އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިދަރިންނަށް ކުނިމޫނު ދައްކައިގެންހުރެ ގެއިން ނުކުމެގެން ދިއުމުގެ ނުރައްކާތެރިކަން އެނގޭހެއްޔެވެ؟: މުފްތީ މެންކުގެ ދަރުސަކުން

އަނބިދަރިންނަށް ކުނިމޫނު ދައްކައިގެންހުރެ ގެއިން ނުކުމެގެން ދިއުމުގެ ނުރައްކާތެރިކަން އެނގޭހެއްޔެވެ؟: މުފްތީ މެންކުގެ ދަރުސަކުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 24 ސިކުންތު

ގެއިން ނުކުމެގެންދާއިރު ބައެއް މީހުން ދަނީ މޫނުކުނިކޮށްގެން ތިބެއެވެ. މޫނު މިކުނިކުރަނީ ކޮން ބައަކަށް ހެއްޔެވެ؟ އަމިއްލަ އަނބިދަރިންނަށެވެ. މައިންބަފައިންނަނަށެވެ. ޢާއިލާގެ މީހުންނަށެވެ. މިއީ ކުރެވޭ ކިހައި ނުބައި ޢަމަލެއް ހެއްޔެވެ؟ އެމީހުން އެތިބީ ދެރަވެފައެވެ. ކަންބޮޑުވެފައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނިކަން ވިސްނައިލަބަލާށެވެ! ގެއިން ނުކުމެ ބޭރުގައި އުޅެނިކޮށް މަރުވަނީ ކިތައް މީހުން ހެއްޔެވެ؟ ތިބާ މިބުނި ފަދައިން މޫނުކުނިކޮށްގެން ގެއިން ނުކުމެގެން ގޮސް އުޅެނިކޮށް މަރުވެއްޖެނަމަ ޢާއިލާގެ މީހުން ތިބާއާއިމެދު ދެކޭނީ ކޮންފަދައަކުން ހެއްޔެވެ؟ 

އެމީހުން ތިބާއަށް މާފުކޮށްފާނެއެވެ. ނަމަވެސް ތިބާގެ އެޢަމަލު ހިތުން ފުހެލުމަކީ އެހައި ފަސޭހަކަމަކަށް ނުވާނެއެވެ. ވީމާ ގެއިން ނުކުންނަންވާނީ ހިތްހެޔޮކަންމަތީގައެވެ. އެންމެންނަށް ހިނިތުންވެ ހުރެއެވެ. 

ގެއިން ނުކުންނަމުން ރައްކައުތެރިކަމަށް އެދި މިފަދަ ދުޢާތައްވެސް ކުރަންވާނެއެވެ! 

بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ 

عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ قَالَ يَعْنِي إِذَا خَرَجَ مِنْ بَيْتِهِ بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ يُقَالُ لَهُ كُفِيتَ وَوُقِيتَ وَتَنَحَّى عَنْهُ الشَّيْطَانُ

3426 سنن الترمذي كتاب الدعوات باب ما جاء ما يقول إذا خرج من بيته

3426 المحدث الترمذي خلاصة حكم المحدث حسن صحيح في سنن الترمذي 

Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said,

“Whoever says when he leaves his house, ‘In the name of Allah, I trust in Allah for there is no movement or might but in Allah,’ then it will be said to him that you have been sufficed and protected, and the devils will be far from him.”

Source: Sunan al-Tirmidhī 3426

Grade: Sahih (authentic) according to Al-Tirmidhi  

އެހެނީ ގެއިން ނުކުންނަންވާނީ ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލްކޮށްގެންހުރެ ކަމަށްވާތީއެވެ. އެއިގެ ތެރޭގައި ތިބާ އާއި އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ އެންމެންވެސް ހިމެނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް