އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒިނޭކުރުމުން ސަލާމަތްކޮށްދެއްވެވުން އެދި ދެމަފިރިން އެކަކު އަނެކަކަށް އަދި ދަރިންނަށާއި އެކުވެރިންނަށްޓަކައިވެސް މިދުޢާކުރާށެވެ!

ޒިނޭކުރުމުން ސަލާމަތްކޮށްދެއްވެވުން އެދި ދެމަފިރިން އެކަކު އަނެކަކަށް އަދި ދަރިންނަށާއި އެކުވެރިންނަށްޓަކައިވެސް މިދުޢާކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 51 ސިކުންތު

ޒިނޭކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެއްކަމާއި ކައިވެނިކޮށްފައިވާ މީހަކު ޒިނޭކޮށްފިނަމަ އޮތީ ރަޖުމްކުރުންކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އަދި ކީއްހެއްޔެވެ؟ އިންސާނީ ޠަބީޢަތަށް ބެލިނަމަވެސް ހެޔޮ ވިސްނޭ ހަމައެކަކުވެސް ޒިނޭ ކުރުމަށް ތާއީދެއް ނުކުރެއެވެ. އެކަން ޔަޤީންވަނީ  ޒިނޭކުރުމުގެ ހުއްދައަށް އެދި ރަސޫލް ގެ އަރިއަހަށް ދިއަ ޒުވާން ޞަޙާބީ ދެއްވެވި ޖަވާބުންނެވެ.  

އޭނާ ޒިނޭކުރަން ބޭނުންވާއިރު، އޭނާގެ މަންމަ، ބޮޑުދައިތަ އުޚުތަކުފަދަ އޭނާގެ ގާތް އެއްވެސް މީހަކު ޒިނޭކުރާކަށް އޭނާ އެއްބަހެއް ނުވެއެވެ. ނުރުހެއެވެ. ޒިނޭ ކުރުމުގެ ހުއްދައަށް އެދި އޭނާ އެވާހަކަ ދެންނެވުމުން އެތަނުގައި ތިއްބެވި ޞަޙާބީން އިންތިހާއަށް ކޯފާއިސްކުރެއްވެވިއެވެ. އެހެނަސް ރަސޫލް އޭނާ ގެންނަވައި ރިވެތި ގޮތުގައި މުޢާމަލާތު ކުރެއްވެވިއެވެ. އަދި އޭނާގެ ގައި އަތްޕުޅު ބީއްސަވައިގެން ހުންނަވައި އޭނާއަށްޓަކައި މިފަދައިން ދުޢާކުރެއްވެވިއެވެ.  

اللَّهُمَّ اغْفِرْ ذَنْبَهُ وَطَهِّرْ قَلْبَهُ وَحَصِّنْ فَرْجَهُ 

މިދުޢާގައި އެކުލެވިގެންވާ މާނައީ: "ޔާ ﷲ! އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! އޭނާގެ ހިތް ޠޯހިރުކުރައްވަވައިދެއްވަވާނދޭވެ! އޭނާގެ ޢިއްފަތްތެރިކަން ރައްކައުތެރިކުރައްވަވައި ދެއްވަވާނދޭވެ!"  

އެއިގެފަހުން ﷲ ތަޢާލާ ނަހީކުރެއްވެވި އެއްވެސް ކަމަކަށް އެޞަހާބީ އަރައެއް ނުގަނެއެވެ.  

ދެން އޮތީ މިޒަމާނުގައި އުޅޭ އަނބިދަރިންލައްވައި ޒިނޭކުރުވާ ނުބައި ނުލަފާކަން ހައްދުފަހަނައަޅާފައިވާ ދައްޔޫސުންގެ މަދު މީހަކު ފިޔަވައި ތިމާ ޒިނޭކޮށްއުޅޭ މީހުންނެވެ. އެއިން މީހަކުވެސް އެމީހެއްގެ އަނބިދަރިންނާއި ގާތް މީހުން ޒިނޭކުރާކަށް ނުރުހެއެވެ. އެކަމުން އެނގެނީ ޒިނޭކުރުމަކީ ނުބައިކަމެއްކަމަށް އެންމެންވެސް ޤަބޫލުކުރާކަމެވެ. 

ކޮންމެއަކަސް އަހުރެންގެ ނަޞޭޙަތަކީ ފާޙިޝް ކަންކަން މިހައި ބޮޑަށް ޢާންމުވެފައިވާ މިފަދަ ޒަމާނެއްގައި ގާތް މީހަކަށް ނުވަތަ އެކުވެރިއަކަށް އެފަދަ ނުބައި ޢަމަލެއް ކުރެވުނު ނަމަވެސް މި ބަޔާންކުރާ ޙަދީޘްފުޅުން އެނގެން އޮތްފަދައިން އޭނާއަށް ހެޔޮ ނަޞޭޙަތްދޭށެވެ. ވިސްނައިދޭން މަސައްކަތްކުރާށެވެ. އަދި ޙަދީޘްފުޅުގައިވާފަދައިން އޭނާއަށްޓަކައި ހެޔޮދުޢާކުރާށެވެ!  

އަހުރެން ބުނާނީ މިއަދު އަނބިން ފިރިންނަށްޓަކައި އަދި ފިރިން އަނބިންނަށްޓަކައިވެސް އަދި ދެމަފިރިން އެމީހުންގެ ދަރިންނަށްޓަކައިވެސް މިދުޢާކުރަމުން ގެންދިއުމަށެވެ. އެއީ ކޮންމެހެން އެމީހުން އެފަދަ ފާފައެއް ކުރާތީއެއް ނޫނެވެ. އެފަދަ ފާފައެއް ކުރުމަށް އިންސީންގެ ތެރޭގައި ހިމެނޭ ޝައިޠޯނުންނާއި ޝައިޠޯނުން ދޭނެ ވަސްވާސްތަކުން ސަލާމަތްކުރެއްވެވުން އެދިގެންނެވެ.  

ޙަދީޘް:  

عَنْ أَبِي أُمَامَةَ قَالَ إِنَّ فَتًى شَابًّا أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ يَا رَسُولَ اللَّهِ ائْذَنْ لِي بِالزِّنَا فَأَقْبَلَ الْقَوْمُ عَلَيْهِ فَزَجَرُوهُ قَالُوا مَهْ مَهْ فَقَالَ ادْنُهْ فَدَنَا مِنْهُ قَرِيبًا قَالَ فَجَلَسَ قَالَ أَتُحِبُّهُ لِأُمِّكَ قَالَ لَا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ قَالَ وَلَا النَّاسُ يُحِبُّونَهُ لِأُمَّهَاتِهِمْ قَالَ أَفَتُحِبُّهُ لِابْنَتِكَ قَالَ لَا وَاللَّهِ يَا رَسُولَ اللَّهِ جَعَلَنِي اللَّهُ فِدَاءَكَ قَالَ وَلَا النَّاسُ يُحِبُّونَهُ لِبَنَاتِهِمْ قَالَ أَفَتُحِبُّهُ لِأُخْتِكَ قَالَ لَا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ قَالَ وَلَا النَّاسُ يُحِبُّونَهُ لِأَخَوَاتِهِمْ قَالَ أَفَتُحِبُّهُ لِعَمَّتِكَ قَالَ لَا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ قَالَ وَلَا النَّاسُ يُحِبُّونَهُ لِعَمَّاتِهِمْ قَالَ أَفَتُحِبُّهُ لِخَالَتِكَ قَالَ لَا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ قَالَ وَلَا النَّاسُ يُحِبُّونَهُ لِخَالَاتِهِمْ فَوَضَعَ يَدَهُ عَلَيْهِ وَقَالَ

اللَّهُمَّ اغْفِرْ ذَنْبَهُ وَطَهِّرْ قَلْبَهُ وَحَصِّنْ فَرْجَهُ 

فَلَمْ يَكُنْ بَعْدُ ذَلِكَ الْفَتَى يَلْتَفِتُ إِلَى شَيْءٍ

وفي رواية أخرى فَقَالَ لَهُ

فَاكْرَهْ مَا كَرِهَ اللَّهُ وَأَحِبَّ لأَخِيكَ مَا تُحِبُّ لِنَفْسِكَ

21708 مسند أحمد باقي مسند الأنصار

22211 المحدث شعيب الأرناؤوط خلاصة حكم المحدث إسناده صحيح في تخريج المسند 

Abu Umamah reported: A young man came to the Prophet, peace and blessings be upon him, and he said, “O Messenger of Allah, give me permission to commit adultery.” The people turned to rebuke him, saying, “Quiet! Quiet!” The Prophet said, “Come here.” The young man came close and he told him to sit down. The Prophet said, “Would you like that for your mother?” The man said, “No, by Allah, may I be sacrificed for you.” The Prophet said, “Neither would people like it for their mothers. Would you like that for your daughter?” The man said, “No, by Allah, may I be sacrificed for you.” The Prophet said, “Neither would people like it for their daughters. Would you like that for your sister?” The man said, “No, by Allah, may I be sacrificed for you.” The Prophet said, “Neither would people like it for their sisters. Would you like that for your aunts?” The man said, “No, by Allah, may I be sacrificed for you.” The Prophet said, “Neither would people like it for their aunts.” Then, the Prophet placed his hand on him and he said, “O Allah, forgive his sins, purify his heart, and guard his chastity.” After that, the young man never again inclined to anything sinful.

In another narration, the Prophet said to him, “Then hate what Allah has hated, and love for your brother what you love for yourself.”

Source: Musnad Aḥmad 21708

Grade: Sahih (authentic) according to Al-Arna’ut

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން:

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް