އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފަންވެލި ޝޮޕްތަކުން ކުކުޅާ، ކުކުޅުގެ ގިނަ ބާވަތްތަކާ އޮރެންޖާ އާފަލާ މޭބިސްކަދުރު ޚާއްޞަ އަގުތަކެއްގަ ވިއްކަން ފަށައިފި

އުފަންވެލި ޝޮޕްތަކުން ކުކުޅާ، ކުކުޅުގެ ގިނަ ބާވަތްތަކާ އޮރެންޖާ އާފަލާ މޭބިސްކަދުރު ޚާއްޞަ އަގުތަކެއްގަ ވިއްކަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

އުފަންވެލި ޝޮޕްތަކުން ކުކުޅާ، ކުކުޅުގެ ގިނަ ބާވަތްތަކާ އޮރެންޖާއި އާފަލާ މޭބިސްކަދުރާ ކުކިންގ އޮއިލްހަން ޚާއްޞަ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. 

މިގޮތުން މާދަމާއިން ފެށިގެން 10 ކިލޯގެ ކުކުޅު ކޭހެއް 380 ރުފިޔާއަށް ވިއްކާނެއެވެ. 450 ގްރާމްގެ ކުކުޅު މޭ ޕެކެޓެއް ވިއްކާނީ އެންމެ 10 ރުފިޔާއަށެވެ. ކޭހެއް އެންމެ 250 ރުފިޔާއަށެވެ. މީގެ އިތުރުންވެސް ކުކުޅުގެ ގިނަ ބާވަތްތަކެއްގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. 

އޮރެންޖެއް ވިއްކާނީ ދެރުފިޔާ ފަންސާސްލާރިއަށެވެ. 105 ކައުންޓްގެ ކޭހެއް 250 ރުފިޔާއަށް ވިއްކާނެއެވެ. ކްރިމްސަން މޭބިސްކަދުރުކިލޯއެއް އެންމެ 40 ރުފިޔާއަށް ވިއްކާނެއިރު ކޭހެއް ވިއްކާނީ 180 ރުފިޔާއަށެވެ. ރެޑްގްލޯބް މޭބިސްކަދުރުކިލޯއެއް އެންމެ 70 ރުފިޔާއަށް ވިއްކާނެއިރު ކޭހެއް ވިއްކާނީ އެންމެ 200 ރުފިޔާއަށެވެ. 

އާފަލުގެ ވައްތަރުތައް 4 ރުފިޔާއަށާއި 5 ރުފިޔާއަށް ވިއްކާނެއިރު ކޭހެއް ވިއްކާނީ 500 ރުފިޔާ އަދި 550 ރުފިޔާއަށެވެ. 

މީގެ އިތުރުން ކުކިންގ އޮއިލް ހަމެއްވެސް 375 ރުފިޔާއަށް ވިއްކާނެއެވެ. 

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފައިވަނީ މިއަގުތަކުގައި ވިއްކާނީ މާދަމާއިން ފެށިގެން ކުރިއަށް 3 ދުވަހު ނުވަތަ ސްޓޮކް ހުސްވަންދެން ކަމަށެވެ. "ބާޒާރުގަ އަގުތައް އުފުލޭކަމުގެ ޝަކުވާ ކަސްޓަމަރުން ކުރަމުން ގެންދާތީ އަޅުގަނޑޫމެން މަސައްކަތްކުރަމުން މިގެންދަނީ އެއިރަކު އަގުހެޔޮކުރެވެން ހުންނަ ބާވަތްތައް ވީހައި ހެޔޮއަގުގައި ވިއްކައި ކަސްޓަމަރުންގެ ޖީބުތަކަށް ލުއިކޮށްދޭން."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް