އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުންގެ ނުބައިކަން އިބިލީހަށްވުރެ މާބޮޑެވެ!: ޑރ. ޔާސިރު ޤާޟީ

ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުންގެ ނުބައިކަން އިބިލީހަށްވުރެ މާބޮޑެވެ!: ޑރ. ޔާސިރު ޤާޟީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

މީސްތކުންގެ ތަކައްބުރުކަމާ ޖައްބާރުކަން ބޮޑުވަމުން ގޮސް އެމެރިކާއަށް ބަލައިފިނަމަ 30 އިންސައްތަ މީހުންނަކީ ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުންނެވެ. ނޯވޭގައި 75 އިންސައްތަ މީހުން ކަލަކު ވޮޑިގެންވާކަން ޤަބޫލެއް ނުކުރެއެވެ. އެކި ޤައުމުތަކުގައި ނިޞްބަތް ތަފާތުވީ ނަމަވެސް ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުން އެންމެ ގިނައީ މިހާރުއެވެ. 

(އެހެންކަމަށްވާއިރު ކަންބޮޑުވާންވީ މޫސުމަށް އަންނަ ބަދަލުތަކާއި ޤުދްރަތީ ކާރިސާތައް ކުރިމަތިވެ ލިބޭ ގެއްލުން ބޮޑުވެ ގިނަ ބައަކު މަރުވާތީއެއް ނޫނެއް ނޫން ހެއްޔެވެ؟ ކަންބޮޑުވާންވީ އެކަންކަން ކުރިމަތިކުރައްވަވާލެއް މަދުވެގެން ނޫން ހެއްޔެވެ؟) 

އެމީހުންގެ (ﷲ ތައާލާ ވޮޑިގެންވާ ޤަބޫލުނުކުރާ މީހުންގެ) ނުބައިކަން އިބިލީހަށްވުރެ މާބޮޑެވެ. އެހެނީ އިބިލީސްވެސް ކަލަކު ވޮޑިގެންވާކަން ޤަބޫލުކުރެއެވެ. ހަމައެކަނި ﷲ ތަޢާލާގެ އަމުރުފުޅަކަށް ނުކިޔަމަންތެރިވެ ގޮތްދޫނުކުރީއެވެ. އެއީ ކިބުރުވެރިކަމާއި ބޮޑާކަން ބޮޑުވުމުންނެވެ. 

ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުން އެމީހުންގެ ބޮޑާކަމާއި ތަކައްބުރުކަން ބޮޑުވެގެންގޮސް ކަލަކު ވޮޑިގެންވާކަން ޤަބޫލު ނުކުރީމާ އެއޮތީ އެމީހުންނަކީ ޝައިޠޯނާއަށްވުރެވެސް މާ ނުބައިކަން ބޮޑު ބައެއްކަން ޔަޤީންކުރެވިފައެވެ. 

އެމީހުން ކުރަނީ ސުވާލުތަކެކެވެ. ދީލަތިވަންތަ ކަމާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނަމަ އަހުރެންގެ މިވެނި މީހަކު ކެންސަރުބަލީގައި މަރުވީ ކީއްވެގެން ހެއްޔެވެ؟ ޤުދްރަތީ ކާރިސާތައް ކުރިމަތިވަނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި ބޮޑެތި މައްސަލަތައް މިހައި ގިނަވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ 

މިހައި ގިނަ ބައަކު ބޮޑެތި ބަލިތަކުގައި މަރުވަމުން ދަނީ ކީއްވެގެން ހެއްޔެވެ؟ ހަނގުރާމަތަކާއި ޤަތުލް ޢާންމުތަކުގައި މިހައި ގިނަ ބައަކު މަރާލެވެމުންދަނީ ކީއްވެގެން ހެއްޔެވެ؟ އަދި އަހަރެމެން ދެކެ އެހައިބޮޑަށް ލޯބިވެވޮޑިގަންނަވާ ކަލަކު ވޮޑިގެންވާނަމަ މީސްތަކުންނަށް މިހައި ދަތިޙާލުގައި އުޅެން މިޖެހެނީ ކީއްވެގެން" ކަމާއިމެދު ސުވާލުނުއުފައްދާ ޒަމާނެއް ނުދެއެވެ. 

މިއީ ﷲ ތަޢާލާ ބާވައިލެއްވެވި ހުރިހާ ދީންތަކަކުންވެސް ޖަވާބުލިބޭ ސުވާލުތަކެކެވެ. ހުރިހާ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުން މެދުވެރިކުރައްވަވައި ﷲ މީސްތަކުންނަށް ޖަވާބު އުނގަންނަވައި ދެއްވަވާފައިވާ ސުވާލުތަކެކެވެ.  

އެއްގޮތަކީ މީސްތކުންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ އިޚްތިޔާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމެވެ. އަނެއް ގޮތަކީ އިމްތިޙާންތައް ކުރިމަތި ކުރެއްވެވުމެވެ. އަދި ތިން ވަނަ ގޮތަކީ އެބައެއްގެ ޢަމަލުތައް ނުބައިވެ ހައްދުފަހަމައަޅައިދިއުމުން ﷲ ތައާލާ ފޮނުއްވަވާ ކޯފާއެވެ.  

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް