އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފަންވެލިޝޮޕްތަކުން އޮރެންޖު އަގުހެޔޮކޮށްފި

އުފަންވެލިޝޮޕްތަކުން އޮރެންޖު އަގުހެޔޮކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

އުފަންވެލިޝޮޕްތަކުން އޮރެންޖުގެ އަގު އިތުރަށް ހެޔޮކޮށް ވިއްކަން ފަށައިފިއެވެ. 

ކުރިން 300 ރުފިޔާއަސް ވިއްކަމުން އައި 105 ކައުންޓުގެ އޮރެންޖު ކޭހެއް މިހާރު ވިއްކަނީ އެންމެ 275 ރުފިޔާއަށެވެ. 

އުފަންވެލިޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން މިއަގުގައި ވިއްކާނީ މިއަދުން ފެށިގެން ކުރިއަށް އޮތް 3 ދުވަހު ކަމަށެވެ. 

އުފަންވެލިޝޮޕްތަކުން ގެންދަނީ ކާބޯތަކެތީގެ ތަފާތު ބާވަތްތައް ހެޔޮއަގުތަކުގައި ވިއްކަމުންނެވެ. އެގޮތުން 4 ކިލޯގެ އަންނާރު ކޭހެއް ވިއްކަނީ އެންމެ 160 ރުފިޔާއަށެވެ. 

މީގެ އިތުރުން ކުކުޅުގެ ބާވަތްތަކުގެ ތެރެއިނ 450 ގްރާމްގެ 24 ތަށީގެ ކުކުޅު ކުރަނޑި ކޭހެއް ވިއްކަނީ އެންމެ 270 ރުފިޔާއަށެވެ. އެއިރުން ޓްރޭއެއް އެލިބެނީ އެންމެ އެގާރަރުފިޔާ ފަންސަވީސްލާރި ރުފިޔާއަށެވެ. 

700ގްރާމްގެ ޗިކަން ސްޓްރިޕްސް އާއި މިނީ ސްޓްރިޕްސްގެ 12 ޕެކެޓްގެ ކޭހެއް ވިއްކަނީ އެންމެ 550 ރުފިޔާއަށެވެ. އެއިރުން ޕެކެޓެއް އެލިބެނީ ސާޅީސް ފަސް ރުފިޔާ އަށްޑިހަ ތިންލާރީގެ ރޭޓުންނެވެ. 

މީގެ އިތުރުންވެސް ކާބޯތަކެތީގެ ތަފާތު ގިނަ ބާވަތްތައް އުފަންވެލި ޝޮޕްތަކުން ގެންދަނީ ވަރަށް ހެޔޮއަގުގައި ވިއްކަމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް