އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑެތި ތަކްލީފްތަކާއެކު 9 މަހު ބަނޑުގަ އުފުލައިގެން ލިބުނު ލޯބިލޯބި ދަރިފުޅަށް މަންމަގެ ސަބބަބުން ބައްޔެއް ޖެހި މަރުވާތަން ދެކެން ކެތްކުރެވޭނެތަ؟: ބިލާލް އައްސަދު

ބޮޑެތި ތަކްލީފްތަކާއެކު 9 މަހު ބަނޑުގަ އުފުލައިގެން ލިބުނު ލޯބިލޯބި ދަރިފުޅަށް މަންމަގެ ސަބބަބުން ބައްޔެއް ޖެހި މަރުވާތަން ދެކެން ކެތްކުރެވޭނެތަ؟: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 42 ސިކުންތު

އަހަރެންގެ ވާހަކަ މިފަށަނީ ސުވާލަކީ ސުވާލަކުންނެވެ. މިއަދުގެ ސައިންސްވެރިން އެބަ ބުނެއެވެ. "ޖިންސީ ގުޅުން ހިންގުމުން އަރާ ބަލިތައް ޖެހުން ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ ގުޅިގެން އުޅޭ އެކަކާއިއެކު ގުޅުން ހިންގުމެވެ." ނިކަން ބުނެބަލާށެވެ! މީގެ 1400 އަހަރުކުރިން ބާވައިލެއްވެވި ޤުރްއާނުގައި މިވާހަކަ ނެތްހެއްޔެވެ؟ 

ހަމައެކަނި ތަފާތަކީ "ގުޅިގެން އުޅޭ އެކަކު" ކަމަށް އޮތުމުގެ ބަދަލުގައި "ކައިވެނިނުކޮށް ގުޅުން ނުހިންގަން" އޮތުން ނޫނެ ހެއްޔެވެ؟ 

ދުނިޔޭގައި ގޮތް ނޭނގޭ ބޮޑެތި ބަލިތައް ގިނަވާނެ ކަމާއި ފެތުރިގެންދާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަދި އެބަލިތައް ފެތުރޭ ސަބަބުވެސް ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ޖަހަންވީ ވެކްސިންވެސް ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ވީމާ އެވެކްސިން ނުޖަހައި އިންސާނުން އުފައްދާ ވެކްސިން ޖަހައިގެން ސަލާމަތެއް ނުވެވޭނެއެވެ. 

ދުނިޔޭގައި ފެތުރެމުން މިދާ ބޮޑެތި ބަލިތައް ފެތުރޭ ވައިރަސްއަކީ ފާޙިޝް އަމަލުތައް ކުރުން ގިނަވުމެވެ. އެބަލިތައް ފެތުރޭ ސަބަބަކީ އެކަންކުރާތީ ﷲ ތަޢާލާ ލައްވަވާ ކޯފާއެވެ. ﷲ ތަޢާލާ ޢާންމުވެގެންވާ ކޯފާއެއް ފޮނުއްވެވުމުން ހަލާކުވެގެންދާނީ ހަމައެކަނި ފާފަކުރާ މީހުންނެއް ނޫނެވެ. އެންމެންނެވެ. އެކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

މި ނުބައި ވައިރަސް އާއި ދެކޮޅަށް ޖަހަން އޮތް ވެކްސިނަކީ މުންކަރާތްތަކަށް އަރައި ނުގަތުމެވެ. ފާޙިޝް ޢަމަލުތައް ނުކުރުމެވެ. އިންސާނުން އުފައްދާ ވެކްސިނަކުން ސަލާމަތްނުވެވޭނެ ކަމަށް މިބުނަނީ އެހެންވެގެންނެވެ. 

ވިސްނައިލާށެވެ. ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް ޖެހުމުން ޙަޔާތުގެ ބައިވެރިޔާއަށާއި ބަލިވެ އިނދެއްޖެނަމަ ދަރިފުޅަށްވެސް އެބަލި އެބަ ޖެހެއެވެ. ވީމާ ކުރެވޭ ފާފަތައް ސިއްރުކުރަން އޮތް ނަމަވެސް މިބާވަތުގެ ބައްޔެއް ޖެހިއްޖެނަމަ ރަނގަޅު ގޮތަކީ ބައިވެރިޔާ ގާތުގައިވެސް އޭނާއަށްވެސް ފަރުވާ ހޯދުމެވެ. 

ކައިވެނި ރޫޅިދާނެ ކަމުގެ ބިރަށް ނުބުނެ ހުރިހާ ދުވަހަކު އެބަލިން ތިމާއަށްވެސް ސަލާމަތެއް ނުވެވޭނެއެވެ. ތިމާއަށް ބޭސްކުރިޔަސް ބައިވެރިޔާއަށް ބޭސްނުކުރާނަމަ އެނބުރި އަނެއްކާވެސް ތިމާގެ ގައަށް އަރާނެއެވެ. މިއީ ކޮންފަދަ ބޮޑު ނުރައްކައުތެރިކަމެއް ހެއްޔެވެ؟ 

ހަމަ އެފަދައިން ބައެއް ބަލިތައް ޖެހިފައިވާކަން އެނގެނީ ބަލި ޖެހޭތާ އެތައް ދުވަހެއް ފަހުންނެވެ. ބަލިޖެހިފައިވާކަން ނުއެނގުިހުރެ ބަލިވެ އިނދެއްޖެނަމަ ލިބޭނެ ދަރިފުޅުގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެފަދަ ބަލިކުއްޖެއްގެ ގޮތުގައި ދަރިފުޅު އުފަންވެއްޖެނަމަ ހިތާމަ ނުކުރާނަން ހެއްޔެވެ؟ ތިމާއަށް ލިބުނު ލޯބިލޯބި ދަރިފުޅަށް ތިމާގެ ސަބަބުން ބޮޑު ބައްޔެއް ޖެހި އެބަލީގައި މަރުވަންޖެހުމަށްވުރެ ބޮޑު ހިތާމައެއް އެކަކަށްވެސް ލިބޭނެ ހެއްޔެވެ؟ އެތަން ބަލަން ކެތް ކުރެވޭނެ ހެއްޔެވެ؟ 

މިފަދަ ހުރިހާ މައްސަލަތަކަށް އޮތް ވެކްސިނަކީ ﷲ ތަޢާލާ އަންގަވާފައިވާ މަގުގައި ދުނިޔޭގައި އުޅެން މަސައްކަތްކުރުމެވެ. ފާޙިޝް ޢަމަލުތައް ނުކުރުމެވެ. ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ނުހިންގުމެވެ. ޖިންސީ ގުޅުން ހިންގަން ބޭނުންވާނަމަ ފުރަތަމަވެސް ކައިވެނިކޮށްގެން ދެމީހުން އެކުގައި ލޯބިން ވަފާތެރިކަމާއިއެކު ދިރިއުޅެން މަސައްކަތްކުރުމެވެ. 

ވީމާ މިދެއްކި ވާހަކަތަކަށް ވިސްނާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! މުސްލިމުންނަށް ކޮނަމެ ކަމެއްގައިވެސް އޮތީ އެކަމެއްކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އެކަމެއް ކުރުމެވެ. ކިޔަމަންތެރިކަން އަދާކުރުމެވެ. ކާމިޔާބު ލިބުންވަނީ އެއިރުންނެވެ. އިން ޝާ ﷲ 

- ބިލާލް އައްސަދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް