އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސްކިތުން ނިކުތުމުގައި ކަންތައް ކުރަން ޖެހޭ ގޮތާ ނުކުންނައިރު ކިޔުމަށް ސުންނަތުގައި ޘާބިތުވާ ދުޢާ-

މިސްކިތުން ނިކުތުމުގައި ކަންތައް ކުރަން ޖެހޭ ގޮތާ ނުކުންނައިރު ކިޔުމަށް ސުންނަތުގައި ޘާބިތުވާ ދުޢާ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

ނަމާދުކޮށް އަވަދިވެގެން މިސްކިތުން ފައިބަމުން ކޮޅަށްތެދުވެ ކުރިއަށް ފިޔަވަޅެއް ނުވަތަ ދެފިޔަވަޅުވިޔަސް ކުރިއަށްގޮސް ފަހަތަށް އެނބުރި ނުކުމެގެންދިއުމާއި ގުޅޭގޮތުން ސައްޙަ ޙަދީޘެއްއޮވޭތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:  

ނަމާދުން އަވަދިވެގެން މިސްކިތުން ނިކުތުމުގެ ކުރިން ކުޑަކޮށް ކުރިއަށް ޖެހިލާފައި ނިކުތުމާއި ބެހޭގޮތުން ބުނަން އޮތީ އެކަމަކީ ސުންނަތުން ޘާބިތުވާ ކަމެއް ނޫން ކަމަށެވެ. 

މިސްކިތުން ނިކުތުމުގައި ކަންތައް ކުރަން ޖެހޭ ގޮތަކީ ވައަތުފައި އިސްކޮށްފައި ނިކުތުމެވެ. އަދި މިސްކިތުން ނިކުންނަ އިރު ކިޔުމަށް ސުންނަތުގައި ޘާބިތުވާ ދުޢާ ކިޔުމެވެ.  

އެދުޢާ އަކީ:

(بِسمِ الله وَالصّلاةُ وَالسّلامُ عَلى رَسولِ الله، اللّهُـمَّ إِنّـي أَسْأَلُكَ مِـنْ فَضْـلِك، اللّهُـمَّ اعصِمْنـي مِنَ الشَّيْـطانِ الرَّجـيم ).

މާނައަކީ: "ﷲ ގެ އިސްމުފުޅުން ފަށަމެވެ. ނަބިއްޔާ އަށް ޞަލަވާތާއި ސަލާމް ލައްވާފާންދޭވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. އިބަ އިލާހުގެ ފަޟްލުވަންތަ ކަމަށް މިއަޅާ އެދެމެވެ. އަދި ލަޢުނަތްލެއްވިގެންވާ ޝައިޠާނާގެ ކިބައިން މި އަޅާ ސަލާމަތް ކޮށްދެއްވާ ފާންދޭވެ". والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް