އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅިގެން އޮންލައިން މައުލޫމާތު ސެޝަނެއް ބާއްވަނީ!

ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅިގެން އޮންލައިން މައުލޫމާތު ސެޝަނެއް ބާއްވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ފާހަގަކުރާ، ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅިގެން ހާޢްސަ އޮންލައިން މައުލޫމާތު ސެޝަނެއް ބާއްވަން ނިންމައިފިއެވެ.

ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ބާއްވާ މި ސެޝަންގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލެވިގެންދާނީ، ކެންސަރާއި ގުޅުންހުރި ދަރިމައިވުމުގެ މައްސަލަތަކާއި، ފާޓިލިޓީ ޕްރިސަވޭޝަންގެ މައްޗަށެވެ.

މި ސެޝަންގައި ބައިވެރިންނަށް މައުލޫމާތު ދިނުމަށްޓަކައި ބައިވެރިވެޑައިގަންނަވާނީ އިންޑިއާގެ މިލާން ފަރޓިލިޓީ ހޮސްޕިޓަލް ގެ ކޮންސަލްޓަންޓް ރިޕްރޮޑަކްޓިވް މެޑިސިން އެންޑް ހައިރިސްކް އޮބްސްޓްރެޓިޝަން ޑރ.ޝިލްޕާ އެއްލޫރް އަދި އިންޑިއާގެ އެޗް.ސީ.ގީ ކެންސަރ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ގައިނިކް އޮންކޮލޮޖީ އެންޑް ރޮބޮޓިކް އެންޑް ލެޕްރޮޕްސްކޮޕިކް ސާޖަން ޑރ.އަބިލާޝާ ނަރާޔަން އެވެ.

ފާޓިލިޓީ ސްޕެޝަލިސްޓެއްގެ ގޮތުގައި ޑރ.ޝިލްޕާ މަސައްކަތްކުރައްވާތާ 13 އަހަރަށްވުރެ ގިނަވެފައިވާއިރު، އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ޕީސީއޯއެސް، ރިކަރަންޓް އިމްޕްލާންޓޭޝަން ފެއިލިއާ، ރިކަރަންޓް މިސްކެރީޖް އަދި ފިރިހެނުންގެ ދަރިމައިވުމުގެ މައްސަލަތަކާއި ގުޅޭ ކަންކަމަށް ޑރ. ޝިލްޕާ ހާއްސަކޮށް ބައްލަވައެވެ.

މި ދާއިރާގައި 12 އަހަރުގެ ތަޖުރިބާ ހާސިލްކޮށްފައިވާ ޑރ. އަބިލާޝާ ހާއްސަވެފައިވަނީ، ގައިނެކް އޮންކޮލޮޖީ އާއި ސާރވިކަލް ކެންސާ އަދި އޯވޭރިއަން ކެންސާގެ ސާޖަރީތަކަށެވެ.

ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ރޭ 2100 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސެޝަންގައި ރަޖިސްޓްރީވުމަށް މިހާރުވަނީ ހުޅުވާލާފައެވެ. ސެޝަންގައި ބައިވެރިވެޑައިގަންނަވާ ފަރާތްތަކަށް ޑޮކްޓަރުންނާއި ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު