އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ކަލަރ ރަން އާގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

އުރީދޫ ކަލަރ ރަން އާގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 40 ސިކުންތު

އުރީދޫ ކަލަރ ރަން އާގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

މިއީ މި ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ އުރީދޫ ކަލާ ރަންގެ ޗެރިޓީ ޕާޓްނަރއަކަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ (އެމްޓީއެސް)ހަމަޖައްސައިފައިވާތީ، އެ ޕަރޓްނަރޝިޕްގެ ދަށުން ބޭއްވި ހަރަކާތެކެވެ.

ތެލެސީމިއާ ސެންޓަރގައި ބޭއްވި ލޭ ހަދިޔާ ކުރުމުގެ ކޭމްޕުގެ މަޤުޞަދަކީ ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ލޭ ހޯދުމާއި އާދަކޮށް ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ޑޭޓާބޭސްއަށް އިތުރު ބައިވެރިން ހޯދައި، ތެލެސީމިއާ އާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި ކޭޕްމާއިބެހޭގޮތުން އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ "އަޅުގަނޑުމެންގެ ޗެރިޓީ ޕާޓްނަރުންގެ މަސައްކަތްތައް ހިއްސާކޮށް، އެބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ކަލަރ ރަންގެ ޕްލެޓްފޯމް ބޭނުންކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ހަމެއެހެންމެ، އަޅުގަނޑުމެންގެ ޗެރިޓީޕާޓްނާއަށް ކަލާ ރަން އިން ލިބޭ މާލީ ފައިދާއިން ބައެއް ހަދިޔާ ކުރެވިގެންދާނެ. ކުޑަ ޓީމަކާއެކު ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ، މިއަހަރުގެ ކަލަރ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނަރއަށްވުމަކީ އަޅުގަނޑުމެން ނުހަނު ފަހުރުވެރިވާ ކަމެއް." ކަމަށެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އަކީ، ތެލެސީމިއާ ޕޭޝަންޓުންގެ ޢާއިލާތަކުން އިސްނަގައިގެން، 1994ވަނަ އަހަރު އުފައްދާފައިވާ އެންޖީއޯ އެކެވެ. އެޖަމިއްޔާގެ އަމާޒަކީ ރާއްޖޭގެ ތެލެސީމިއާ ޕޭޝަންޓުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުކޮށް، ތެލެސީމިއާ ކޮމިއުނިޓީއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ތެލެސީމިއާއަކީ ބެލެނިވެރިންގެ ފަރާތުން ވާރުތަވާ ލޭގެ ޑިސްއޯޑަރ އެކެވެ. އެ ބަލީގެ ސަބަބުން ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ ކަމުގައިވާ ހީމޯގުލޯބިން ނުވަތަ އެޗް.ބީ ފުރިހަމައަށް އުފައްދައެއް ނުދެއެވެ. ޤަވާޢިދުން ފަރުވާ ނުލިބޭ ހާލަތެއްގައި، ތެލެސީމިއާ އަކީ ފުރާނައަށް ނުރައްކާތެރިވާ ބައްޔެކެވެ. އަދި ތެލެސީމިއާ ޕޭޝަންޓުން ދިރިހުރުމަށް ޓަކައި، މަހުން މަހަށް ނުވަތަ ކޮންމެ ހަފްތާއަކު ލޭއަޅައި، އެކަމުގެ ސަބަބުން ދިމާވާ އެހެނިހެން މައްސަލަތަކަށް ތަކުރާރުކޮށް ފަރުވާދޭން ޖެހެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް