އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވެގެން ތިބެ ކައިވެނިކުރާތަނުން ލޯބި ކެނޑި، ކައިވެނި ރޫޅެން ދިމާވާ އެންމެ ޢާންމު ސަބަބަކީ އެކަކަށް ފާފަކުރެވެން ފެށުން!

ލޯބިވެގެން ތިބެ ކައިވެނިކުރާތަނުން ލޯބި ކެނޑި، ކައިވެނި ރޫޅެން ދިމާވާ އެންމެ ޢާންމު ސަބަބަކީ އެކަކަށް ފާފަކުރެވެން ފެށުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

އެއީ އެކަންކުރަން އޮތް ގޮތް ނޫން ނަމަވެސް މިޒަމާނުގައި ގިނަ ބައަކު ކައިވެނިކުރަނީ ދެމީހުން ހަމަ ވަރަށް ބޮޑަށް ލޯބިވެގެންނެވެ. ލޯބީގެ ގުޅުން އުފެދިގެންނެވެ. އެކުގައި ވަޤުތުތައްވެސް ހޭދަކޮށްފައެވެ. އެހެނަސް ކައިވެނިކުރެވޭތަނުން ނުވަތަ ދުވަސްކޮޅަކުން އެ ލޯބި ކެނޑެން މެދުވެރިވެއެވެ. އެހައި ލޯބިން ކުރި ކައިވެނި ރޫޅެން އެބަ ދިމާވެއެވެ.

މީޙާލަތު ދިމާވަން ވަރަށް ގިނަ ސަބަބުތައް މެދުވެރިވެއެވެ. އެއިގެ ތެރެއިން އެންމެ ގިނައިން މެދުވެރިވާ އެންމެ ޢާންމު ސަބަބަކީ އެކަކަށް ފާފަކުރެވެން ފެށުމެވެ. އެހިސާބުން ކައިވެނީގެ ބަރަކާތް ކެނޑިގެންދަނީއެވެ.

މިކަން މިހެންވުމަށް މެދުވެރިވާ އިތުރު ސަބަބެއްވެސް އޮވެއެވެ. އެއީ ފާފަކުރާ މީހާގެ ކިބައިން އަނެކާ ސަލާމަތްކުރެއްވެވުމެވެ. ވީމާ ކައިވެނިތައް ސަލާމަތްކޮށް ލޯބިން ދިރިއުޅެން ބޭނުންނަމަ ދެމީހުންކުރެ އެކަކުވެސް ފާފަނުކުރާށެވެ! ﷲ ތަޢާލާގެ ރަޙްމަތް އިތުރުވެ ދެމީހުންގެ މެދުގައި ލޯބިއިތުރުވާނީ އެއިރުންނެވެ.

By the One in whose Hand is the soul of Muhammad, two people do not love one another and then get separated except by a sin performed by one of them. (Ahmad- Sahih

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް