޑު ބޭނުމަކުއެވެ. މިއީ ބޭރު ޤައުމެއްގައި ހިނގާފައިވާ ކަމެއް ނަމަވެސް ހަމަ މިރާއްޖޭގައި ވެސް މިފަދަ ކަންކަން ދަނީ ހިނގަމުންކަމަށްވާތީ އެއަންހެންމީހާ ފަދައިން އަހަރެމެންވެސް ހޭލުންތެރިވާން ޖެހިފައިވާކަމަށް ބުނުމަށެވެ. 

ރާއްޖޭގެ ޤާނޫނުތައް ބުނާ ގޮތުންވެސް މިފަދަ ކަންކަމަކީ ގެވެށި އަނިޔާއެވެ. އަނިޔާވެރިންނަށް ގިނަފަހަރު ސަލާމަތް ވެވެނީ ކޯޓުގައި ހެކި ނެތުމުންނެވެ. ހެކި ހޯދޭނެ ގޮތްތައް މިހާރު އެބަހުއްޓެވެ. ވީމާ މި ވާހަކައިން ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ އަނިޔާ ލިބެމުންދާނަމަ ކުރިއާލައި ހެކި ހޯދުމެވެ. ބޭނުންޖެހޭ ޙާލަތުގައި ދެއްކޭނީ ހެކި ހޯދިފައި ހުރިނަމައެވެ. 

ޚުދު އަޅުގަނޑަކީވެސް މިފަދަ ގޮތަކުން ވަރަށް ބޮޑު ނިކަމެތިކަމެއް ލިބުނު އަންހެނަކީމެވެ. އެއިރު ހެކި ނުހޯދުނީތީ ފުރަތަމަ މަރުޙަލާގައި އަޅުގަނޑު ފޭލްވިއެވެ. ނަމަވެސް ފަހުން ވަނީ އަޅުގަނޑު ބޭނުންވި ގޮތަށް ކާމިޔާބުކުރެވިފައެވެ. ވީމާ މިހާދިސާއަކީ އަޅުގަނޑުގެ ޙަޔާތާއިވެސް ވަރަށް ގުޅުންހުރި ވާހަކައަކަށްވާތީ ޙިއްޞާކޮށްލީއެވެ. 

- ވަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު