އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެންގެ މަގުބޫލު "ބައިސްކޯފް" އެޕާއި ދިރާގު ގުޅިފަ

އެންމެންގެ މަގުބޫލު "ބައިސްކޯފް" އެޕާއި ދިރާގު ގުޅިފަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އެކިއެކި ބައިތައް ހިމަނައިގެން ރޭ ނެރުނު "ބައިސްކޯފް" އެޕްއާއި ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތްދޭ ކުންފުނި ކަމަށްވާ ދިރާގު ގުޅި ޕާޓްނާޝިޕް އިއުލާން ކޮށްފިއެވެ.

ބައިސްކޯފް އެޕަކީ އެފަދައިން ރާއްޖޭގައި ނެރުނު ފުރަތަމަ އެޕެވެ. ދިރާގު ހެޑް އޮފީހުގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ދިރާގުގެ މެނޭޖަރ ޕްރޮޑަކްޓް ޑިވެލޮޕްމެންޓް އެންޑް އިނޮވޭޝަން މުޙައްމަދު ފާހިރު ވިދާޅުވީ، ދިރާގަކީ މިފަދަ އާ އީޖާދުތަކަށް އަބަދުވެސް ހިތްވަރުދޭ ކުންފުންޏެއް ކަމަށެވެ.

"ދިރާގަކީ ޒުވާނުންގެ ހަރަކާތްތަކަށް އިސްކަންދޭ ކުންފުންޏެއް. ދިވެހި ޒުވާނުންތަކެއް އެކުލަވާލި މިކހަފަ އެޕެއް ވުޖޫދަށް އައުމުގައި ދިރާގުގެ ބައިވެރިވުން މުހިންމުކަމަށް ދެކެން" ފާހިރު ވިދާޅުވިއެވެ.

މުނިފޫހިފިލުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދިން އެޕްލިކޭޝަނެއް ކަމަށްވާ "ބައިސްކޯފް" ރޭ ދަރުބާރުގޭގައި ލޯންޗު ކޮށްދެއްވީ ބައިސްކޯފުގެ ސީއީއޯ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މައްލާ އަހުމަދު ނާސިރުގެ ދަރިކަލުން މުޙައްމަދު މިރުޝާދެވެ.

"ބައިސްކޯފު" އެޕްލިކޭޝަން ލޯންޗުކޮށްދެއްވުމަށްފަހު އެޚަފްލާގައި ވާހަކަ ދައްކަވަމުން މިރުޝާދު ވިދާޅުވީ އެއެޕްލިކޭޝަނަކީ ދިވެހިންނަށް ކަމުދާނެ ގޮތަށް ތައްޔާރު ކޮށްފައިވާ އެޕެއް ކަމަށެވެ.

ދިރާގަކީ ބައިސްކޯފް އެޕްލިކޭޝަންގެ ޕާޓްނަރ ކަމަށްވުމުން، ދިރާގު ކަސްޓަމަރުންނަށް ފުރަތަމަ ތިން މަހު މިއެޕް ހިލޭ ބޭނުން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ