އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފެންނަނީ މިއަދުގެ ހާލު!- ޙަދީޘްފުޅަށް ފުރައްސާރަ ކުރެވޭއިރުވެސް ނޭނގޭ! ނުވަތަ ފުރައްސާރަ ކުރޭ!

މިފެންނަނީ މިއަދުގެ ހާލު!- ޙަދީޘްފުޅަށް ފުރައްސާރަ ކުރެވޭއިރުވެސް ނޭނގޭ! ނުވަތަ ފުރައްސާރަ ކުރޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

"އެހެންވީމާ މަގޭ ކައިވެނީގެ ހަފްލާ އޮންނަކަން ތީގެން އެކަކަށްވެސް އަންގާ ނުލާނަން. ޚަރަދުކުޑަކުރަން." މިއީ ކިޔުންތެރިއަކު ކޮށްފައިވާ ކޮމެންޓެކެވެ. މިކޮމެންޓް ކޮށްފައިވަނީ:

"އެންމެ ބަރަކާތް ލެއްވެވިގެންވާ ކައިވެނީގެ ހަފްލާއަކީ އެންމެ ކުޑަ ޚަރަދެއްކޮށްގެން ބާއްވާ ކައިވެނީގެ ހަފްލާ" ކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުން އެނގެން އެބައޮތަ ކަމަށާއި އެހެންކަމުން މި ޙަދީޘްފުޅަކީ އެހެން ރަސްމިއްޔާތުތަކަށްވެސް އޮތް ޙަދީޘްފުޅެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް" މުޙައްމަދު މުޢިއްޒު ޢަދްނާން ވިދާޅުވުމުން އެކަން ހާމަކޮށް މިއަދުނޫހުގައި ޝާޢިޢުކުރި ޚަބަރާއި ގުޅިގެންނެވެ.

މިކަމުން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ބައަކަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅަށް ފުރައްސާރަ ކުރެވޭއިރުވެސް ނުއެނގޭ ކަމެވެ. ނުވަތަ ފުރައްސާރަ ކުރަން ޖެހިލުން ނުވާ ބައަކު އެބަ ތިބި ކަމަށެވެ. ކައިވެނީގެ ހަފްލާއަށް ދައުވަތު ދިނުމަށް ތައްޔާރުކުރި ކާޑާއި އެހެނިހެން ތަކެއްޗަށް އެކަނިވެސް 50،000 ރުފިޔާއަށް ވުރެ ގިނައިން ޚަރަދުކުރާ މީހުން މިހާރު އެބަތިއްބެވެ. ޙަދީޘްފުޅުގައިވަނީ ވީހައި ޚަރަދުކުޑަކުރުމަށެވެ. ކައިވެނީގެ ހަފްލާތައް ބޭއްވުމަކީ ކުރަންޖެހޭ ކަމެކެވެ.

ދައުވަތު ދިނުމާއި ދައުވަތު ބަލައިގަނެ ހަފްލާއަށް ދިއުމަކީވެސް ކުރަންޖެހޭ ކަންކަމެވެ. ކުރަން ޖެހޭކަން ކައު އިތުރު ރަސޫލާ (ޞޢވ)ގެ ސުންނަތުން ސާބިތުވާ ކަންކަމެވެ. ވީމާ މިފަދަ ބަސްތައް ބުނާއިރު މިބުނެވެނީ ކީކޭކަން، މިކުރެވެނީ ކިހައިވަރެއްގެ ކަންކަންކަން އެނގުން ވަރަށް މުހިންމެވެ. މިފަދަ ހާލަތު މެދުވެރިވަމުން މިދާ ސަބަބުތައް ނައްތާލަން މަސައްކަތް ކުރުމަކީ ދިވެހި ދައުލަތުގެ މަސްއޫލިއްޔަތެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް