އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިރޯދަމަސް ތަފާތުކޮށްލަން ކޮންމެ މަންމައަކާއި ބައްޕައަކުވެސް މިމަގުން ޢަމަލުކޮށް ދަރިންނަށް ލިބޭ ކުރިއެރުން ތަޖުރިބާކޮށްލަމާ!

މިރޯދަމަސް ތަފާތުކޮށްލަން ކޮންމެ މަންމައަކާއި ބައްޕައަކުވެސް މިމަގުން ޢަމަލުކޮށް ދަރިންނަށް ލިބޭ ކުރިއެރުން ތަޖުރިބާކޮށްލަމާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ރަމަޟާން މަހަކީ ދިރިއުޅުން ބަދަލުކޮށްލަން ލިބޭ އެންމެ އަގުހުރި އެއް ފުރުޞަތުކަމަށް ޢިލްމްވެރިން ބަޔާން ކުރައްވައެވެ. ސުވާލަކީ ތިބާގެ ދިރިއުޅުން ބަދަލުކޮށްލަމް ބޭނުންވޭ ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުން އިތުރުވޭތޯ މަސައްކަތްކުރަން ބޭނުންވޭ ހެއްޔެވެ؟ އެހެކަމަށްވާނަމަ މިކަންކަމާއިމެދު އިތުރަށް ވިސްނައިލާށެވެ!

ކޮންމެ ރޯދަމަހެއް އައުމުންވެސް ދަރިން ގޮވައިގެން މިސްކިތަށްދާ ބައްޕައިން ގިނަވެއެވެ! އަދި ދަރިން ގާތު އަޅުކަންކުރަން ބުނާ މައިންވެސް ގިނަވެއެވެ. ހިތާމައަކީ މިކަންކަން އެއްވެސް ވަރަކަށް ނުކުރެވޭ މައިންބަފައިން ތިބޭ ކަމެވެ.

މިޘާލަކަށް ބުނާނަމަ ގޭގައި އަނބިދަރިން ތިބިކަމާއި އެމީހުން ލައްވައި އަޅުކަންކުރުވުމަކީ ތިމާގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަން ނުދަންނަ ބައްޕައިން އުޅެއެވެ. އަދި ދަރިން ގާތު ނަމާދުކުރަން ނުވަތަ ޤުރްއާން ކިޔަވަން ބުނެފައި އެކަން ނުކުރާ ނުވަތަ ފަހުން ކުރަން ބާއްވާ މައިންވެސް ތިބެއެވެ.

މިކަންކަން ބަދަލުކުރަން އެބަޖެހެއެވެ. މިސްކިތަށް ގެންދާ އުމުރުގެ ދަރިން ގޮވައިގެން މިސްކިތަށްދާން ބައްޕައަށް އެބަޖެހެއެވެ. އަދި ދަރިންގާތު ހެޔޮ ޢަމަލުކުރަން ބުނެފައި ނިންމާނުލައި ކުދިންނާއިއެކު އެކަން ކުރަން މައިންނަށް އެބަޖެހެއެވެ.

މައިންނަށް ދޭން އޮތް ނަޞޭޙަތަކީ ކިތަންމެ ބުރަކޮށް ބަދިގޭގައި ނުވަތަ ގޭތެރޭގެ މަސައްކަތުގައި އުޅުނު ނަމަވެސް ނަމާދުވަގުތުޖެހުމުން ކުރަންހުރި ކަންކަން ބަހައްޓާފައި ނަމާދުކުރުމެވެ. ނަމާދުކުރުމަކީ ކިހައި މުހިންމުކަމެއްކަން ކުދިންނަށް ދަސްވާނީ އެއިރުންނެވެ.

އަހަރެންނަށް އެނގޭ، މިބުނިމަގުން ޢަމަލުކުރާ ޢާއިލާތަކުން އެކަމުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެނެއެވެ. ވަގުތުޖެހުމުން މައިން ނަމާދުކުރާ ގޭގޭގައިވެސް ހަމަ ރޯދަވިއްލައެވެ. ފޯރުންތެރިކަންހުރިވަރަކުން މީރުތަކެތި ކައިބޮއިވެސް ހަދައެވެ. ރޯދަވީއްލަން ހެދޭ ބާވަތްތައް މަދުވެގެން ރޯދައަކުން އެއްވެސް މިންވަރެއް އުންޏެއް ނުވާނެއެވެ. ނަމަވެސް ކުރަންޖެހޭ އަޅުކަން ނުކުރެވޭނަމަ ރޯދައިން ބައެއް އުނިވެގެންދާނެއެވެ. ނުކައި ހުރިނަމަވެސް ރޯދަ ނުހިފާކަމަށްވުން ވެސް އޮތީ ހަމަ ދާދިގާތުގައެވެ.

އެއްވެސް މަންމައަކާއި ބައްޕައަކީ އަބަދު ދުނިޔޭގައި ތިބޭނެ ބައެއް ނޫނެވެ. ވީމާ ދުނިޔޭގައި ތިބި ދުވަހު މިފަދަ މުހިންމު އާދަތައް ދަރިންގެ ކިބައިގައި އަށަގަންނަވަން ކޮންމެ ބައްޕައަކުވެސް އަދި މަންމައަކުވެސް މަސައްކަތްކުރަންވާނެއެވެ! ވީމާ ކޮންމެ މަންމައަކާއި ބައްޕައަކުވެސް މިރޯދަމަސް ތަފާތުކޮށްލަން މިމަގުން ޢަމަލުކޮށް ދަރިންނަށް ލިބޭ ކުރިއެރުން ތަޖުރިބާކޮށްލަމާ ހިނގާށެވެ! ރޯދަމަސް ނިމިގެންދާއިރު ދަރިންގެ ކިބައިން ބޮޑެތި ހެޔޮ ބަދަލުތަކެއް ފެނިގެންދާނެއެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
28%
ރަނގަޅު
42%
އޯކޭ
28%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް