އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިދަރިންނަށް އަނިޔާވެރިވާންވެސް މުއްދަތަކަށް ދޫކުރައްވަވައިފާނެތެވެ! ނަމަވެސް އެމީހަކު ހިއްޕަވާނެތެވެ! ހިއްޕެވުމުން ސަލާމަތެއް ނުވެވޭނެތެވެ!

އަނބިދަރިންނަށް އަނިޔާވެރިވާންވެސް މުއްދަތަކަށް ދޫކުރައްވަވައިފާނެތެވެ! ނަމަވެސް އެމީހަކު ހިއްޕަވާނެތެވެ! ހިއްޕެވުމުން ސަލާމަތެއް ނުވެވޭނެތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

އަނިޔާވެރިވުމަކީ މީހުންނަށްކުރާ ޖިސްމާނީ އަނިޔާއެއް ނޫނެވެ. މީހުންގެ ލޭކޮށާލައި ގިނަވަންތައް ބިންދައި ހެދުމެއް ނޫނެވެ. މީހުންގެ ޙައްޤުތަކަށް އަރައިގަތުމަކީވެސް އަނިޔާއެއް ފަދައިން މީސްތަކުންނަށް ދޭންޖެހޭ ޙައްޤުތައް ނުދީ ހިފެހެއްޓުމަކީވެސް ދެވޭ އަނިޔާއެކެވެ. 

އެގޮތުން އަނބިދަރިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރުމަކީ ދެވޭ އަނިޔާއެކެވެ. (އެއިގެ ތެރޭގައި ޚަރަދު ނުކުރުމުގެ އިތުރުން ޚަރަދުދިން ނަމަވެސް ދޭންޖެހޭ ލޯތްބާއި އަޅައިލުން ނުދިނުމަކީވެސް ދެވޭ އަނިޔާއެކެވެ.) 

ޙދިޘްފުޅެއްގައި ވަނީ އަނިޔާވެރިވާ މީހާ މީސްތަކުންނަށް އަނިޔާވެރިވެ އެކަންކުރުމުގައި ހުންނަން މުއްދަތު ދެއްވަވާ ކަމަށާއި އެ މުއްދަތު ހަމަވުމުން ﷲ ތަޢާލާ އޭނާ ހިއްޕަވާނެ ކަމަށެވެ. އަދި ﷲ ތަޢާލާ އޭނާ ހިއްޕެވުމުން އޭނާއަށް ސަލާމަތްވެވޭނެ އެއްވެސް މަގެއް ނުއޮންނާނެއެވެ. 

(ވީމާ ވިސްނައިލަންވީ އަނބިދަރިންނަށް އަނިޔާވެރިވުންމަތީގައި މީހަކަސް ދުވަސްތަކެއް ފާއިތުކުރެވިދާނެ ކަމާއި ނަމަވެސް އެކަމަށް ﷲ ތަޢާލާ ނިމުމެއް ގެންނަވާނެ ކަމެވެ. އަނިޔާކުރާ މީހާ ދެރަނިކަމެތިކުރައްވަވާނެ ކަމެވެ. އޭނާއަށް މުޞީބާތްތައް ކުރިމަތިކުރައްވަވާނެ ކަމެވެ. ބިރުވެތިވާންވީ އެކަންކަން ކުރިމަތިކުރެއްވެވުމުން އެކަންކަމުން އޭނާއަށް ސަލާމަތް ނުވެވޭނެތީއެވެ.) 

ބިދޭސީން ނުވަތަ އެނޫން މީހުން ލައްވައި މަސައްކަތްކުރުވާފައި ދޭންޖެހޭ އުޖޫރަ ނުދީ ލަސްކުރުމަކީ ވެސް އަނިޔާއެކެވެ. އެއްގޮތަކަށް ނުދިނުމަކީ ވަކިން ބޮޑު އަނިޔާއެކެވެ.

 

- މަޢުލޫމާތު: ޝައިޚް އިބްރާހީމް ރާފިޢުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް