އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރާއިރު ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން: މުފްތީ މެންކް

ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރާއިރު ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ވެސް އެންމެ ގިނައިން ކުރަން އޮތްކަމަކީ ފާފަފުއްސަވައިދެއްވެވުން އެދި ދެންނެވުން ގިނަކުރުމެވެ. އެކަމުން އެނގިގެންދަނީ ފާފަކުރެވޭތީ އެމީހަކު ދެރަވެ ހިތާމަކުރާކަމެވެ. ފާފަތައް ފުއްސަވައިދެއްވެވުން އެދި ނުދެންނެވުމަކީ ބޮޑާ، ކިބުރުވެރިންގެ ސިފައެކެވެ.

އަހަރެމެންނަށް އަބަދުވެސް މިތިބެވެނީ ފާފަތައް ކުރެވިކުރެވި ކަމަށްވުމުން އަބަދުވެސް ތިބެން މިޖެހެނީ ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރުންމަތީގައެވެ. މިގޮތުން އެންމެ ގިނަ ބައަކު ކުރާކަމަކީ އިސްތިޣްފާރުކުރުމެވެ ގިނަގިނައިން އަސްތަޣްފިރުﷲ ކިޔުމެވެ.

މިގޮތުން އަސްތަޣްފިރުﷲ ކިޔާއިރު ބައެއް މީހުން ވަރަށް އަވަސްއަވަހަށް ކިޔައިލައެވެ. ނަމަވެސް އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ. ކިޔަންވާނީ މިކިޔަނީ ކޮން އެއްޗެއްކަން ހިތަށް ގެންނަމުންނެވެ. ކިޔޭ އެއްޗެއް ހިތަށް ރަނގަޅަށް ފަހުމްވާނެ މިންވަރަށް ލަސްލަހުންނެވެ. ތިމާ މިދަންނަވަނީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުންކަމާއި އެކަމުގެ ބޮޑުކަން ހިތްމައްޗަށް ގެންނަމުންނެވެ.

ތިމާއަށް އެންމެ ގިނައިން ކިޔޭ ކަލިއަކީ އަސްތަޣްފިރުﷲ ކަމުގައި ހަދާށެވެ! އެއީ ވަކިވަގުތަކު ކިޔަން އޮތް ކަލިމައެއް ނޫނެވެ! އެކަމުގެ ހިތް މައްޗަށް ގެނެސް ﷲ ތަޢާލާއަށް ބިރުވެތިވެ ގިނަގިނައިން ފާފަފުއްސަވައި ދެއްވެވުމަށް އެދޭމީހާގެ ހުރިހާ ބޭނުންތަކެއްވެސް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް