އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލަންކާގެ ޕާލަމެންޓް އުވާލަން ރައީސް ސިރިސޭނާ ނިންމި ނިންމުން ސްޕްރީމް ކޯޓުން ބާޠިލުކޮށްފި - އަދި އުއްތަމަ ފަނޑިޔާރު ހައްޔަރެއް ނުކުރޭ!

ލަންކާގެ ޕާލަމެންޓް އުވާލަން ރައީސް ސިރިސޭނާ ނިންމި ނިންމުން ސްޕްރީމް ކޯޓުން ބާޠިލުކޮށްފި - އަދި އުއްތަމަ ފަނޑިޔާރު ހައްޔަރެއް ނުކުރޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ލަންކާގެ ސްޕްރީމް ކޯޓުން މިއަދު ވަނީ ރައީސް ސިރިސޭނާ އެޤައުމުގެ ޕާލަމެންޓް އުވާލަން ނިންމި ނިންމުން ބާޠިލުކޮށްފައެވެ. ސްޕްރީމް ކޯޓުގެ މި ނިންމުމާއި ގުޅިގެން މަޖިލީހުގެ ބައްދަލުވުންތައް މާދަމާ ފަށަން ވަނީ ހަމަޖެހިފައެވެ.  

 

އެކަމާއި ގުޅިގެން އަދި މިހައިތަނަށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންގެ ބެންޗްގައި ހިމެނޭ ފަނޑިޔާރުން ހައްޔަރުކޮށްފައެއް ނުވެއެވެ. ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިއަ ވަގުތު ސިފައިންގެ ޚާޞަ ކޮމާންޑޯއިން ވަނީ ސަރަހައްދުގެ ސެކިޔުރިޓީ ބަލަހައްޓައި ސްޕްރީމް ކޯޓު ހިމާޔަތްކޮށްފައެވެ. ފުރާޅުން ޓިނު ނަގައިގެން ވަނުން ފަދަ ކަމެއްވެސް ނުކުރެއެވެ. އަދި މިކަމާއި ގުޅިގެން ކުއްލި ހާލަތުވެސް މިހައިތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ.

 

ރައީސް ޔާމީން ވިދާޅުވީ ކުއްލި ޙާލަތު ރާއްޖޭގައި ހިންގެވީ 2 ފަނޑިޔާރުން ހައްޔަރުކުރައްވާނެ އިތުރު ގޮތެއް ނެތުމުން ކަމަށެވެ. އަދި އެކަންކަން ކުރެއްވީ އެމަނިކުފާނުގެ ސަރުކާރު ހިންގަވަން ސްޕްރީމް ކޯޓުގެ ޙުކުމުން ދަތިފުޅުވާތީ ކަމަށެވެ.

 

ލަންކާގެ ސްޕްރީމް ކޯޓުގެ ޙުކުމާއި ގުޅިގެން ރައީސް ސިރިސޭނާއަކަށް ވެސް ވެރިކަން ހިންގަވަން ފަސޭހަފުޅެއް ނުވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް