އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖެހިފައިވާ ބައްޔެއްގެ ސަބަބުން ކުޑަކުޑަ ހަރްޝަށް އޭނާގެ މަންމަ ފާހަގައެއް ނުކުރެވޭ!

ޖެހިފައިވާ ބައްޔެއްގެ ސަބަބުން ކުޑަކުޑަ ހަރްޝަށް އޭނާގެ މަންމަ ފާހަގައެއް ނުކުރެވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 21 ސިކުންތު

އަމިއްލަ ދަރިފުޅަށް އާއިލާގެ އެހެން މީހުން ހަނދާންވާއިރު، އެދަރިފުޅު ބަނޑުއަޅައި ވިހޭ މައިމީހާ ފާހަގަ ކުރަން ނޭނގުމަކީ، އެއްވެސް މަޔަކަށް ކެތްވާނެ ކަމެއް ނޫނެވެ. މިފަދަ ހިތްދަތި ވޭނެއް އިންޑިއާގެ މަޔަކު ދަނީ ތަހައްމަލު ކުރަމުންނެވެ.

 

"ތިން ދުވަސް މިވީ، އަހަރެންގެ ދަރިފުޅަށް އަހަރެން ފާހަގަ ކުރާކަށް ނޭނގޭ. އަހަރެން މުޅި ދުވަހު އޭނަ ކައިރީގައި ހޮސްޕިޓަލުގައި އިންނަން. އެކަމަކު އޭނާއާއި ވާހަކަ ދައްކަން ފަށާއިރަށް ހަމަނުޖެހޭ ވާހަކަތަކެއް އޭނާ ދައްކަން ފަށާ. އޭނާ ބުނާ ގޮތުން އޭނާ ވާހަކަ ދައްކަނީ އޭނާގެ ބައްޕައާއި ބޭބެއާ. އެމީހުން ހޮސްޕިޓަލުގެ އެކޮޓަރި ތެރޭގައި ތިބިކަމަށް އޭނާ ބުނޭ. އެކަމަކު ހަގީގަތުގައި އެމީހުން ތިބީ މަހަރާޝްތުރާގައި، އަހަރުމެންގެ ގޭގައި. އަހަރެންގެ ދަރިފުޅު ހަރްޝަށް އަހަރެން ގޮވާލިޔަސް އޭނާ އަހަންނާއި ދިމާލަށް ބަލަނީ ހައިރާން ކަމާއެކީ. އަހަންނަކީ އޭނާގެ މަންމަކަމެއް، ނުވަތަ ކާކު ކަމެއް ވެސް އޭނާއަކަށް ނޭނގޭ. އޭނާ ދެކޭ ގޮތުގައި އަހަންނަކީ އޭނާ 'ނުދަންނަ' މީހެއް. އެހެންވެ އަހަރެން ގޮވާލީމަ އޭނަ ބިރުގަނޭ. މިއީ އަހަރެންގެ ހިތައް ކެތް ކުރަން ވަރަށް އުނދަގޫ ކަމެއް" އުމުރުން އެންމެ ހަތް އަހަރުގެ ހަރްޝްގެ ބަލިހާލަތާމެދު ވާހަކަ ދައްކަމުން އޭނާގެ މަންމަ ސްވާތީ ބުނެފައިވެއެވެ.

 

ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ދަރިފުޅު ކައިރީގައި ސްވާތީ އިން އިރު، އޭނާ މިހާރު އެންމެ ބޮޑަށް ހަނދާންވަނީ، ބަލިހާލަތު ގޯސްވުމުގެ ކުރިން ހަރްޝް ދެއްކި ވާހަކަތައް ކަމަށް ސްވާތީ ބުންޏެވެ. ހަރްޝް ބަލިވެގެން ބެންގަލޫރުގެ އެހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި އޮންނަތާ މިހާރު ތިން ވަރަކަށް މަސް ވެދާނެއެވެ.

 

ދަރިފުޅުގެ ސިކުނޑިއަށް އެބަލީގެ ސަބަބުން އަސަރު ކުރުމުގެ ކުރިން، އޭނާއަށް މީރު ކާއެއްޗެއް ދިނުމަށް ރޮއެ އާދޭސް ކުރިކަމަށް ސްވާތީ ބުންޏެވެ. އެއިރު ހަރްޝަށް ކާން ދެވެނީ ވަކި އެއްޗެއްސެވެ. އެހެންކަމުން، ހަރްޝް ރަނގަޅު ވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އޭނާއަށް މީރު ހުރިހާ އެއްޗެއް ވެސް ކެވޭނެކަމަށް ބުނެ ދަރިފުޅު މަސަލަސް ކުރި ކަމަށް ސްވާތީ ބުނެފައިވެއެވެ.

 

ނަމަވެސް ހަރްޝް ގެ ބަލިހާލަތުވީ ގޯހެވެ. ހަރްޝަށް ތެލެސީމިއާ ޖެހިފައިވާކަން އެންމެ ތުއްތު އިރުން ފެށިގެން ވެސް ވަނީ ހާމަވެފައެވެ. އެބަލީގެ ސަބަބުން ކޮންމެ މަހަކު އޭނާގެ ގަޔަށް ލޭ އަޅަން ޖެހެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި ރެޑް ބްލަޑް ސެލް އެވަރަށް ނުއުފައްދައެވެ.

 

ސްވާތީ ބުނިގޮތުގައި، އެންމެ ތުއްތު އިރުން ފެށިގެން ހަރްޝް ވެސް ބޮޑުވަމުން އައީ ހަމަ އެހެން ކުދިންނެކޭ އެއްފަދައިން ކަމަށެވެ. އެހެން ކުދިން ފަދައިން ދުވެ ކުޅެ އުޅުން ކަމަށާއި، ކިޔަވަން ވެސް ހަރްޝް މޮޅުކަން ސްވާތީ ފާހަގަ ކުރިއެވެ.

މިއަހަރުގެ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު ހަރްޝްގެ ބޯން މެރޯ ޓްރާންސްޕްލާންޓެއް ހެދިއެވެ. ކޮންމެ މަހަކު ލޭ އަޅަން ޖެހުމުގެ ވޭނުން ދަރިފުޅު ސަލާމަތްވާނެ ކަމުގެ އުންމީދު ސްވާތީ އާއި އޭނާގެ ފިރިމީހާ ސަންދީޕަށް އޮތެވެ. ނަމަވެސް ފަހުން ދިމާވީ އެއަށްވުރެ ހިތްދަތި ގޮތެކެވެ. ބޯން މެރޯ ޓްރާންސްޕްލާންޓުގެ ސަބަބުން އޭނާގެ ހަށިގަނޑުގައި ވަނީ އިންފެކްޝަން އުފެދިފައެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ. އޭނާގެ ފަރުވާއަށް ގިނަ ދުވަސްތަކެއް ވަންދެން އެހޮސްޕިޓަލުގައި ވަނީ އޮންނަން ޖެހިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ