އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެރިމީހާ އާއެކު 2 މީހަކު އަންނާނެ- އެތަނުން ޝައިޠާނާ އާ ބައިވެރިވެވިއްޖެނަމަ ހުރިހާ ކަމެއް ދާނީ ހަލާކުގެ ތެރެއަށް!: ސަލީމް

ވެރިމީހާ އާއެކު 2 މީހަކު އަންނާނެ- އެތަނުން ޝައިޠާނާ އާ ބައިވެރިވެވިއްޖެނަމަ ހުރިހާ ކަމެއް ދާނީ ހަލާކުގެ ތެރެއަށް!: ސަލީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

"ވެރިކަން ލިބުމުން ކޮންމެ ވެރިއަކާއެކު 2 މީހަކު (2 ބާވަތެއްގެ މީހުން) ތިބޭނެ އެވެ. އެކަކީ ހައްޤު މަގަށް މަގުދައްކައިދޭނެ މީހެކެވެ. ދެވަނައަށް ހުންނާނީ ޝައިޠާނާއެވެ. އެއިގެ ތެރެއިން ޝައިޠާނާ އާއިއެކު ވެރިމީހާއަށް ކުރިއަށް ދެވިއްޖެނަމަ، ނުވަތަ ކުރިއަށް ހިނގައްޖެނަމަ އެވެރިއަކާއި އެވެރިކަމެއް ދާނީ ހަލާކުގެ ތެރެއަށް ވެއެޓިގެންނެވެ.

ވެގެންދާނީ ރައްޔިތުންނަށް ބޮޑު މުޞީބާތަކަށެވެ." މިއީ ރައްޔިތުންގެ މަޖިލީހުގައި މިއަދު އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސްލީމް ވިދާޅުވި ބަސްފުޅުތަކެކެވެ. ސަލީމް ވަނީ އަމިއްލަ އެދުމުން ފޯވެގެންތިބެ ހަމައެކަކުވެސް އިންތިޚާބީ ސަރުކާރުގެ ވަޒީރުކަމަށް ނައުމަށާއި އަދި ސަރުކާރުގެ ކުންފުންޏެއް ހިންގުމާއި ޙަވާލުނުވުމަށް ގޮވާލައްވައިފައެވެ.

ސަލީމް ވިދާޅުވީ ފާއިތުވި 5 އަހަރުތެރޭ އޭދަފުށީގައި ތަރައްޤީއަށް ގިނަ މަޝްރޫއުތަކެއް ހިންގި ކަމަށެވެ. ނަމަވެސް ދާއިރާގައި ދެން އޮތް ކުޑަ 2 ރަށުގައި ބޮޑު އެއްވެސް މަޝްރޫޢެއް ހިންގާފައިނުވާ ކަމަށެވެ.

ކިހާދޫ އަކީ މިހާރުވެސް ބޯފެނަށް ޖެހެމުންދާ ރަށެއް ކަމަށެވެ. އެހެންކްމުން އައު ސަރުކާރުން މަޝްރޫއުތައް ހިންގާއިރު އެންމެ ނިކަމެތި ހާލުގައި ހުރި ރަށްތަކަށް އިސްކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސަލީމް ވިދާޅުވީ ދައުލަތް ހިންގަން ބޭނުންވާ ޢާމްދަނީ ދައުލަތަށް ލިބޭނީ އައު ވިޔަފާރިތައް އިތުރުކޮށްގެން އަދި މިހާރު ހުރި ވިޔަފާރިތަކަށް އިތުރު ފުރުޞަތު ފަހިކޮށްދީގެން ކަމަށެވެ. އެކަންކަމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް