އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުގެ "ސަޅި އަށާވީސް ޑޭސް" އެޑް-އޮންއާއެކު ކޮންމެ ދުވަހަކު 4 ޖީބީ ޑޭޓާ!

ދިރާގުގެ "ސަޅި އަށާވީސް ޑޭސް" އެޑް-އޮންއާއެކު ކޮންމެ ދުވަހަކު 4 ޖީބީ ޑޭޓާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ދިރާގުގެ 'ސަޅި 28 ޑޭސް' އެޑް-އޮންއާއެކު ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް 4ޖީބީ ޑެއިލީ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނެފައިވަނީ  މި އެޑް-އޮން އެންމެ 595 ރުފިޔާއަށް ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޖުމްލަ 112ޖީބީ 28 ދުވަހުގެ މުއްދަތަކަށް ލިބެގެންދާނެ ކަމަށެވެ.

'ސަޅި 28 ޑޭސް' އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް  https://bit.ly/Dhiraagu-App   ނުވަތަ 343 އަށް ‘S3GB28’ ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެންވެސް އެކްޓިވޭޓްކޮށްލެވޭނެއެވެ.  

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭންއިން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ. (އިތުރު މައުލޫމާތު:  https://bit.ly/3xpM4WP )

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް އެކުންފުނިން ވަނީ ބުނެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު