އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞަޙާބީން ރަމަޟާން މަސް ބެއްސެވީ 3 ބައަކަށް ނޫނެވެ! 2 ބައަކަށެވެ!

ޞަޙާބީން ރަމަޟާން މަސް ބެއްސެވީ 3 ބައަކަށް ނޫނެވެ! 2 ބައަކަށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

އަހަރެމެންގެ ތެރެއިން ބައެއް މީހުން ރަމަޟާން މަސް 3 ބައަކަށް ބަހައެވެ. އެއީ ކޮންމެ 10 އަކީ ބައަކަށް ހަދައިގެންނެވެ. އެކަމަށް ބޭނުންކުރާ ޙަދީޘްފުޅަކީ ޞައްޙަ ޙަދީޘްފުޅެއް ނޫނެވެ. ޞަޙާބީން ރަމަމާން މަސް ބެއްސެވީ 2 ބައަކަށެވެ. އެއީ 1 އުން 20 އަށާއި ފަހު 10 އެވެ. 

ވީމާ ރަމަޟާން މަސް ފުރިހަމަ ގޮތުގައި ޙާޞިލްކުރަންބޭނުންނަމަ ފުރަތަމަ ދުވަހުން ފެށިގެން އެމީހަކަށް ކެރިކުޅަދާނަވީ ވަރަކުން އެކަމަށް މަސައްކަތްކުރަމުން ގެންދާށެވެ! ފަހުދިހައަށް އެޅުމުން މެކްހަށްޖަހާށެވެ. ފަހު ދިހައަށް އެޅުމުން ކަމަރުކޮޅު ބާރުކުރައްވަވާ ކަމަށް އެއޮތީ އެހެންވެގެންނެވެ. 

އަހަރެމެންގެ ކަމަރުތައްވެސް ބާރުކުރަންވާނެއެވެ. ފަހު ދިހައަށް އެޅުމުން ދިރިއުޅެން ކޮންމެހެން ކުރަންޖެހޭ މަސައްކަތް ފިޔަވައި އެހެން މަސައްކަތްތައް ނުކުރާށެވެ! ވީހައި ގިނަ ވަޤުތުތަކުގައި އަޅުކަންކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!  

ކިރިޔާވެސް ކުރެވޭނެނަމަ ކުރަން މަސައްކަތްކުރަން އަހުރެން ބާރުއަޅައި އިލްތިމާސްކުރާކަމެއް އޮންނާނެއެވެ. އެއީ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ޚަތިމެއް ކުރުމަށާއި ފަހު ދިހައިގައި މަދުވެގެން 1 ޚަޠިމް ކުރުމެވެ. ކުރެވޭނެ ނަމަ 2 ޚަތިމްވެސް ކުރުމެވެ.  

މިއީ ކޮންމެހެން ކުރަން މަޖުބޫރުކަމެއް ކަމަށް ބުނަނީއެއް ނޫނެވެ. ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރުކަމަށްވުމުން ވީހައި ގިނައިން ޤުރްއާން ކިޔެވުމަށާއި އަދި ފަހު ދިހައިގައި ކިޔެވުން ގިނަކުރަން ހިތްވަރުދިނުމަށް ބުނާ ބުނުމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް