އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެންޏަށްފަހު ގިނަބައަކަށް ކުރެވޭ އެންމެ ބޮޑު އެއް ފާފަ-

ކައިވެންޏަށްފަހު ގިނަބައަކަށް ކުރެވޭ އެންމެ ބޮޑު އެއް ފާފަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 2 ސިކުންތު

މުސްލިމުންނަކީ ސާފުޠޯހިރުކަންމަތީގައި ކައިވެނިކުރަންޖެހޭ ބައެކެވެ. ސާފުޠޯހިރުކަންމަތީގައި ކަމަށް މިބުނަނީ ފެންވަރައި ރީތިވެ ނަލަހެދުމުގެ ވާހަކައެއް ނޫނެވެ. ފާހަގަމިކުރަނީ ދެމީހުންނަކީވެސް ބިކުރުވެރިކަންމަތީގައި ތިބެންޖެހޭނެ ބައެއް ކަމެވެ. ކައިވެނިކުރުމުން ހުއްދަވާ ކަންކަން އެއްވެސް މީހަކާއިއެކު ނުކޮށް ތިބެންޖެހޭ ބައެއް ކަމެވެ. ޢިއްފަތްތެރިކަންމަތީގައި ތިބެންޖެހޭނެ ބައެއް ކަމެވެ.

ނަމަވެސް މިޒަމާނުގައި ކަންކަމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ގިނަ ބައަކަށް ކައިވެނިކުރެވެނީ ލޯބީގެ ގޮތުން ގިނަ ބައަކާއި ގުޅި، އެގުޅުމުގެ ތެރެއިން ގިނަ ފާފަތަކެއް ކުރެވުމަށްފަހުގައެވެ. މިއީ ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް ކަންކަން ހިނގަމުން އަންނަ ގޮތެވެ. ވީމާ މިކަންކަމުގެ ވާހަކަ ނުދައްކައި ތިބެވޭކަށް މިހާރަކު ނެތެވެ. 

ކޮންމެއަކަސް ކައިވެންޏަށްފަހުގައި ދެމީހުންނަށްވެސް ކުރެވޭ އެންމެ ބޮޑު އެއް ފާފައަކީ ކައިވެނީގެ ކުރިން ކުރެވިފައިވާ ފާފަތަކުގެ ވާހަކަ އަނެކާއަށް ކިޔައިދެވުމެވެ. އެއީ ބޮޑުވެގެންވާ ޙަރާމްކަމެކެވެ. އެކަން ހިމެނޭނީ އެމީހަކަށް އެފާފައެއް ކުރެވުމުން ﷲ ތަޢާލާ ސިއްރުކޮށްދެއްވަވާފައި ވަނިކޮށް އަމިއްލައަށް ބޭޒާރުކުރުމުގެ ތެރެއިންނެވެ. ކުރެވިފައިވާ ފާފަތަކުގެ ވާހަކަ އެހެން މީހުންނަށް ކިޔައިދިނުން ރަސޫލް ވަނީ ވަރަށް ބޮޑަށް މަނާކުރައްވަވައިފައެވެ. 

Narrated Abu Huraira:

I heard Allah's Messenger () saying. "All the sins of my followers will be forgiven except those of the Mujahirin (those who commit a sin openly or disclose their sins to the people). An example of such disclosure is that a person commits a sin at night and though Allah screens it from the public, then he comes in the morning, and says, 'O so-and-so, I did such-and-such (evil) deed yesterday,' though he spent his night screened by his Lord (none knowing about his sin) and in the morning he removes Allah's screen from himself." 

Reference

 : Sahih al-Bukhari 6069

In-book reference

 : Book 78, Hadith 99

މި ޙަދީޘްފުޅުން އެނގިގެންދަނީ އެމީހަކަށް ކުރެވުނު ނުވަތަ ކުރެވިފައިފާ ފާފައެއްގެ ވާހަކަ އެހެން މީހުންގެ ގާތުގައި ދެއްކުމުން އެމީހާ ވެގެންދާނީ 'މުޖާހިރިން" އަކު ކަމުގައެވެ. އަދި އެމީހާގެ ފާފަ ފުއްސަވައި ނުދެއްވަވައިފާނެކަމެވެ. ޙަދީޘްފުޅުގައި އެއޮތީ "މުޖާހިރިން" ފިޔަވައި މިއުންމަތުގެ އެންމެންގެ ފާފަތައް ފުއްސަވައިދެއްވަވައި ދެއްވަވާނެ ކަމަށެވެ. 

ކޮންމެއަކަސް ކައިވެނިކުރުމަށްފަހު ތިމާގެ ތެދުވެރިކަން ބައިވެރިޔާއަށް ދެއްކުމަށްޓަކައިވެސް ކުރިން ކުރިން ކުރެވިފައިވާ ފާފަތަކުގެ ވާހަކަތައް އެބަ ކިޔައިދެވެއެވެ. އެއީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. ފާފައެއް ކުރެވުމުން އޮތީ ތައުބާވުމެވެ. އެއްވެސް މީހެއްގެ ގާތުގައި ދެއްކުމެއް ނެތެވެ. 

ހަމައެއާއިއެކު ކައިވެންޏަށްފަހުގައިވެސް ކައިވެނީގެކުރިންވެސް ކައިވެނީގެކުރިން އަނެކާއަށް ކުރެވިފައިވަނީ ކޮންފާފައެއްތޯ ސުވާލުކޮށްގެންވެސް ނުވާނެއެވެ. އެހެނީ އެއިރުން އެކަންވާނީ ފާޑެއްގެ މަޖުބޫރަކަށެވެ. ފައުޅުކޮށްފިނަމަ ފާފަވެރިވާނެއެވެ. ސިއްރުކޮށްފިނަމަ ވާނީ ކުރެވުނު ފާފަ ބޭޒާރުކުރި މީހަކަށެވެ. 

މަސައްކަތްކުރަންވީ ކައިވެނީގެ ކުރިންވެސް ކައިވެނީގެފަހުންވެސް ތިމާގެ ޢަމަލުތައް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ބެހެއްޓުމަށެވެ. އަބަދުވެސް ހުންނަންވީ ތައުބާވުންމަތީގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް