އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އިމެއް ނެތި އަންހެނުންނަށް ޚަރަދުކޮށް އުފާޙާޞިލްކުރަމުންދިއަ ތަނަވަސް މީހަކަށް ނޫނެކޭ ބުނެ އޭނާގެ ދިރިއުޅުން އިޞްލާޙްކުރުވި ފަޤީރު އަންހެންކުއްޖެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: އިމެއް ނެތި އަންހެނުންނަށް ޚަރަދުކޮށް އުފާޙާޞިލްކުރަމުންދިއަ ތަނަވަސް މީހަކަށް ނޫނެކޭ ބުނެ އޭނާގެ ދިރިއުޅުން އިޞްލާޙްކުރުވި ފަޤީރު އަންހެންކުއްޖެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

އެއީ އަޅުގަނޑުގެ ޒުވާން ޢުމުރެވެ. އަޅުގަނޑަށް ދިރިއުޅެވެމުން އައީ ރަނގަޅަކަށް ނޫނެވެ. ލިބިފައިވާ ތަނަވަސްކަން އަންހެން ކުދިންނަށް ހޭދަކުރަމުން އައީ ވިސްނައިލުމެއް ނެތިއެވެ. އަޅުގަނޑަށް އަނހެންކުދިން ހޯދައިދޭ އެޖެންޓުންވެސް ތިބެއެވެ. އެމީހުންގެ މަސައްކަތަށްވެސް އަގުދެމެވެ.  

އެއްރެއަކު ގެއަށް ގެނެވުނު އަންހެންކުއްޖެކެވެ. ފައިސާ ދިނުމުން ނުހިފިއެވެ. ބުނީ އޭނާއަކީ ހަށި ވިއްކާނެ އަންހެނެއް ނޫންކަމަށެވެ. އޭނާގެ މައިންބަފައިން އޭނާ ބަލައި ބޮޑުކޮށްފައިވަނީ ޙަލާލުތަކެތި ކާންދީގެން ކަމަށެވެ. ދަސްކޮށްދީފައިވަނީ ޢިއްފަތްތެރިކަމާއިއެކު ދިރިއުޅެން ކަމަށެވެ. އެހެންކަމުން ކައިވެނީގެ ބޭރުން އެއްވެސް މީހަކާ އެއްވެސް ގުޅުމެއް ނުހިންގާނެ ކަމަށެވެ.  

އޭނާގެ ކުރިމަތީގައި ހިތްފުރޭވަރަށް ފައިސާ ބެހެއްޓީމެވެ. ދިނީ ހަމަ އެއް ޖަވާބެކެވެ. އެއީ އަޅުގަނޑުގެ ކުރިމަތީގައި އަނހެނަކު އެގޮތަށް ދެކޮޅު ހެދި ފުރަތަމަ ފަހަރުކަމަށްވުމުން ވަރަށް ޙައިރާންވެސް ވިއެވެ.  

އެހިސާބުން އެގޮތަށް ވާހަކަދެއްކުން ހުއްޓާލާފައި އޭނާ އާއި ގުޅުމެއް އުފެއްދޭތޯ ވާހަކަދައްކަން ފެށީމެވެ. އެކަން ކާމިޔާބުވިއެވެ. ފޯނުނަމްބަރުވެސް ދިނެވެ. ދާން އުޅެން ފެށުމުން ހަދިޔާއަކަށް ފައިސާކޮޅެއް ދިނުމުންވެސް ނުހިފިއެވެ. އޭނާ ބުނީ އޭނާއަކީ ފަޤީރެއް ކަމަށާއި ނަމަވެސް ފައިސާ ބޭނުމީ ޙަލާލު ގޮތުގައި ކަމަށެވެ.  

ކޮންމެއަކަސް އެރޭގެ ފަހުން އަންހެން ކުދިން ހޯދުމުގެ ޝައުޤުވެރިކަން ގެއްލިއްޖެއެވެ. އެކުއްޖާގެ ހުރި ހަރުދަނާ ކަމަށް ވިސްނެން ފަށައިފިއެވެ. އެފަދަ ހަރުދަނާކަންހުރި އަންތބަކު ލިބިގެން ނޫނީ ދިރިނުއުޅެވޭނެކަމާއިމެދު ވިސްނެން ފަށައިފިއެވެ. ކުރިން މިއުޅެވުނީ ވަރަށް ގޯސްކޮށްކަން ޤަބޫލުކުރެވި ހިތާމަ ކުރެވެން ފަށައިފިއެވެ.  

ތައުބާވީމެވެ. އުޅުން އިޞްލާޙްކޮށް މުޅިން އެހެން މީހަކަށް ބަދަލުވީމެވެ. އެއަނހެންކުއްޖާގެ ފަހަތުން މުގޯލިއަޅަމުން ދިއައިމެވެ. ކައިވެނިކުރެވޭނެ ޙާލަތަކަށް ދިއައީ 2 އަހަރު ދުވަހު ވަރަށް ގިނަ މަސައްކަތްކޮށްގެންނެވެ.  

ކޮންމެއަކަސް ކައިވެނިކޮށް ކައިވެނީގައި މިހާރު 8 އަހަރުވެއްޖެއެވެ. ބައްދަލުވި ކުދިންނަށް ބަލާއިރު އަނބިމީހާ އަކީ ބައްދަލުވި ކުދިންގެ ތެރެއިން އެހައި ރީތިވެސް ކުއްޖެއް ނޫނެވެ. ނަމަވެސް ބުނަން ޖެހެނީ އަންތބެއްގެ ގޮތުން ހަމަ ޖަވާހިރެއް ކަމަށެވެ. އެކަމުގެ ސަބަބުން ކައިވެންޏަށްފަހު ވިޔަފާރިއަށްވެސް ވަނީ ބޮޑުކުރިއެރުމެއް ލިބިފައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން އޮތީ އަޅުގަނޑުގެ ޙަޔާތުން ޢިބްރަތް ޙާޞިލްކުރުމަށެވެ. އަޅުގަނޑަށް ކުރިން އުޅެވުނު ފަދަ ދިރިއުޅުމެއް އުޅެވޭ މީހުންވެސް އަވަހަށް އިޞްލާޙްވުމަށެވެ. ހަމަޤައިމުވެސް ދެން ދުވަހަކުވެސް އެފަދަ ދިރިއުޅުމެއް އަޅުގަނޑެއް ނުއުޅޭނަމެވެ.  

- މަންޞޫރު / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު