އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުންނަށް ވަރުގަދަ ބިރުހުރި އިންޒާރުތަކެއް! ދައްޖާލުގެ ސެކެޓްރީކަންކޮށް ސެކިޔުރިޓީ ބަލަހައްޓާނެ އަންހެނާ، ލައިބާގެ ދައުރު ފެށި ބާރަށް ކުރިއަށްދަނީ! ހޭއަރާ މަޅިން ސަލާމަތްވޭ!

އަންހެނުންނަށް ވަރުގަދަ ބިރުހުރި އިންޒާރުތަކެއް! ދައްޖާލުގެ ސެކެޓްރީކަންކޮށް ސެކިޔުރިޓީ ބަލަހައްޓާނެ އަންހެނާ، ލައިބާގެ ދައުރު ފެށި ބާރަށް ކުރިއަށްދަނީ! ހޭއަރާ މަޅިން ސަލާމަތްވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 44 ސިކުންތު

އެންމެފަހުން ފައުޅުވާނެ ބޮޑު ދައްޖާލު ފައުޅުވާން ދާދި ގާތްވެއްޖެ ކަމުގެ ހެކިތައް ކޮންމެ ދުވަހަކުވެސް މިދަނީ އިތުރުވަމުންނެނެވެ. ބަނގުރަލާ މަސްތުވާތަކެތި މުޅި ދުނިޔެއަށް ޢާންމުވެއްޖެއެވެ. ބައެއް ޤައުމުތަކުގައި މިހާރުވެސް މިވަނީ އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރުން ހުއްދަކޮށްފައެވެ. އަންހެނުންނާއި ފިރިހެނުން އެއގޮތަކަށް ހެދުންލައި އުޅުމަކީ އެންމެ ޢާންމު އެއްކަންތަކެވެ. 

ދައްޖާލުދާ ކޮންމެ ތަނަކަށް ދިއުމުގެ ކުރިން އަންހެނަކު ގޮސް ދައްޖާލު އެތަނަކަށް އަންނަ ކަމުގެ ޚަބަރުދޭނެއެވެ. ދައްޖާލުދެކެ ބިރުގަތުމަށް ބުނާނެއެވެ. ދައްޖާލުގެ ފިތުނަ ކާމިޔާބުކުރުމުގައި އަނހެނުން އިސްދައުރެއް އަދާކުރާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

އިބްން ޢުމަރު (ރޢ) ރިވާކުރައްވަވާފައިވާ ޙަދީޘްފުޅަކުން އެނގެން އޮތް ގޮތުގައި ދައްޖާލުގެގާތަށް ގޮސް އެއެއްޗަށް ބައިއަތު ހިފާ މީހުންގެ ތެރޭގައި ގިނަވާނީ އަންހެނުންނެވެ. އަދި ފިރހެނުންނަށް އެމީޯހުންގެ އަނބިންނާއި މައިންނާއި ދަރިންނާއި ޢާއިލާގެ އަންހެނުން ދައްޖާލުގެ ގާތަށް ދިއަނުދޭން މަސައްކަތްކުރާނެއެވެ. 

އަންހެނުންނަށް އެމީހުންގެ ޙައްޤުތައް ހޯދައިދިނުމާއި ބާރުވެރިކުރުމުގެ ނަމުގައި ހުޅަނގުގެ ޤައުމުތަކުން މިހިންގާ ކެންޕޭނަކީ ދައްޖާލު އަރާނެ ދުވަހަށް އަންހެނުން ތައްޔާރުކުރުވުމުގެ މަސައްކަތެވެ. އެފަދަ ކެންޕޭނުތައް މިއަދުމިވަނީ އިސްލާމީ ޤައުމުތަކުގައިވެސް ފެށިފައެވެ. 

އަލް އަޙްޒާބް ސޫރަތުގައި މިއާޔަތްތައް އޮތްކަން އެނގޭކަމަށްވެސް ނުހަދައެވެ. 

"އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު ޤާއިމްކުރާށެވެ! އަދި ތިޔަކަނބަލުން ޒަކާތްދޭށެވެ! އަދި ﷲ އާއި، އެކަލާނގެ ރަސޫލާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ އަހުލު ބައިތުންނޭވެ! ﷲ އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ ޠޯހިރު ކުރެއްވުމަކުން ތިޔަބައިމީހުން ޠޯހިރް ކުރެއްވުމަށެވެ." (އަލްއަޙްޒާބް: 33) 

"އަދި ތިޔަކަނބަލުންގެ ގެތަކުގައި ﷲ ގެ އާޔަތްތަކާއި، ޙިކުމަތުގެ ތެރެއިން ކިޔެވޭ ތަކެތި ތިޔަކަނބަލުން ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ﷲ އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ." (އަލްއަޙްޒާބް: 34)  

"ހަމަކަށަވަރުން، މުސްލިމް ފިރިހެނުންނާއި، މުސްލިމް އަންހެނުންނާއި، މުއްމިން ފިރިހެނުންނާއި، މުއްމިން އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، ޞަދަޤާތް ދޭ ފިރިހެނުންނާއި، ޞަދަޤާތް ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ ފަރުޖް ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ ފަރުޖް ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރްކުރާ ފިރިހެނުންނާއި، ޛިކުރް ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި ﷲ ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ." (އަލްއަޙްޒާބް: 35)  

"އަދި ﷲ އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއްމިން ފިރިހެނަކަށްވެސް، އަދި މުއްމިން އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."

(އަލްއަޙްޒާބް: 36)

މިއަދު އަންހެނުން ގެންގޮސް ސިފައިންނާއި ފުލުހުންގެތެރެއަށް ވައްދުވަނީއެވެ. އެކަނބަލުން އަމިއްލައަށްވެސް ގޮސް ވަންނަނީއެވެ. ފިރިހެނުންނާއި އެއްގޮތަށް ހެދުން އަޅުވައިގެން ފިރިހެނުން ފަދައިން ޙަރަކާތްތެރިކުރުވަނީއެވެ. ލޮބުވެތިކަނބަލުންނޭވެ! ބޮލުގައި ސްކާފެއް އެޅުމަކުން އަދި ނުނިމޭނެއެވެ. ޔުނިފޯމެއްގެ ނަމުގަވެސް ފިރިހެނުންނާއި އެއްގޮތަށް ހެދުން އެޅުން ތިއަކަނބަލުންނަށް ހުއްދަވެގެނެއް ނުވެއެވެ. އެންމެ ފަހުން މިބަޔާންކުރި ޢާޔަތަށް ބަލާށެވެ! ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ހުއްދައެއް ނުކުރެވޭނެއެވެ. 

ލޮބުވެތިކަނބަލުންނޭވެ! ދައްޖާލު ފައުޅުވުމުން ދައްޖާލަށް މަރުޙަބާ ކިޔަން ހުޅަނގުން ފަތުރުވަމުން ގެންދުވާ ފިތުނައިގައި ޖެހި ތާށިނުވާށެވެ! ޤުރްއާނުގައިވާ މަގަށް އަވަހަށް އެނބުރޭށެވެ! ފިރިހެނުންނަށް އޮތީން އެމީހުންގެ އަނބިދަރިންނާއި އުޚުތުން ހޭލުންތެރިކުރުވުމެވެ. ދައްޖާލީ މޫވްމަންޓަށް ހޭލުންތެރިވެ ހޭލުންތެރި ކުރުވާށެވެ! 

- ޤުރްއާން އެންޑް އިސްލާމް ޔޫޓިޔުބް ޗެނެލްގެ ދަރުސަކުން

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް