އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫގެ އަހަރީ އާންމު ޖަލްސާ 8 މާރިޗު ގައި ބާއްވަނީ

އުރީދޫގެ އަހަރީ އާންމު ޖަލްސާ 8 މާރިޗު ގައި ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 38 ސިކުންތު

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ 8 މާރިޗު 2023 ވާ ބުދަ ދުވަހުގެ ރޭގަނޑު 8:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫ އިން ބުނެފައިވަނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރ ވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށެވެ.

"ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ 120 ހިއްސާދާރުންނަށް ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މީގެ އިތުރުން، އޮންލައިންކޮށް ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެއެވެ. ކްރޮސްރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް، އެ މަޢުލޫމާތު އަޅުގަނޑުމެން 7 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން، އަންގާނެ ވާހަކަ ދެންނެވީމެވެ."

ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތައް: ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވޭނީ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލް އިން.

އޮންލައިންކޮށް ބައިވެރިވާ ފަރާތްތައް: ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވޭނީ  މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 6 މާރިޗު 2023 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓަރ ކުރާ ފަރާތްތަކަށް އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ޖަލްސާގެ އެޖެންޑާގެ ގޮތުގައި ހިމެނިފައިވަނީ:

އެޖެންޑާ އައިޓަމް 1:    ކީރިތި ޤުރުއާން

އެޖެންޑާ އައިޓަމް 2:    ޗެއަރޕާސަން، މިސް ފާތިމާ ސުލްތާން އަލް-ކުވާރީގެ ވާހަކަފުޅު ދެއްކެވުން.

އެޖެންޑާ އައިޓަމް 3:   7 މާރިޗު 2022 ވީ ހޯމަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

އެޖެންޑާ އައިޓަމް 4:   މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ޚާލިދު ޙަސަން އެމް އޭ އަލް-ހަމާދީ ގެ ވާހަކަފުޅު ދެއްކެވުން.

އެޖެންޑާ އައިޓަމް 5:   2022 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން.

އެޖެންޑާ އައިޓަމް 6:   2022 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން.

އެޖެންޑާ އައިޓަމް 7:   2023 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން.

އެޖެންޑާ އައިޓަމް 8:   2022 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން.

އެޖެންޑާ އައިޓަމް 9:    ހިއްސާދާރުންގެ މަޝްވަރާކުރުން.

އެޖެންޑާ އައިޓަމް 10:   ޖަލްސާ ނިންމުން.

 

އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު http://www.ooredoo.mv/investors/ އިން ލިބިވަޑައިގަންނަވާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރަޖިސްޓަރވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެއެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 (އެކެއް) ވޯޓު ލިބޭނެއެވެ.

މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހެޅުން އެދެމެވެ. އަދި، ހުށަހަޅާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުންނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށަހެޅުން އެދެމެވެ. ރަޖިސްޓަރ ކުރުމަށް އެމް.އެސް.ޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv/ މެދުވެރިކޮށް  ނުވަތަ ފޯމު ހުށަހަޅައިގެން ރަޖިސްޓަރ ކުރެވޭނެއެވެ. ފޯމުތައް ފުރުމަށްފަހު 6 މާރިޗު 2023 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގެ ކުރިން [email protected] އަށް އީލެމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ އުރީދޫ މޯލްޑިވްސް އޮފީސް، 6 ވަނަ ފަންގިފިލާ، ހ. ސަލްލީޓް، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ، އަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.

ކްރޮސް ރޯސްޑްސް މޯލްޑިވްސްއަށް ހާޒިރުވެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން (ޕްރީ-ރެޖިސްޓަރ ކޮށްފައިވާ ފަރާތްތައްވެސް) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (8 މާރިޗު 2023 ވާ ބުދަ ދުވަހުގެ) ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ކްރޮސް ރޯޑްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ރަޖިސްޓަރ ކުރުން އެދެމެވެ. ރެޖިސްޓަރ ކުރަން ހާޒިރުވާއިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިފައިގެން ހާޒިރުވުން އެދެމެވެ. ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިނުވެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މާލެއިން ކްރޮސް ރޯޑްސް މޯލްޑިވްސްއަށް ދަތުރުތައް ހަމަޖެހިފައިވާ ގަޑިތަކަކީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު (8 މާރިޗު 2023 ވާ ބުދަ ދުވަހު)ގެ ރޭގަނޑު 7:15 އަދި 7:30 ގައެވެ. ދަތުރު ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ. ދަތުރުފަތުރުގެ އިންތިޒާމަކީ ކުރީންސުރެ ހަމަޖައްސާފައިވާ ކަމެއްކަމުގައިވާތީ، ޝެޑިއުލް ކުރެވިފައިވާ ގަޑިތަކުގެ އިތުރުން އެހެން ދަތުރުތައް ހަމަޖައްސައި ދެވެން ދަތިވާނެ ވާހަކަވެސް އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވެމެވެ.

މި އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (8 މާރިޗު 2023 ވާ ބުދަ ދުވަހުގެ) ރޭގަނޑު 8.15 އާއި 8.30 އާ ދެމެދު، ލިބިފައިވާ ލޮގިން މަޢުލޫމާތު ބޭނުންކޮށް، ފަހިވޯޓު ސިސްޓަމަށް ލޮގިން ކުރުން އެދެމެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު