އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާއަށް ބޭނުންވެ ކެތްނުކުރެވިގެން އުޅުނު އަންހެނެއްގެ ކިބައިން ޢުމަރުގެފާނަށް ރޭގަނޑު ދަންވަރު އިވިވަޑައިގެންނެވި އަޑު! ފިރިން ސަމާލުވާންޖެހޭ މައްސަލައެއް!

ފިރިމީހާއަށް ބޭނުންވެ ކެތްނުކުރެވިގެން އުޅުނު އަންހެނެއްގެ ކިބައިން ޢުމަރުގެފާނަށް ރޭގަނޑު ދަންވަރު އިވިވަޑައިގެންނެވި އަޑު! ފިރިން ސަމާލުވާންޖެހޭ މައްސަލައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

"ޔާ ﷲ! އިނބަ ﷲ އަށް މިއަޅާ ބިރުވެތިނުވާނަމަ މިއެނދު ތެޅުވޭނެއެވެ!" 

މިއީ ޢުމަރުގެފާނުގެ ޚަލީފާވެރިކަމުގެ ދުވަސްވަރުގައި ރޭގަނޑު ދަންވަރު ގިނިކަންޏާ މީސްތަކުންގެ ޙާލު ބެއްލެވުމަށް ރަށުތެރޭގައި ހިންގަވަނިކޮށް އިވިވަޑައިގެންނެވި އަޑެކެވެ. އޭނާ އެބުނަނީ ﷲ ތަޢަލާއަށް އޭނާ ބިރުވެތިނުވާނަމަ އޭނާއަށް ޒިނޭކުރެވޭނެ ވާހަކައެވެ.

އޭނާ ގާތު ފިރިއަކާއި ނުލައި ކެތްކުރެވޭނީ ކިހައި ދުވަހަކުތޯ ޢުމަރުގެފާނު ސުވާލުކުރެއްވެވުމުން ޖަވާބުގައި 3 މަސް ކަމުގައި ދެންނެވިކަމުގައިވެއެވެ. އަދި ބޭރު ޤައުމުތަކަށް ފޮނުއްވަވާފައިތިއްބެވި ބޭކަލުން ކޮންމެ 3 މަހަކުން އަނބުރައި ގެންނެވުމަށް ނިންމެވި ސަބަބެއްކަމަށްވެސް ވަނީ އޭނާ ދެންނެވި ވާހަކަތަކެވެ. އެހެނަސް މިއަދު ފިރިންނަށް މިކަންކަން ވިސްނޭހެއްޔެވެ؟

ކޮންމެއަކަސް ގިނަ ފިރިންނަށް ހީކުރެވިފައި އޮންނަނީ އަނބިން ބަސްއަހައިގެން ގޭގައި ތިބެނީ އެމީހުންގެ ފިރިންނަށް އެވަރަށް ބޭނުން ނުވާތީ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ނުބައިކަންބޮޑު ކުށްހީއެކެވެ. ފިރިހެންކުދިން ބާލިޣްވުމުގެ 2،3 އަހަރުކުރިން އަންހެންކުދިން ބާލިޣްވެއެވެ. ވީމާ ބައެއް ފިރިހެނުން އުޅޭފަދައިން ނުބައި ގޮތްގޮތަށް ނުއުޅެ އަނބިން ކެތްތެރިވަނީ އެމީހުން ފިރިންނަށް ބޭނުންނުވާތީއެއް ނޫނެވެ. ކެތްތެރިވާން މަސައްކަތްކުރާތީއެވެ. އެސިފަ އަންހެނުންގެ ކިބައިގައި ވަނީ ލައްވަވައިފައެވެ. އަދި ބޭނުންވާ އަނހެނަކަށް އިތުރުކޮށްވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ 

ނިކަން ވިސްނައިލަބަލާށެވެ! އަނބިންގެ ގާތުގައި ނިދަމުން އަނބިންނާއިއެކު އެއްދާން ނުކޮށް އެތައް މަސްތަކެއް ދުއްވައިލާ ފިރިހެނުން ﷲ ތަޢާލާގެ ޙަޟްރަތުގައި ދޭން އޮންނާނީ ކޮން ޖަވާބެއް ހެއްޔެވެ؟ 

ރޯދަމަހާއި މިހައި ބޮޑަށް ކައިރިވެފައިވަނިކޮށްވެސް މިބާވަތުގެ ވާހަކައެއް މިދެއްކީ ހަމަ ރޯދައަށްޓަކައެވެ. ރޯދައިގެކުރިން ދެމީހުންގެ މެދުގައި ހުރި މިފަދަ މައްސަލަތައް އަވަހަށް ޙައްލުކޮށްލާށެވެ! ދެމީހުންވެސް އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަމުން ގެންދާށެވެ. ކޮޅަށް ހުރެވޭނީ ބަނޑުފުރާނަ މުއްތިކޮށްގެން ފަދައިން ޒަވާޖީ ޙަޔާތުގެ ގުޅުން އޮންނަންވާގޮތަށް އޮންނާނީވެސް އަދި އަޅުކަންކުރެވޭނީވެސް ހަށިގަނޑަށް ބޭނުންވާ ކަންކަން ފުރިހަމަވުމުންކަން ޤަބޫލުކުރަންވާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

(ދަރުސްގައި އިން ޢިބާރާތަކުން އޮޅުންއަރައިފާނެތީ ދަންނަވަމެވެ. މިއީ ޝައިޚް މީގެ 7 ދުވަސްކުރިން ދެއްވާފައިވާ ދަރުސެކެވެ.)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް