އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމްތިޙާންތައް ފެށިގެން ކުރިއަށްދާއިރު ދުޢާކުރަމުތަ! މައިންބަފައިން ތިއަތިބީ ދެއަތް އުފުލޭނެ ޙާލަތުގަތަ؟

އިމްތިޙާންތައް ފެށިގެން ކުރިއަށްދާއިރު ދުޢާކުރަމުތަ! މައިންބަފައިން ތިއަތިބީ ދެއަތް އުފުލޭނެ ޙާލަތުގަތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

އިމްތިޙާންތައް ފެށިގެން ކުރިއަށްދާތީ ރަނގަޅު ނަތީޖާއަކަށް އެދި ކުރާނެ ދުޢާއަކަށް އެދިގެން ވަރަށް ގިނަ މީހުން ގުޅައެވެ. ދުޢާ އާއި އަދި ދުޢާކުރުމާއިމެދު ވިސްނާކަމަށްޓަކައި އުފާކުރަމެވެ. އެހެނަސް ބުނެލަން އޮތީ ދުޢާކުރުމުގެ ކުރިން ފުރަތަމަ ކަމަކަށް ދަރިން ލައްވައި ނަމާދުކުރުވާށެވެ! މައިންބަފައިންވެސް ނަމާދުކުރާށެވެ. 

ހަކަތަ ނުލިބި ކަރަންޓެއް ނުލިބޭނެއެވެ. ކަރަންޓް ނުލިބި ބޮތްކެއް ނުދިއްލޭނެއެވެ. ބޮކި ނުދިއްލި އަލިކަމެއް ނުލިބޭނެއެވެ. ބޭނުންވެގެން މިއުޅެނީ އަލިކަމެވެ. އެހެނަސް އެއަލިކަން ލިބެން އޮތީ މިކިޔައިދިން ފަދައިންކަމަށްވުމުން ފާހަގަކޮށްލީއެވެ. 

ވިސްނާށެވެ. މުޅި ޙަޔާތް ކުރިއަށް ގެންގޮސްދޭން ބޭނުންވާ ހަކަތަ ލިބުންވަނީ ނަމާދުންނެވެ. ނަމާދާއި ނުލައި ޙަޤީޤީ ކުރިއެރުމެއް ނުވެއެވެ. ޙަޤީޤީ ކާމިޔާބީއެއްވެސް ނުވެއެވެ. ދުޢާކުރަން ދެއަތް އުފުލަންވެސް ވާނީ ނަމާދުކުރަމުންނެވެ. 

އެހެނީ ނަމާދަކީ ތިބާ ދަރާފައިވާ ދަރަންޏެކެވެ. ދުނިޔަވީ މިސާލެއް ޖަހާނަމަ މީހަކަށް ދަރާފައިވާ ދަރަނި އަދާކުރެވެން އޮވެމެ އަދާނުކޮށްހުރެ ހަމަ އޭނާގެ ގާތުން އިތުރަށް ކަންކަމު އެދުމަކީ ރީތިކަމަކަށްވާނެ ހެއްޔެވެ؟ ތިބާގެ އަތުގައި ފައިސާހުރި މިންވަރާއި ތިބާގެ ހުރިހާ ކަންކަން އޭނާއަށް އެނގޭއިރުވެސްމެއެވެ. ދަރަނިއަދާކުރުމުގެ ޤާބިލުކަން ތިބާގެކިބައިގައި ހުރިކަން އޭނާއަށް އެނގޭއިރުވެސްމެއެވެ. 

ދެން ނިކަން ބުނެބަލާށެވެ! ތިބާ ހުރީ ގަދަވެ ސަލާމަތުންކަމާއި ނަމާދުކުރެވޭނެ ޙާލަތުގައިކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކަމަކުވެސް ތިބާ ނަމާދެއް ނުކުރެއެވެ. ކޮންމެ ދުވަހަކު ނަމާދުތަކަށް ދަރަނީއެވެ. ދަރަމުން ދަރަމުން ގޮސް ދުނިޔޭގެ އެންމެ އުސް ފަރުބަދައަށްވުރެ ބޮޑެތި އެތައް ފަރުބަދަތައްހައި ގިނަ ދަރަނީގެ ފުނިވަރުތައް އެބަހުއްޓެވެ. 

މިހިސާބުން ދެން ނިކަން ބުނެބަލާށެވެ! ތިބާ ހަމަ ކަމަކަށް ބޭނުންވާއިރަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެދެން ލަދުނުގަނޭހެއްޔެވެ؟ ގަންނާނެކަން ޔަޤީނެވެ. ވީމާ އަވަހަށް އިޞްލާޙްކޮށްލާށެވެ. ފުރަތަމަ ތިމާއަކީ ނަމާދުކުރާ މީހަކަށްވެގެންހުރެ ދަރިން ލައްވައިވެސް ނަމާދުކުރުވާށެވެ. އެއަށްފަހު ދުޢާކުރާށެވެ! 

ކޮށްލާނެ ދުޢާޢަކަށް އެދުނީމާ ތިއަ ކިޔަނީ ހާދަ އެއްޗެއްސެކޭ ބުނެފާނެއެވެ. ޖަވާބަކީ މުއްދަތުހަމަވެފައި އޮތް ކޭޝްކާޑެއް ދިނީމާ ފައިސާ ނުނެގޭނެ ފަދައިން ދުޢާއެއް ދިނަކަސް އަދި ކުރިޔަސް ފައިދާއެއް ނުކުރާނެއެވެ. ފައިދާކުރާނީ ދުޢާކުރަން ފުރިހަމަކުރަންޖެހޭ ޝަރުޠުތައް ފުރިހަމަކުރުމުންނެވެ. މިއަދު މިކިޔައިދިނީ ހަމަ އެންމެ ޝަރުޠެއްގެވާހަކައެވެ. އިރާދަކުރެއްވިއްޔާ އަދިވެސް ކިޔައދޭނަމެވެ.

ޢިލްމަށް އެދިގެންނާއި އިމްތިޙާންތަކުން ފާސްވުން އެދި މިފަދައިންވެސް ދުޢާކުރެވިދާނެއެވެ. އަދި އެމީހެއްގެ އަމިއްލަ ބަހުންވެސް ދުޢާކުރެވިދާނެއެވެ. މިޘާލަކަށް: "ޔާ ﷲ! މިއަޅާގެ ދަރިފުޅަށް އިމްތިޙާން ހަދަން ފަސޭހަކޮށްދެއްވަވާނދޭވެ!" މިދުޢާ ދަރިފުޅުކުރާނަމަ "ޔާ ﷲ! މިއަޅާއަށް އިމްތިޙާން ހަދަން ފަސޭހަކޮށްދެއްވަވާނދޭވެ!" މިފަދައިންނެވެ. 

އަހުރެން ކިޔެވި ދުވަސްވަރު އަބަދުވެސ ހުންނަނީ ﷲ ތަޢާލާގެ ޙަޟްރަތާއި ގުޅިގެންކަމަށްވާތީ ރަނގަޅު ނަތީޖާއެއް ދެއްވެވުން އެދި ދުޢާކަރަނީ އިމްތިޙާން ނިންމުމަށްފަހުގައެވެ. ފުރަތަމަ ދުޢާކުރަމުން ގެންދަނީ އިމްތިޙާން ހެދުން ފަސޭހަކޮށްދެއްވެވުން އެދިއެވެ. އެހެނަސް ދެބައި އެއްކޮށްގެންވެސް ދުއާކުރެވިދާނެއެވެ. މިޘާލަކަށް: 

"ޔާ ﷲ! މިއަޅާގެ ދަރިފުޅަށް އިމްތިޙާން ހަދަން ފަސޭހަކޮށްދެއްވަވާނދޭވެ! އަދި އިމްތިޙާނުން ދަރިފުޅަށް ރަނގަޅު ނަތީޖާއެއް ދެއްވަވާނދޭވެ."އާމީން މިފަދައިންވެސް ދުޢާކުރެވިދާނެއެވެ. 

سُبْحانَ مَنْ لا يَعْتَدي عَلى أهْلِ مَمْلَكَتِهِ سُبْحانَ مَنْ لا يَأخُذُ اَهْلَ الاَرْضِ بأَلْوانِالْعَذابِ

سُبْحانَ الرَّؤوُفِ الرَّحيمِ اَللّـهُمَّاْجَعلْ لي في قَلْبى نُوراً وَبَصَراً وَفَهْماً وَعِلْماً اِنَّكَ عَلى كُلِّ شَي قَديرٌ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު