އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ދުވަހަކީވެސް އުފާވެރި ދުވަހެއްގެ ގޮތުގަ އިރުއަރަން އެދޭނަމަ ދެމަފިރިން ނިކަން މިމަގުން ޢަމަލުކޮށްބަލަ! ކާމިޔާބުވާނެ! އިން ޝާ ﷲ

ކޮންމެ ދުވަހަކީވެސް އުފާވެރި ދުވަހެއްގެ ގޮތުގަ އިރުއަރަން އެދޭނަމަ ދެމަފިރިން ނިކަން މިމަގުން ޢަމަލުކޮށްބަލަ! ކާމިޔާބުވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ދެމަފިރިންނަށް ކުރެވޭ އެންމެ ބޮޑު ކުށަކީ ކޮބައިތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. މިއީ ސީދާ ޖަވާބެއް ހޯދަން ވަރަށް އުނދަގޫ ސުވާލެކެވެ. ސަބަބަކަށްވަނީ އެކި މީހުންނަށް އެންމެ ބޮޑު ކުށް ކަމުގައި އެކިކަންކަންވާތީއެވެ.

ތިރީގައިވާ ލިޔުމުގައި އެވަނީވެސް ހަމަ އެންމެ ބޮޑު ކުށާއި އެކަމުގެ ޙައްލު ހޯދޭނެ މަގެވެ. އިން ޝާ ﷲ

ދެމަފިރިން މިކިޔަނީ ކައިވެނިކޮށްގެންތިބޭ ދެ އިންސާނުންނަށެވެ. އަންހެނަކާއި ފިރިހެނަކަށެވެ. އެހެންކަމަށްވާއިރު ދެމީހުންނަށްވެސް ކުށްކުރެވޭނެއެވެ. އަނެކާ ރުޅި އަންނަ އަދި ހިތްހަމަނުޖެހޭ ކަންކަންވެސް ކުރެވޭނެއެވެ. އެމީހުންނަށް ކުރެވޭނީ އެކި ބާވަތުގެ ކުށެވެ. އެކިމިންވަރަށެވެ. މިއީ ކޮންމެ ދެމަފިރިއަކުވެސް ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭ ކަމެކެވެ.

ދެމަފިރިންގެ މެދުގައިވެސް ކުރެވޭ އެންމެ ބޮޑު އެއް ކުށަކީ ކުށެއް ކުރެވުމުން އެކަން ޤަބޫލުނުކުރެވުމެވެ. އެކުށްކުރެވުނީ އަނެކާގެ ސަބަބުން ކަމަށްބުނެ އަނެކާގެ ބޮލުގައި އެކަންތައް އަޅުވައި ތިމާހުރީ ހަމަ ޙައްޤުމަގުގައިކަން ސާބިތުކޮށްދޭން މަސައްކަތްކުރުމެވެ.

މިގޮތަށް ކަންތައް ކުރެވެނީ މާފަށް އެދެން ލަދުގަތުމުންނެވެ. މާފަށް އެދިއްޖެ ނަމަ ތިމާ ދެރަވީކަމަށް ޤަބޫލުކުރެވުމުންނެވެ. ހިތާމައަކީ މިއީ އެންމެ ބޮޑު މައްސަލަކަމެވެ. އަދި ގިނަ ފަހަރަށް އެންމެ ހިތްދަތި ޙާލަތާއި ކުރިމަތިލާންޖެހޭ ސަބަބަކީވެސް ހަމަ މިދެކަންތަކެވެ. އެއީ ކުށެއް ކުރެވުމުން އެކަން ޤަބޫލުނުކުރެވުމާއި މާފަށް އެދެން ބޭނުން ނުވުމެވެ.

އެހެންވެ ބައެއް ޢިލްމުވެރިން ވިދާޅުވަނީ ކޮންމެ ރެއަކުވެސް ދެމަފިރިން ނިދުމުގެ ކުރިން އެދުވަހުގެ ކަންކަމާއިބެހޭގޮތުން މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ. އެކަކު ހިތްހަމަނުޖެހޭގޮތަށް އަނެކާއަށް ކަމެއް ކުރެވިފައިވޭތޯ ސުވާލުވެސް ކުރަންޖެހޭނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރެވިފައިވާނަމަ މާފަށް އެދެން ޖެހޭނެކަމަށާއި މާފަށް އެދުމުން މާފުކުރަންވެސް ޖެހޭނެ ކަމަށެވެ.

މިއަދު ކުށްކުރެވުނީ ފިރިމީހާއަށްކަމުގައިވެދާނެއެވެ. ފިރިމީހާގެ ކުށަށް މާފުނުކޮށްހުއްޓައި މާދަމާ އަނބިމީހާއަށް ކުށެއްކުރެވިދާނެއެވެ. އެއިރުން ފިރިމީހާ މާފުނުކުރުމުން ދެންވާނީ ކިހިނަކުންހެއްޔެވެ؟ އުފެދޭނީ ބޮޑު ފިތުނައެއް ނުވަތަ ހަސަދަވެރިކަމެއް ނޫންހެއްޔެވެ؟ އަބަދުވެސް ތިބެން ޖެހޭނީ އެކަކު އަނެކަކަށް ރުޅިއައިސްގެން ނޫންހެއްޔެވެ؟ އެފަދަ ދިރިއުޅުމަކުން ޙާޞިލުކުރެވޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟

ވީމާ އުފާވެރި ދިރިއުޅުމެއް ލިބިގަތުމަށްޓަކައި ފުރަތަމަ ކަމަކަށް ކުށެއް ނުކުރަން މަސައްކަތްކުރާށެވެ! ދެވަނަކަމަކަށް ކުށެއް ކުރެވިއްޖެނަމަ އަވަހަށް މާފަށް އެދޭށެވެ! މާފަށް އެދުމުން ވަގުތުން މާފުކުރާށެވެ! ތިންވަނަކަމަށް ކުށް ތަކުރާރުނުކުރަން މަސައްކަތްކުރާށެވެ. ހަތަރުވަނަކަމަކަށް ކުރިން ބުނިފަދައިން ކޮންމެ ރެއަކުވެސް މާފުކޮށްގެން ނިދާށެވެ! އެއިރުން އަނެއް ދުވަހު އިރުއަރާނީ މުޅިން އައު އަދި އުފާވެރިދުވަހެއްގެ ގޮތުގައެވެ. އިން ޝާ ﷲ

--ޑރ. އިކްރީމާ ޙުސައިން

އާރޓިކަލް ރޭޓްކުރައްވާ


6%
ވ.ރަނގަޅު
0%
ރަނގަޅު
18%
އޯކޭ
75%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް