އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞާލިޙް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޗައިނާ ޓޫރިޒަމް މިނިސްޓަރު ވަޑައިގަންނަވަނީ

ޞާލިޙް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޗައިނާ ޓޫރިޒަމް މިނިސްޓަރު ވަޑައިގަންނަވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހުވާކުރެއްވުމަށް ބާއްވާ ކުލަގަދަ ރަސްމިއްޔާތަށް، ޗައިނާގެ ޓޫރިޒަމް މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނެކަމަށް އެގައުމުން ބުނެފި އެވެ.

 

އެ ރަސްމިއްޔާތުގައި ޗައިނާގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު ލުއޯ ޝުޖެންގް ބައިވެރިވެ ވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގަންނަވާނެކަމަށް، ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިއްޔެ ވަނީ ވިދާޅުވެފައެވެ.

 

ރައީސް ޞާލިޙް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު ގަލޮޅު ބޯޅަދަނޑުގައި ކުރިއަށް ދާނެއެވެ. އެ ހަފްލާގައި ދައުވަތު އެރުވި އެތައް ހާސް ބަޔަކު ބައިވެރި ވާނެއެވެ. އަދި ރައީސް ޞާލިޙް ވެގެންދާނީ އެހާ ގިނަ ބޭފުޅުންގެ ކުރިމަތީގައި ހުވާ ކުރައްވާ ރާއްޖޭގެ ފުރަތަމަ ރައީސްއަށެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު