އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުކުރާއިރު ލޯމަރައިގެން ހުރުމާ ލޯހުޅުވައިގެން ހުރުމާއިމެދު ދެނެގަންނަންޖެހޭ ބައެއް ކަންކަން!

ނަމާދުކުރާއިރު ލޯމަރައިގެން ހުރުމާ ލޯހުޅުވައިގެން ހުރުމާއިމެދު ދެނެގަންނަންޖެހޭ ބައެއް ކަންކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

އަލްއިމާމް އިބްނު ބާޒު رحمه الله ވިދާޅުވިއެވެ. "ލޯ މަރައިގެން ހުރެ ނަމާދު ކުރުމަކީ، ޢިލްމުވެރިންގެ އަރިހުގައި މަކްރޫހަ ވެގެންވާ ކަމެކެވެ. އެހެނެއްކަމަކު އޭނާގެ ނަމާދު ޞައްޙަ ވާނެއެވެ." 

التغميض في الصلاة مكروه وليس من السنة، السنة أن يفتح عينيه وينظر ولا حرج، لكن يطرحها في موضع سجوده يكون بصره إلى موضع سجوده حتى يخشع، هذا هو السنة، أما التغميض فلا يشرع بل هو مكروه، بل قال بعض أهل العلم: إنه من عمل اليهود . نعم.
المقدم: جزاكم الله خيرًا  

ބައެއް ބޭކަލުން ދެކެލައްވާ ގޮތުގައި ލޯމެރުމަކީ ޚުޝޫޢަތްތެރިކަން އިތުރުކޮށްދޭ ކަމެއްނަމަ، ނަމާދުގައި ލޯމެރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބޮޑަށް ރަނގަޅު ގޮތެއް ކަމުގައި ބެލެވެނީ ނަމާދުގައި ލޯމަރައިގެން ނުހުރުމެވެ. 

ބައެއް ބޭކަލުން ވިދާޅުވެފައިވާ ގޮތުގައި ލޯ މެރުމަކީ ޔަހޫދީން ކުރާކަމެކެވެ. 

ނަމާދުކުރާ މީހާ ބެލުން ސުންނަތްވެގެންވަނީ ސަޖިދަ ޖަހާ ތަނަށެވެ. ކިރިތި ރަސޫލާ صلى الله عليه وسلم ނަމާދު ކުރައްވާހިނދު، ސަޖިދަ ޖައްސަވާ ތަނަށް ބައްލަވަން ހުންނަވާކަމުގައި ރިވާވެގެންވެއެވެ. 

والله أعلم 

- ޝައިޚް ޙަސަން މޫސާ ފިކުރީ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް