އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު
އަޅުގަނޑުގެ އެންމެ އެކުވެރިޔާ ވަރަށް އާދައިގެ ބައްޔަކަށް ފަރުވާކުރާތާ އަހަރަކަސްވުރެ ގިނަވެއްޖެއެވެ. ރަނގަޅުވެލައެވެ. އެކަމަކު އަލުން ހަމަ އެޙާލަތަށް ދަނީއެވެ. ޑޮކްޓަރުންނަކަށް އެކަމުގެ ސަބަބެއް ނުހޯދުނެވެ. މިފަދަ ޙާލަތުގައި ދެން ކުރަން އެންމެ ރަނގަޅު ކަމަކީ ކޮބައިތޯއެވެ؟"
ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާގެ ސުވާލަށް ރަނގަޅު ޖަވާބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ.
އަހަރެންނަކީ މެޑިކަލް ޑޮކްޓަރަކީމެވެ. ގިނަ ބައަކު ފަރުވާ ހޯދަން އަހަރެންގެ ގާތަށް އައުދެއެވެ. އަހަރެންނަށް އެނގިހުރި ޢިލްމެއްގެ މައްޗަށް ބުރަވެ އެންމެންނަށްވެސް ފަރުވާދެނީ އެންމެ ރަނގަޅަކަށެވެ. ކުރަންޖެހޭ ޓެސްޓްތައްކޮށް އެބައްޔަކަށް އެންމެ ރަނގަޅު ފަރުވާއެކެވެ.
އެހެނަސް ބައެއް މީހުންނަށް ޝިފާ ނުލިބި ގިނަ ދުވަސްވެއެވެ. އިތުރަށް ގޯސްވެސްވެއެވެ. އަހަރެމެންނަށް ދެވޭނީ ފަރުވާއެވެ. ޝިފާ ދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ވީމާ އެޙާލަތުގައި އަހަރެމެންނަށް ކުރެވޭނެ އިތުރުކަމެއް ނުއޮވެއެވެ.
ނަމަވެސް އަހަރެންގެ ތައުޖުރިބާއިން ކަމެއް ހިއްޞާކޮށްލާނަމެވެ. ޝިފާ ނުލިބި ލަސްވުން އަދި އިތުރަށް ގޯސްވުން ފަދަ ކަންކަމާއި ގުޅިގެން އަހަރެން އެފަދަ މީހުންނަށް ނަޞޭޙަތްތެރިވަމެވެ. "މީހެއްގެ ޙައްޤެއް އަދާނުކޮށް އޮތްނަމަ އެކަން ކުރުމަށެވެ. އެއްވެސް މީހަކަށް ދެރައެއްދީ ގެއްލުމެއް ދެވިފައިވާނަމަ މާފަށްއެދި ހިތްހަލާލް ހޯދުމަށެވެ. އަދި އެއްވެސް މީހަކަށް ސިހުރުހަދައި، އެސްފީނާލުން ނުވަތަ މީހަކާއިމެދު ހަސަދަލައިގެން އުޅޭނަމަ ތައުބާވެ އެމީހެއްގެ ކިބައިން މާފަށް އެދުމަށެވެ. މީގެ އިތުރުން ފާފަކުރުމުން ދުރުހެލިވެ ތައުބާވުން ގނަކުރުމަށެވެ."
އެކަންކުރުމުން އެއިގެ ތެރެއިން ވަރަށް ގިނަބައަކަށް ލުއިލިބެންފަށައެވެ. ޝިފާވެސް ލިބެއެވެ.
އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. މިފަދަ ޙާލަތު ކުރިމަތިވާ މީހުންގެ ތެރޭގައި މީހުންނަށް ސިހުރު ހައްދުވާ މީހުންނާއި އެސްފީނާލައި މީސްތަކުންނާއިމެދު ހިތުގައި ހަސަދަލައިގެން އުޅޭ މީހުން ވަރަށްގިނަކަން ވެސް ފާހަގަކުރެވެއެވެ. އަދި ބޮޑެތި ފާފަތައް ކުރަމުން ގެންދާ މީހުންވެސް ހިމެނެއެވެ.
މިފަދަ ނުބައި ކަންކަން ކުރާނަމަ އެކަމެއް އެމީހުންނާއި އަރައިހަމަކުރާނެއެވެ. ކޮންވަގުތަކު ކޮންސިފައެއްގައި ކަމެއް ނުއެނގޭނެއެވެ. އެފަދަ ކަންކަންކޮށްފައިވުމުން ބަލިން ޝިފާ ލިބުމަށް ހުރަސްއެލޭ ޙާލަތުގައި އެމީހުންގެ ޓެސްޓްތަކަކުން އެފަދަ ކަމެއް އެމީހާކުރިކަމެއް ނުއެނގޭނެއެވެ. ވީމާ ޓެސްޓްތަކުން އެއްވެސް މައްސަލައެއް ނުފެންނާނެއެވެ.
އަހުރެންގެ ނަޞޭޙަތަކީ އިސްލާމްދީނުގައި ނަހީ ކުރައްވަވާފައިވާ ހުރިހާ ކަމަކުންވެސް ދުރުހެލިވެ ހުރުމެވެ. ތިމާއަކީ ކުރާ ދުޢާ ޢިޖާބަކުރައްވަވާނެ މީހަކު ކަމުގައިވުމެވެ. ﷲ ތަޢާލާ ރަޙްމަތް ލައްވަވާނީ އެއިރުންނެވެ.
--ޑރ. އަންވަރު ޙުސައިން / ކަރާޗީ، ޕާކިސްތާން
Advertisement
19 މާޗް 2023