އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާފަކުރެވުން ހުއްޓާލެވޭނެ އެންމެ ޔަޤީން ގޮތް-

ފާފަކުރެވުން ހުއްޓާލެވޭނެ އެންމެ ޔަޤީން ގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

އެންމެ ގިނައިން މީހުން ބުނާ އެއް ވާހަކައަކީ މިވެނި އެވެނި ފާފައެއް އޭނާއަށް ކުރެވޭ ކަމަށާއި ފާފަކުރެވުން ހުއްޓާލަން ބޭނުން ކަމަށެވެ. ނަމަވެސް ހުއްޓައި ނުލެވެނީ ކަމަށެވެ. އެފަދަ މީހުންގެ ގާތުގައި ބުންނައޮތީ ހަމަ އަބަދުވެސް މިބުނާ ވާހަކައެވެ. 

ފާފަކުރުން ހުއްޓާލަން ބޭނުންނަމަ އެކަމަށް އޮތް އެންމެ ޔަޤީން އެއް ފަރުވާއަކީ އެކަމަށް އެދިގެން މަސައްކަތްކުރަމުން، ފާފަކުރެވެން އުޅެވޭ ވަޤުތު މިކުރެވެނީ ފާފައެއް ކަމާއި މިކުރެވޭ ފާފަ ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާ ކަމާއި މަލާއިކަތުން ލިޔުއްވަވާކަން ހިތަށް ގެނައުމެވެ. 

މިސާލަކަށް ބައެއް މީހުންނަކީ ދޮގުބުނަން އާދަވެފައި ތިބޭ މީހުންނެވެ. އަނެއް ބައަކު ފާޙިޝް ކަންކަން ކުރަންވެސް އާދަވެފައި ތިބެދާނެއެވެ. މިހެން ބަލައިފިނަމަ އެކި މީހުންނަށް ކުރެވޭނީ އެކި ފާފަތަކެވެ. 

މިސާލަކަށް ބުނާނަމަ ކުރާ ދޮގުހުވާ މަލާއިކަތުން ތިމާގެ ފަތުގައި ލިޔުއްވަވާކަން ވިސްނައިލެވޭނަމަ ދޮގުހުވައެއް ނުކުރާނެއެވެ. ހަމަ މިފަދައިން އެމޭރުމުން ވިސްނައިލެވޭނަމަ އެހެން ފާފައެއްވެސް ނުކުރާނެއެވެ.  

މިވާހަކަ މިގޮތަށް ދެއްކޭލެއް ގިނަ ކަމުން ބައެއް މީހުން އަޑުއަހަން ފޫހިވެސްވެދާނެއެވެ. ނަމަވެސް ފޫހިވެގެން ދެކޮޅު ޖައްސާނީ ކިހިނެއްހެއްޔެވެ؟ އަހަރެމެން މަސައްކަތްމިކުރަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދާށެވެ. ސުވަރުގެ ވަނުމަށެވެ. މިމަޤްޞަދުތައް ޙާޞިލްކުރެވެންއޮތީ ފާފަކުރުން ހުއްޓާލެވިގެންނެވެ. 

ފާފަކުރަން ބޭނުންވާ މުސްލިމަކު ނުހުންނާނެއެވެ. ނަމަވެސް އިންސާނުން ކަމުގައިވާތީ ފާފަކުރެވެނީއެވެ. ވީމާ ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ ފާފަކުރުން ހުޓައިލެވުމެވެ. އަދި އެކަމަށް މަސައްކަތްކުރަނިކޮށްވެސް ފާފައެއް ކުރެވިއްޖެނަމަ ތައުވާވުމަށާއި ވިއްދައިގެން ހެޔޮ ޢަމަލެއް ކުރަން އަވަސްވެގަތުމެވެ. ޔާ ﷲ އަޅަމެން އެންމެންނަކީ އިނބަ ﷲ ސުވަރުގެ ދެއްވަވާ އަޅުން ކަމުގައި ލައްވަވާށި! އާމީން-

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް